Roadha Mihaaru
ހޮސްޕިޓަލުތައް ހަދަން 1.8 ބިލިއަން ރުފިޔާގެ މަޝްރޫއު

ހޮސްޕިޓަލުތައް އިމާރާތްކުރަން 1.8 ބިލިއަން ރުފިޔާގެ މަޝްރޫއެއް

15 ސެޕްޓެމްބަރ 2022

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތް ކުރަމުން އަންނަ ހޮސްޕިޓަލްތަކުގެ މަސައްކަތްތަކަށް ދެ ބިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް "މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތް ކުރަމުން އަންނަ ހޮސްޕިޓަލްތަކުގެ މަސައްކަތްތަކަށް ދެ ބިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް "މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކުން ދައްކައިފި އެވެ.

ކުވެއިތު ފަންޑާއި ބޭންކް އޮފް މޯލްޑިވްސްގެ ފަންޑުގެ ތެރެއިން ސަރުކާރުން އަންނަނީ 14 ޕްރޮޖެކްޓެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހޮސްޕިޓަލް އިމާރާތް ބޮޑުކުރުމާއި ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ކުވެއިތު ފަންޑުން އިމާރާތްކުރާ ހޮސްޕިޓަލްތައް ހަދާ ރަށްރަށް

- ހދ. ހަނިމާދޫ

- ށ. މިލަންދޫ

- ނ. ވެލިދޫ

- ކ. ތުލުސްދޫ

- ވ. ފުލިދޫ

- އދ. މާމިގިލީ

- ތ. ވިލުފުށި

ޖުމުލަ 30 އެނދުގެ އެ ހޮސްޕިޓަލްގެ މަސައްކަތްތައް އޮތީ ޓެންޑާ އިވެލުއޭޝަން މަރުހަލާގަ އެވެ. އެއިން ކޮންމެ ހޮސްޕިޓަލެއް އަޅަން 160 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އެއީ ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ އެވެ.

އެ ހޮސްޕިޓަލްތަކުގެ އިތުރުން، ކުވެއިތު ފަންޑުގެ އެހީގައި ފުވައްމުލަކުގައި ހަދާ 50 އެނދުގެ ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްުގައި ހަދާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް އޮތީ ޑިޒައިން ސްޓޭޖުގަ އެވެ.

ބީއެމްއެލްގެ ލޯނުން ހަދަނީ 30 އެނދުގެ ތިން ހޮސްޕިޓަލަކާއި 30 އެނދުގެ ހޮސްޕިޓަލެކެވެ. ނ. މަނަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އަޅާއިރު، ހއ. އިހަވަންދޫއާ ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރުގައި އަޅަން ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

އެ ތަނުން ކޮންމެ ހޮސްޕިޓަލެއް އިމާރާތްކުރުމަށް އެވްރެޖުކޮށް 180 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެއީ މުޅި ޖުމްލަ 1.8 ބިލިއަން ރުފިޔާއަށްވުރެ އަގުހުރި މަސައްކަތެވެ.