އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު ވަގުތު ކާމިޔާބުކުރި ތިން ގޯލާ އެކު 5-4 އިން ފްރާންސްގެ ލިޔޯން ބަލިކޮށް، 7-6 ގެ އެގްރިގޭޓް ނަތީޖާއިން މެންޗެސްޓާ ޔުނައިޓެޑް، ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު ވަގުތު ކާމިޔާބުކުރި ތިން ގޯލާ އެކު 5-4 އިން ފްރާންސްގެ ލިޔޯން ބަލިކޮށް، 7-6 ގެ އެގްރިގޭޓް ނަތީޖާއިން މެންޗެސްޓާ ޔުނައިޓެޑް، ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ފުރަތަމަ ލެގު 2-2 އިން އެއްވަރުވި އިރު، ޔުނައިޓެޑް ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 10 ވަނަ މިނިޓުގައި މެނުއެލް އުގާޓޭ ލީޑު ނަގައިދިން އިރު އިތުރު ވަގުތުގައި ލީޑު ފުޅާ ކޮށްދިނީ ޑިއޯގޯ ޑަލޯ އެވެ.
ލިޔޯން ފަރަގު ކުޑަކުރީ 71 ވަނަ މިނިޓުގައި ކޮރެންޓިން ޓޮލީސޯ ޖެހި ގޯލުންނެވެ. އަދި އެއްވަރު ކުރި ލަނޑު 77 ވަނަ މިނިޓުގައި ޖަހައިދިނީ ނިކޮލަސް ޓަގްލިއަފިކޯ އެވެ.
ލިޔޯންގެ ޓޮލީސޯ އަށް ރެފްރީ ރަތް ކާޑު ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގެ 89 ވަނަ މިނިޓުގައި ޓޮލީސޯ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު، ރަތް ކާޑެއް ދެއްކުމުން މެޗުގެ ބާކީ ބައި ލިޔޯން ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކު އެވެ.
ލިޔޯން އެގްރިގޭޓް ނަތީޖާ އިން ލީޑު ނެގީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ރަޔާން ޗާކީ ޖަހައިދިން ގޯލުންނެވެ. ދެވަނަ ހާފު ފެށުނުތާ މާ ގިނައިރެއް ނުވެ ލީޑު ފުޅާ ކުރީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން އަލެކްޒެންޑާ ލަކަޒޭ އެވެ.
މެޗުގެ 114 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ލަނޑެއް ޖަހައި ޓީމަށް އުންމީދެއް ހޯދައިދިން އިރު، އެއްވަރު ކުރި ލަނޑު 120 ވަނަ މިނިޓުގައި ޖަހައިދިނީ ކޮބީ މެއިނޫ އެވެ. އަދި މިނިޓެއް ތެރޭ ކަސެމީރޯ ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަަށް ފޮނުވާލައިގެން މޮޅުވި ލަނޑު ޖެހީ ހެރީ މެގުއާ އެވެ.
ފެނާންޑޭޒް، ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރުބެން އަމޯރިމްގެ ޔުނައިޓެޑް، މިވަގުތު އޮތީ ތާވަލްގެ 14 ވަނައިގަ އެވެ. ލީގުގެ ނަތީޖާއިން އަންނަ ސީޒަންގެ ޔޫރަޕްގެ މުބާރާތަކުން ޖާގަ ހޯދުމުގެ ފުރުސަތު ޔުނައިޓެޑަށް ނެތް ނަމަވެސް، ޔޫރޮޕާ ލީގު ކާމިޔާބު ކޮށްގެން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު އަދި ނުގެއްލެ އެވެ.
ސެމީ ފައިނަލްގައި ނުކުންނާނީ އެތުލެޓިކް ސްޕެއިންގެ ބިލްބާއޯއާ ދެކޮޅަށެވެ. ބިލްބާއޯ ވަނީ މިރޭ 2-0 އިން ރޭންޖާސް ބަލިކޮށްފަ އެވެ.
ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި ދެން ވާދަކުރާނީ ޓޮޓެންހަމް ހޮޓްސްޕާ އާއި ނޯވޭގެ ބޯޑޯ/ގްލިމްޓް އެވެ.
ޓޮޓެންހަމް ވަނީ އެއިންޓްރަކް ފްރޭންކްފާށް 1-0 އިން ބަލިކޮށް، 2-1 ގެ އެގްރިގޭޓަކުން ކުރި ހޯދައިފަ އެވެ.
ބޯޑޯ/ގްލިމްޓް މޮޅުވީ އިޓަލީގެ ލާޒިއޯއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. ފުރަތަމަ ލެގުގައި 2-0 އިން ބަލިވި ލާޒިއޯ އެގްރިގޭޓް ނަތީޖާ އެއްވަރު ކުރީ މެޗުގެ 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިންވަނަ މިނިޓުގަ އެވެ. އިތުރު ވަގުތުގައި ލާޒިއޯ އެގްރިގޭޓުން ކުރި ހޯދާފައި ވަނިކޮށް ބޯޑޯ/ގްލިމްޓް އިތުރު ލަނޑެއް ޖެހުމުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ބޯޑޯ/ގްލިމްޓް ކުރި ހޯދާފައި ވަނީ 3-2 އިންނެވެ.
ލިޔޯންއާ ދެކޮޅަށް ޔުނައިޓެޑްގެ ގޯލު ބަލަހައްޓާނީ އޮނާނާ
އޮނާނާގެ ދިފާއުގައި ޔުނައިޓެޑްގެ ކޯޗު އަމޯރިމް
ހެޓްރިކަށް ފަހު ޔުނައިޓެޑްގެ އޯނަރަށް ބްރުނޯގެ ރައްދު
ފެނާންޑޭޒް އަށް ތަށި ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ
އެންމެ ދަށް ޓީމޭ ބުނެވުމުން އަމޯރިމް މިހާރު ދެރަވޭ
ޓެން ހާގް ސަޕޯޓަރުންނަށް: މަސައްކަތަށް އިތުބާރުކުރޭ
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ފަހު ވަގުތު ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި