ކަޒަކިސްތާނަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
17 ސެޕްޓެމްބަރ 2022
ކަޒަކިސްތާނަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ކަޒަކިސްތާނުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޭން މިދިޔަ ބުދަ ދުވަހު ފެށީ މިދިޔަ މެއި މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން، 30 ދުވަހަށް އޮން އެރައިވަލް ވިސާ ލިބުނަސް އެއަށް ވުރެ ދިގު މުއްދަތަކަށް މަޑުކުރާ ނަމަ ނުވަތަ ތައުލީމީ ނުވަތަ މެޑިކަލް ނުވަތަ ވިޔަފާރި ބޭނުމެއްގައި ދަތުރުކުރާ ނަމަ، ފުރުމުގެ ކުރިން ދުރާލާ ވިސާ ހޯދަން ޖެހެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ވިސާއަށް ލުއި ދިނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ވަރަށް ގިނަ ގައުމުތަކުން ދިވެހި ޕާސްޕޯޓަށް އޮންއެރައިވަލް ވިސާ ދެ އެވެ. އެހެންވެ، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޕާސްޕޯޓްގެ ދަރަޖަ ކޮންމެ އަހަރަކު ރާއްޖެއިން ގެންދަނީ ދިފާއު ކުރަމުންނެވެ.
ދިވެހިންނަށް އޮމާނުން އޮން އެރައިވަލް ވިސާ ދެނީ
އިޒްރޭލުގެ އަމަލުތައް ނުހުއްޓުވާތީ ރާއްޖޭގެ ކަންބޮޑުވުން
"ފަލަސްތީނަށްޓަކައި ތެދުވަން ނަމޫނާ ދެއްކީ ރާއްޖޭން"
ގައުމުތަކުގެ ގުޅުމަށް ބުރޫއަރާކަންކަން ނުކުރޭ: ހަލީލް
ވިސާ ނެތި ދިވެހިންނަށް ޑޮމިނިކާއަށް ދެވޭ ގޮތް ހަދައިފި
ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފައްދަވައިފި
އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސްކަމަށް ރާއްޖެ
ރާއްޖެ-އިންޑިއާ ގުރޫޕުގެ 2ވަނަ ބައްދަލުވުން ބާއްވައިފި
ކޯ-ގްރޫޕްގެ ދެވަނަ ބައްދަލުވުމަށް ހަލީލް އިންޑިއާއަށް
ކުވޭތު އާއެކު ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި