Roadha Mihaaru
ރޯޑް ރޭހުން ޖަމިއްޔާތަކަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އެންމެ ބޮޑު އެއް ކާމިޔާބީ، ޖަމިއްޔާތަކަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ

22 ނޮވެމްބަރ 2023

ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވާ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، ދިރާގު ރޯޑް ރޭސް މި އަހަރު ވެސް ނިންމާލީ ބޮޑު ކާމިޔާބީއަކާ އެކު އެވެ. އެހެން އަހަރުތަކޭ ވެސް އެއްފަދައިން މި އަހަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ އަކީ އެ ހަރަކާތް މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކަކަށް ހަދިޔާ ކުރުމެވެ.

ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވާ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، ދިރާގު ރޯޑް ރޭސް މި އަހަރު ވެސް ނިންމާލީ ބޮޑު ކާމިޔާބީއަކާ އެކު އެވެ. އެހެން އަހަރުތަކޭ ވެސް އެއްފަދައިން މި އަހަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ އަކީ އެ ހަރަކާތް މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކަކަށް ހަދިޔާ ކުރުމެވެ.

ދިރާގު ރޯޑް ރޭހަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަކޮށް، އެކަމާ ގުޅޭ ޝިއާރުތަކާ އެކު ބާއްވަމުން އަންނަ ދުވުމެކެވެ. މި އަހަރު ވެސް މި ފަދަ ގިނަ ޝިއާރުތަކަކަށް އަޑު އުފުލައި، އެ ކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް ފަންޑްރައިޒް ކުރުމުގެ ފުރުސަތު ހުޅުވައިލި އެވެ.

މި އަހަރުގެ ދުވުމުގެ ހަރަކާތުން 635,000ރ. ގެ ފައިސާ ލިބުނެވެ.

އޭގެ ތެރޭގައި ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100ރ. އާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު ފައިސާ އިން 435،000ރ. ހިމެނެ އެވެ. ދުވުންތެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް ޖަމިއްޔާއަކަށް ދިރާގުން ހުށަހެޅި ދެ ލައްކަ ރުފިޔާގެ ޑޮނޭޝަން ވެސް ހިމެނެ އެވެ. އެންމެ މަތިން ގުނާލި ފަސް ޖަމިއްޔާގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް 76،250ރ. އަދި ބާކީ ހަތް ޖަމިއްޔާގެ ތެރެއިން ކޮންމެ ބަޔަކަށް 36،250ރ ހަދިޔާކުރި އެވެ.

މި އަހަރުގެ ރޯޑް ރޭހުގައި ރަޖިސްޓަރީ ކުރި ކޮންމެ ދުވުންތެރިއަކަށް ވެސް ޖަމިއްޔާއެއް ނޮމިނޭޓުކުރުމަށް ހުޅުވާލި ފުރުސަތުގައި މި އަހަރު އެންމެ ގިނަ ނޮމިނޭޝަން ލިބުނީ:

1. ކެންސާ ސޮސައިޓީ

2. އާކް – އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން

3. އޯޓިޒަމް އެސޯސިއޭޝަން

4. ޓައިނީ ހާޓްސް

5. ތެލެސީމިއާ ސޮސައިޓީ

އެ ޖަމިއްޔާތަކަށް މިހާރު ވަނީ ކަނޑައެޅި ޑޮނޭޝަން ހަވާލުކޮށްފަ އެވެ. އެއީ އެ ޖަމިއްޔާތަކުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން އިތުރު މަސައްކަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދިން ޑޮނޭޝަނެކެވެ. އެ ޑޮނޭޝަނުގެ ސަބަބުން އެ ޖަމިއްޔާތަކުން މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ފުރުސަތު ލިބޭނެ އެވެ.

ދިރާގު ރޯޑް ރޭހުގައި މި އަހަރު އެންޑޯޒްކޮށް ހިމެނި އިތުރު ޖަމިއްޔާތަކަކީ:

- ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީ - ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް - ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް - ކެއާ ސޮސައިޓީ - މޮމްސް އެއިޑް - ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން - މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްފައިވާ ދުވުމެކެވެ.

އެ ދުވުން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.