11 ފެބުރުއަރީ 2023
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އާދަމް މާހިރު ވިދާޅުވިގޮތުގައި، މި ހޮސްޕިޓަލުގެ އާ އިމާރާތާއެކު ބައެއް ހިދުމަތްތައް ދިނުމަށް މިހާރު ވެސް ވަރަށް ބޮޑަށް ފަސޭހަ އެވެ. އެހެންވެ، މި ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި މި އިމާރާތަކީ ވަރަށް މުހިންމު ބިނާއަކަށް ވާނެ ކަމަށް އޭނާއަށް ގަބޫލުކުރެވެ އެވެ.
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އާދަމް މާހިރު ވިދާޅުވިގޮތުގައި، މި ހޮސްޕިޓަލުގެ އާ އިމާރާތާއެކު ބައެއް ހިދުމަތްތައް ދިނުމަށް މިހާރު ވެސް ވަރަށް ބޮޑަށް ފަސޭހަ އެވެ. އެހެންވެ، މި ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި މި އިމާރާތަކީ ވަރަށް މުހިންމު ބިނާއަކަށް ވާނެ ކަމަށް އޭނާއަށް ގަބޫލުކުރެވެ އެވެ.
މިއީ ރާއްޖޭގެ އުތުރުގައި ހުރި އެންމެ ބޮޑު ދެ ހޮސްޕިޓަލުގެ ތެރެއިން އެއްތަނެވެ. ދުވާލަކު 150-200 އާ ދެމެދުގެ އަދަދަކަށް މީހުން މިތަނުން ހިދުމަތްތައް ހޯދަ އެވެ. އަދި ބަންދު ދުވަސްތަކުގައި އެއަށް ވުރެ ބާރުބޮޑުވެ އެވެ.
މި އަތޮޅުގެ ރަށްރަށުންނާއި ކައިރި އެހެން އަތޮޅުތަކުން ވެސް މީހުން މި ހޮސްޕިޓަލަށް އާދެ އެވެ. މި ސަބަބަށްޓަކައި، ދުވަހެއް ދުވަހަކަށް ހިދުމަތުގެ ފެންވަރު ވަނީ މަތިކުރަން ޖެހިފަ އެވެ. މި ހޮސްޕިޓަލުގައި އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށީ އެ މަގުސަދުގަ އެވެ. އެއީ މިހާރު ވެސް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އާ ހިދުމަތްތައް ތައާރަފުކުރުމަށެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފިޒިއޯތެރަޕީ ޑިޕާޓްމަންޓް -- ފޮޓޯ: މިހާރު
މާހިރު ވިދާޅުވިގޮތުގައި، މިދިޔަ އަހަރު ނޮވެމްބަރުގައި މަސައްކަތް ނިމުނު މި އާ އިމާރާތް ރަސްމީކޮށް އަދި ނުހުޅުވިޔަސް، ބޭނުންކުރަން މިހާރު ވަނީ ފަށައިފަ އެވެ. ލެބޯޓަރީ އާއި ފިޒިއޯތެރަޕީގެ ހިދުމަތް މިހާރު ދެނީ މި އިމާރާތުންނެވެ.
"މި ދެ ހިދުމަތް އެ އިމާރާތަށް ބަދަލުކުރުމުން ހަގީގަތުގައި ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިއްޖެ. ޖާގަ ތަނަވަސްވުމާއި އެ ތަނަވަސް ޖާގާގައި މަސައްކަތްކުރަން ސްޓާފުންނަށް، އަވަހަށް ހިދުމަތް ދިނުމަށް ފަސޭހަވި،" އޭނާ ވިދާޅުވި އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތް: އެ އިމާރާތުގައި ބައެއް ހިދުމަތްތައް ދޭން ވަނީ ފަށައިފައި -- ފޮޓޯ: އުނގޫފާރު ހޮސްޕިޓަލް
• ގްރައުންޑް ފުލޯއާއެކު ތިން ފުލޯގެ އިމާރާތެއް
• ގްރައުންޑް ފުލޯގައި 10 އެނދުގެ އިމަޖެންސީ ޔުނިޓެއް
• އިމަޖެންސީ ޔުނިޓުގައި ހައިޑިޕެންޑެންސީ 4 އެނދާއި ލޯޑިޕެންޑެންސީ 4 އެނދު
• ގްރައުންޑް ފުލޯގައި، އަލްޓްރާ ސައުންޑް ސްކޭން، މެމޮގްރަފީ، ސީޓީ ސްކޭން އަދި އެމްއާރްއައި ހެދޭ ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް
• ފުރަތަމަ ފުލޯގައި ކަށީގެ އަދި އެހެން ސާޖަރީތައް ހެދޭ ދެ ތިއޭޓަރު
• ލެބޯޓަރީ
• ދެވަނަ ފުލޯގައި ފިޒިއޯތެޕަރީ ޑިޕާޓްމަންޓެއް
• 10 ކޮޓަރީގެ ޕްރައިވެޓް ރޫމްސް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް: އާ އިމާރާތާއެކު އެ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރުކުރަން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: މިހާރު
މީގެ ތެރެއިން ބައެއް ހިދުމަތްތަކަކީ މިހާރު ވެސް މި ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކެވެ. ނަމަވެސް، ޖާގައިގެ ދަތިކަމުގެ ސަބަބުން މި ހިދުމަތްތައް ދިނުމުގައި އުނދަގޫތައް ކުރިމަތިވެ އެވެ.
ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އިމާރާތާއެކު މި ހޮސްޕިޓަލުގައި އަލަށް ފަށާނެ ހިދުމަތަކީ އެމްއާރްއައި އެވެ.
"މި އަހަރު އެމްއާރްއައިގެ ހިދުމަތް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް. އަދި ޓްރައުމާ ސާޖަރީސްތައް ހަދަން ބޭނުންވާ ސެޓަޕް ވެސް ރެޑީވާނެ،" މާހިރު ވިދާޅުވި އެވެ.
އުނގޫފާރު ހޮސްޕިޓަލުގެ އާ އިމާރާތުގައި ހަދާފައިވާ ފިޒިއޯތެރަޕީ ޑިޕާޓްމަންޓް -- ފޮޓޯ: މިހާރު
"އެއީ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ. މި ހޮސްޕިޓަލަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. އެ ހިދުމަތްތައް ލިބެން ފެށީމަ އާންމުކޮށް ހޮސްޕިޓަލަކުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަވީ."
ނަފުސާނީ ފަރުވާ ހޯދަން މި ހޮސްޕިޓަލަށް އަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެކަމަކު، ކްޓަރަށް ދެއްކުން ފިޔަވައި، ނަފުސާނީ ބަލީގެ ކަންކަމަށް އިތުރު ފަރުވާއެއް މި ހޮސްޕިޓަލުން އަދި ނުލިބެ އެވެ.
"މި އަތޮޅަކީ ވަރަށް ބޮޑު އާބާދީއެއް. އެވްރެޖު ގޮތެއްގައި ދުވާލަކު [ނަފުސާނީ ކަންކަމާ ގުޅޭ] 3-4 ކޭސް އާދޭ. މިހާރު ހަމައެކަނި ޑޮކްޓަރަށް ދެއްކެނީ. އިތުރު ފަރުވާއެއް ނުދެވޭ،" މާހިރު ވިދާޅުވި އެވެ.
މި ބައްޔަށް ފަރުވާ ހޯދަން ބޭނުންވާ މީހުންގެ އަދަދު އިތުރުވާތީ، މެންޓަލް ހެލްތު ޔުނިޓެއް ހެދުމުގެ މަސައްކަތް ފަށައި، އެކަމަށް ބޭނުންވާ އިމާރާތް އެޅުމުގެ މަސައްކަތް މިދިޔަ މަހު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ރިސެޕްޝަން އޭރިއާ -- ފޮޓޯ: މިހާރު
އޭނާ ވިދާޅުވީ އެ ޔުނިޓުން ސައިކޭޓްރިސްޓް، ކްލިނިކަލް ސައިކޮލޮޖީ، ކައުންސެލިން އަދި އެޑްމިޓްކޮށްގެން ވެސް ފަރުވާ ދެވޭނެ ކަމަށެވެ. އެ އިމާރާތުގެ މަސައްކަތް އަންނަ އެޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ލަފާކުރެއްވި އެވެ.
އޭނާ ވިދާޅުވީ، އަންހެނުންގެ ބަލިތަކުގައި ފަރުވާ ހޯދަން މީހުން އިތުރުވާތީ ރިޕްރޮޑަކްޓިވް ހެލްތު ކެއާ ޔުނިޓެއް ހެދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.
"އީއެންޓީ ވެސް މިހާރު ވަރަށް ވަރުގަދަކޮށް މި ދަނީ. ތައިރޮޑް ސާޖަރީތައް ފައްޓައިފިން. ތައިރޮޑް ސާޖަރީސްތަކަކަކީ ކުދިކުދި ސާޖަރީސްތަކެއް ނޫން. ކަރުންމަތީގެ ވަރަށް ގިނަ ސާޖަރީސްތަކެއް މިހާރު އެބަ ހެދޭ،" އޭނާ ވިދާޅުވި އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް: ދުވާލަކު 60 އެއްހާ މީހުން މި ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާ -- ފޮޓޯ: މިހާރު
އޮންލައިންކޮށް ވެސް ވަރަށް ގިނަ މީހުން މި ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދައްކަ އެވެ. މި އަތޮޅުގެ 14 ރަށުގެ ސިއްހީ މަރުކަޒާ، އުނގޫފާރު ހޮސްޕިޓަލު އޮންނަނީ ވީޑިއޯ ކޮންސަލްޓޭޝަންއިން ގުޅާލައިފަ އެވެ.
މާހިރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލުތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު، އުނގޫފާރު ހޮސްޕިޓަލު މިހާރު އޮތީ އެ އަމާޒަށް ވާސިލުވުމާ ވަރަށް ގާތުގަ އެވެ.
އުއްމީދަކީ މި އަހަރު އާ އިމާރާތް އެއްކޮށް ބޭނުންކުރަން ފަށައި، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދެވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ލެޕްރޮސްކޮޕިކް ސާޖަރީއަށް އުނގޫފާރު ހޮސްޕިޓަލް ތައްޔާރު
ސާޖަރީއަށް ބޭނުންކުރާ ސާމާނު 13 އަހަރަށްފަހު ފޮނުވަނީ
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
މިލަންދޫ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަނީ
10 ހޮސްޕިޓަލަކަށް ތަރައްގީ، އަގަކީ 800 މިލިއަން
ބަދަލުތަކާ އެކު 10 ހޮސްޕިޓަލެއްގެ ފެންވަރު މަތިކުރަނީ
ސިއްހީ މަރުކަޒުތަކުގައި ޕްރައިވެޓް ރޫމްތައް ހަދަނީ
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
ގޮންޖެހުންތައް ހުއްޓަސް ނަތީޖާއާ ދޭތެރޭ ސުވާލެއް ނެތް
"ކިއު ކުޑަވާނީ ސްޕެޝަލިޓީގެ އިތުރު ހޮސްޕިޓަލްތައް އަޅައިގެން"