ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި ފްރާންސްގެ ލިޔޯންއާ ދެކޮޅަށް ކުޅޭ ފަހު ލެގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލު ބަލަހައްޓާނީ އަންޑްރޭ އޮނާނާ ކަމަށް ކޯޗު ރުބެން އަމޯރިމް ހާމަ ކޮށްފި އެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި ފްރާންސްގެ ލިޔޯންއާ ދެކޮޅަށް ކުޅޭ ފަހު ލެގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލު ބަލަހައްޓާނީ އަންޑްރޭ އޮނާނާ ކަމަށް ކޯޗު ރުބެން އަމޯރިމް ހާމަ ކޮށްފި އެވެ.
މިދިޔަ ހަފްތާ 2-2 އިން އެއްވަރުވި ފުރަތަމަ ލެގުގައި ޔުނައިޓެޑް ކޮޅަށް ވަން ދެ ގޯލު ވެސް ވަދެފައި ވަނީ އޮނާނާ އަށް ހެދުނު ގޯސްތަކަކުންނެވެ. އެކަމާ ގުޅިގެން ލީގުގައި އާދިއްތަ ދުވަހުގެ ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 4-1 އިން ބަލިވި މެޗުގެ ސްކޮޑަށް އޭނާ ނުނަގަ އެވެ.
"އޮނާނާ މި މެޗުގައި ކުޅޭނެ. ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ކޯޗެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރާނީ މި ހާލަތުގައި ކުޅުންތެރިޔާ އަށް އެހީތެރިވެވޭ ގޮތަކަށް ބަލައިގެން،" އަމޯރިމް ބުންޏެވެ.
"ކުޅުންތެރިން މެނޭޖް ކުރާއިރު އެމީހުން ނަފްސާނީ ގޮތުން އެންމެ ރަނގަޅު ހާލަތުގައި ބޭތިއްބޭތޯ ވެސް މަސައްކަތް ކުރަން ޖެހޭ. ފާއިތުވި ހަފްތާ އަހަރެންނަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ ލީގު މެޗުގައި އޭނާ ނުކުޅުވައި ބެހެއްޓުން."
އަމޯރިމް ވަނީ ޔުނައިޓެޑްގެ ޔޯޝުއާ ޒާކްޒީ އަށް، ނިއުކާސަލް އާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ދެން މި ސީޒަނުގައި ނުކުޅެވޭނެ ކަން ވެސް ހާމަ ކޮށްފަ އެވެ.
ލީގުގައި ބާކީ ހަ މެޗު އޮއްވައި ޔުނައިޓެޑް މިވަގުތު އޮތީ 38 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ. ބާކީ ހުރިހާ މެޗަކުން މޮޅުވިޔަސް ހޯދޭނީ ގިނަވެގެން 56 ޕޮއިންޓެވެ. ނަތީޖާތައް ނުކުންނަ ގޮތަކުން ލީގުގެ 17 ވަނައަށް ވެއްޓުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
މިއީ ލީގުގެ ތާރީހުގައި ވެސް ޔުނައިޓެޑްގެ އެންމެ ދަށް ނަތީޖާ އެވެ. ނަމަވެސް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްގެން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެ، ޓީމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމުގެ ފުރުސަތު ވެސް އެ ޓީމަށް އަދި އެބަ އޮތެވެ.
އިތުރު ވަގުތުގައި މެގުއާގެ ލަނޑުން ޔުނައިޓެޑް ސެމީއަށް
އޮނާނާގެ ދިފާއުގައި ޔުނައިޓެޑްގެ ކޯޗު އަމޯރިމް
ހެޓްރިކަށް ފަހު ޔުނައިޓެޑްގެ އޯނަރަށް ބްރުނޯގެ ރައްދު
ފެނާންޑޭޒް އަށް ތަށި ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ
އެންމެ ދަށް ޓީމޭ ބުނެވުމުން އަމޯރިމް މިހާރު ދެރަވޭ
ޓެން ހާގް ސަޕޯޓަރުންނަށް: މަސައްކަތަށް އިތުބާރުކުރޭ
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ފަހު ވަގުތު ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި