06 ޑިސެމްބަރ 2023
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "އަވާ އޮފް ކޯޑް - ލެޓްސް ކޯޑް އެމްވީ"ގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "އަވާ އޮފް ކޯޑް - ލެޓްސް ކޯޑް އެމްވީ"ގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.
"އަވާ އޮފް ކޯޑް"އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިސެމްބަރު މަހު، އިންޓަނޭޝަނަލް ކޮމްޕިއުޓާ ސައިންސް އެޑިއުކޭޝަން ހަފުތާ ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ސްކޫލް ކުދިންނަށް އަމާޒުކޮށްގެންނެވެ.
ދިރާގުން ބުނި ގޮތުގައި "އަވާ އޮފް ކޯޑު"ގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވަމުންދާ 1000 ދަރިވަރުންނާ ހަމައަށް ވާޗުއަލްކޮށް މި ހަރަކާތް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ހަރަކާތަކީ އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށާއި ޕްރީ ސްކޫލުން ފެށިގެން ހުރިހާ ތައުލީމީ ލެވަލެއްގެ ދަރިވަރުންނަށް ކަމުދާނެ ޝައުގުވެރި ބައިތަކެއް މި ހަރަކާތުގައި ހިމެނޭނެ ކަމަށް ބުންޏެވެ.
"އަވާ އޮފް ކޯޑު" ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ވިމެން އިން ޓެކްގެ ވެބްސައިޓު މެދުވެރިކޮށް ރެޖިސްޓާކުރެވޭނެ އެވެ. އަދި އަމިއްލަ ގޮތުންނާއި ސްކޫލްތަކުންނާއި ޖަމިއްޔާތަކާއި އިންސްޓިޓިއުޓްތައް މެދުވެރިކޮށް މި ޕްރޮގްރާމްގައި ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ.
މި ޕްރޮގްރާމްގައި މެންޓާސްގެ ގޮތުގައި ދިރާގު، ވިމެން އިން ޓެކް މޯލްޑިވްސް އަދި ސްކޫލްތަކުގެ ޓީޗަރުން ހަރަކާތްތެރިވާނެ އެވެ.
މި ޕްރޮގްރާމަކީ އެއްގަޑިއިރު ތެރޭގައި ކޮމްޕިއުޓާ ޕްރޮގްރާމިންއާ ބެހޭ މައުލޫމާތާއި ހަރަކާތްތައް ކުދިންނަށް ތަޢާރަފްކޮށްދޭ ޕްރޮގްރާމެކެވެ. ކޯޑް.އޯގްއިން ތައާރަފްކޮށްފައިވާ މި ޕްރޮގްރާމަކީ 180 އަށް ވުރެ ގިނަ ގައުމުތަކުގެ އެތައް މިލިއަން ދަރިވަރުންނާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
ރާއްޖޭގައި ކޯޑް.އޯގްގެ ހަރަކާތްތައް ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ޕާޓްނަރަކީ ވިމެން އިން ޓެކް މޯލްޑިވްސް އެވެ.
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ވަނީ މީގެ ކުރިީ އަހަރުތަކުގައި ވެސް މި ހަރަކާތް ބާއްވައިފަ އެވެ.
އަންހެން ކުދިން ކޯޑިން ދަސްކުރާ ޕްރޮގްރާމް ދިއްދޫގައި
ގާލްސް ޓު ކޯޑް ޕްރޮގްރާމުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި
ދިރާގުން ދޭ ޓެސްލާ ހޯދުމުގެ ފަހު ފުރުސަތު
ދިރާގު ޕްރޮމޯޝަނުގައި ދޭ ޓެސްލާ ކާރު ގެނެސްފި
އާ އަހަރަށް ދިރާގުގެ އާ އޮފާތަކެއް
ބްރޯޑްބޭންޑް ކަނެކްޝަނާ އެކު ހިލޭ މައިފައި ޑިވައިސް
ގދ. އަތޮޅު ތައުލީމީ މަރުކަޒަށް ދިރާގުގެ އެހީ
ރޯޑް ރޭހުން ޖަމިއްޔާތަކަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ
ޓެނިސް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގު
ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑުގެ ޕްރޮމޯޝަނެއް