16 ސެޕްޓެމްބަރ 2022
ޓްރާންސިޕޯލް، މޮލްޑޯވާ (ސެޕްޓެމްބަރު 16) - މޮލްޑޯވާގެ ޝެރިފް ޓްރާންސިޕޯލާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ ފަހަރަށް ޔޫއެފާ ޔޫރޮޕާ ލީގުގައި ލަނޑު ޖަހައިފި އެވެ.
ޓްރާންސިޕޯލް، މޮލްޑޯވާ (ސެޕްޓެމްބަރު 16) - މޮލްޑޯވާގެ ޝެރިފް ޓްރާންސިޕޯލާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ ފަހަރަށް ޔޫއެފާ ޔޫރޮޕާ ލީގުގައި ލަނޑު ޖަހައިފި އެވެ.
ޝެރިފް ޓްރާންސިޕޯލާ ދެކޮޅަށް ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑުން މިރޭ ކުޅުނު ގުރޫޕް ސްޓޭޖުގެ މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. މިއީ ޔުނައިޓެޑުން މި ސީޒަނުގައި ޔޫރޮޕާ ލީގުގައި މޮޅުވި ފުރަތަމަ މެޗެވެ. އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އަތުން އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ.
ޔުނައިޓެޑުން މެޗުގައި ލީޑު ނެގީ 17 ވަނަ މިނިޓުގައި ކްރިސްޓިއަން އެރިކްސަން ދިން ޕާހަކުން ޖޭޑަން ސަންޗޯ ޖެހި ގޯލުންނެވެ. އޭގެ ފަހުން ޝެރިފްގެ ގޯލްކީޕަރުކުރިއަށް ދިން ބޯޅައެއް ހޯދައި ޔުނައިޓެޑްގެ އެންޓޮނީ ބޯޅަ ހޯދައި ސަންޗޯ އަށް ދިން ބޯޅަ ގޯލަށް ފޮނުވާލުމުން، ޝެރިފްގެ ޑިފެންޑަރެއް ވަނީ ގޯލު ލައިން މަތިން އެ ބޯޅަ ދިފާއު ކޮށްފަ އެވެ.
ރޮނާލްޑޯ އޭނާ މި ސީޒަނުގައި ޖެހި ފުރަތަމަ ލަނޑުން ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ 39 ވަނަ މިނިޓުގައި، ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި އޭރިއާ ތެރެއިން ޔުނައިޓެޑްގެ ޑިއޯގޯ ޑަލޮޓް އަށް ޝެރިފްގެ ކުޅުންތެރިއެއް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ، މިއީ އޭނާ މި ސީޒަނުގައި ޖެހި ފުރަތަމަ ލަނޑު.-- ފޮޓޯ: އޭއެފްޕީ
ފަހު ހާފުގައި ވެސް ޔުނައިޓެޑަށް ލީޑު ފުޅާކުރަން ފުރުސަތު ލިބުނު ނަމަވެސް ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއް ނުވި އެވެ. ޑަލޮޓް ތިރިތިރިން ނަގައިދިން ހުރަހަކުން ފެނާންޑޭޒް ފޮނުވާލި ބޯޅަ ޝެރިފްގެ ކީޕަރު ދިފާއު ކުރި އިރު، އެރިކްސަން ނެގި ހުރަހެއް ރޮނާލްޑޯ އަށް ލިބުމުގެ ކުރިން ޝެރިފްގެ ޑިފެންޑަރުން އެ ބޯޅަ ކްލިއާ ކުރި އެވެ. މީގެ އިތުރުން ރޮނާލްޑޯ ހުސްކޮށް ބޯޅަ ހިފައިގެން ކުރިއަށް އަރައި ގޯލަށް ޖެހުމުގެ ބަދަލުގައި އެންޓޮނީ އަށް ދޭން ޖައްސާލި ބޯޅައެއް ޑިފެންޑަރުން ކްލިއާ ކުރި އެވެ. އަދި ޓީރެލް މަލަސިއާ ދިން ޕާހަކުން ރޮނާލްޑޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ހުރަސް ދަނޑި މަތިން ބޭރަށެވެ. މި މެޗުގެ ކުރިން މި ސީޒަނުގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ ހަތް މެޗުގައި ވެސް ލަނޑެއް ޖެހިފައެއް ނުވެ އެވެ. މި ސީޒަނުގެ ޔޫރޮޕާ ލީގުގެ ފުރަތަމަ މެޗުގައި ވެސް ރޮނާލްޑޯ އަށް ލަނޑެއް ނުޖެހުނެވެ. އޭނާ ވަނީ މީގެ ކުރިން 2002 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިން އަށް ކުޅުނު ފުރަތަމަ ސީޒަނުގައި، އޭރުގެ ޔޫއެފާ ކަޕުގައި ތިން މެޗު ކުޅެފަ އެވެ.
މިހާތަނަށް ފަސް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރޮނާލްޑޯ ވަނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގު ނުކުޅެވޭތީވެ ޔުނައިޓެޑް ދޫކޮށް ދާން ވެސް މަސައްކަތް ކޮށްފަ އެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ އެތައް ރެކޯޑެއް ހަދާފައިވާ ރޮނާލްޑޯ އަކީ އެ މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ވެސް ޖެހި ކުޅުންތެރިޔާ އެވެ. ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި 183 މެޗު ކުޅެ، 140 ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ މެޗުގައި ޔުނައިޓެޑް ބަލިކުރި ސޮސިއެޑާޑުން ވަނީ މިރޭ އަމިއްލަ ދަނޑުގައި ސައިޕްރަސްގެ އޮމޯނިއާ 2-1 އިން ބަލިކޮށް ގުރޫޕް އީ ގެ އެއް ވަނައަށް ޖެހިލައިފަ އެވެ.
ސޮސިއެޑާޑުން މޮޅުވި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ފުރަތަމަ ހާފުގައި މިޑްފީލްޑަރު އެންޑާ ގުއެވާރާ އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް އޮމޯނިއާ އިން ވަނީ 72 ވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ވެސް ޝެރިފް އަށް ކުޅުނު ބްރެޒިލްގެ ވިންގާ ބްރޫނޯ ފިލިޕޭ އެވެ.
ސޮސިއެޑާޑުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ 80 ވަނަ މިނިޓުގައި އެލެކްޒެންޑާ ސޯލޮލޮތު ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި ނަތީޖާއާ އެކު ދެ މެޗުން ވެސް މޮޅުވެ، ސޮސިއެޑާޑް އެއް ވަނައިގައި އޮތްއިރު، ޔުނައިޓެޑާއި ޝެރިފް އަށް ވެސް ވަނީ އެއް މެޗު ކާމިޔާބުކޮށް، ތިން ޕޮއިންޓް ހޯދައިފަ އެވެ. އޮމޯނިއާ އަށް ދެ މެޗުން ވެސް ޕޮއިންޓެއް ނުހޯދެ އެވެ.
ރޮނާލްޑޯ އެނބުރި އައި މެޗުން މޮޅުވެ ޔުނައިޓެޑް އަނެއް ބުރަށް
ސޮސިއެޑާޑުން ފުރަތަމަ ފަހަރަށް ޔުނައިޓެޑް ބަލިކޮށްފި
ޓެން ހާގް ސަޕޯޓަރުންނަށް: މަސައްކަތަށް އިތުބާރުކުރޭ
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ރޮނާލްޑޯގެ ރެކޯޑް މުގުރާލަން ކީޕަރު ރެއިނާ ތައްޔާރު
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ފަހު ވަގުތު ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި
އާސެނަލް ކަޓައި، ޔުނައިޓެޑާއި ޔުވެންޓަސް ކުއާޓާ އަށް