ރާއްޖޭގައި ކްރޮސް ރޯޑްސް އާއި އެކި ވިޔަފާރިތައް ހިންގަމުން އަންނަ ސިންހާ އެސްޓޭޓްގެ ޗެއާމަން ޗުޓިނަންތު ބިރޮމްބާކްދީ މިއަދު އަވަހާރަވެއްޖެ އެވެ.
14 ސެޕްޓެމްބަރ 2022
ރާއްޖޭގައި ކްރޮސް ރޯޑްސް އާއި އެކި ވިޔަފާރިތައް ހިންގަމުން އަންނަ ސިންހާ އެސްޓޭޓްގެ ޗެއާމަން ޗުޓިނަންތު ބިރޮމްބާކްދީ މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 65 އަހަރުގައި އޭނާ އަވަހާރަވީ، އެމެރިކާގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އަވާހަރަވި އިރު އަންބަކާއި ތިން ދަރިން އެބަތިއްބެވެ.
ސިންހާ އެސްޓޭޓުން ވަނީ ވޭތުވެދިޔަ ހަތް އަހަރު އެ ކުންފުނީގެ މާލިއްޔަތު 1.8 ބިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ.
ސިންހާ އިން އިން ރާއްޖޭގައި ހަދާފައިވާ ކްރޮސް ރޯޑަކީ 300 މިލިއަން ޑޮލަރު ހޭދަކުރި މަޝްރޫއެކެވެ.
ސިންހާ އެސްޓޭޓަކީ ތައިލެންޑްގެ މަޝްހޫރު ވިޔަފާރި ބޫން ރައުޑް ބްރޫވަރީގެ ދަށުން ހިންގާ ކުންފުންޏެވެ. އެ ކުންފުންޏަކީ ބިރޮންބާކްދީ އާއިލާއިން 1872 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގައި 3،500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެކުންފުނިން ރިއަލް އެސްޓޭޓުގެ އިތުރުން ވެސް ތަފާތު އެކި ވިޔަފާރިތައް އަންނަނީ ހިންގަމުންނެވެ.
300 މިލިއަން ޑޮލަރުގެ ކްރޮސްރޯޑްސް ހުޅުވައިފި
އެނބޫދޫފަޅު ތަރައްގީކުރާ ކުންފުނިން ކޮނޮއްޓާ ގަނެފި
ތައިލެންޑަށް ދާއިރު އެރައިވަލް ކާޑު ފުރަން ޖެހޭ
ބިންހެލުމުގައި ބިމާ ހަމަވި މިއަންމާއަށް ގަދަ ވިއްސާރަ
ބިންހެލުމުގައި މިއަންމާއިން މަރުވި އަދަދު 2000 އަށް
ބިންހެލުމުގައި މަރުވި އަދަދު 1،600 އިން މަތީގައި
ބިންހެލުމުގައި މިއަންމާ އާއި ތައިލެންޑުން 150 މަރު
ދިވެހިންގެ ހާލު މިދަނީ ބަލަމުން: ފޮރިން މިނިސްޓްރީ
ބެންކޮކްގެ ބިން ހެލުން: ސަފީރަށް ބިރުވެރި ދުވަހެއް!
މިއަންމާ އާއި ތައިލެންޑަށް ބާރުގަދަ ބިންހެލުމެއް