14 ސެޕްޓެމްބަރ 2022
ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދިން މީހާ 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދިން މީހާ 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދަށް ދޯންޏެއްގެ ތެރޭގައި ހަމަލާ ދިނުމަށްފަ ހު މޫދަށް އެއްލައިލި މައްސަލައިގައި ދައުލަތުން ދައުވާކުރީ އެ ރަށު ބީޗް ހައުސް އިސްމާއިލް އާސިފްގެ މައްޗަށެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމްކުރީ އޭނާ އެ ދައުވާ އަށް އިންކާރު ކުރިޔަސް، ހެކިންގެ ހެކިބަހުންނެވެ.
ކޯޓުގެ ހުކުމުގައި ވަނީ މާރާމާރީ ހިންގި ދޯނީގެ ބަޔަކުން އާސިފްގެ ޑީއެންއޭ ފެނިފައިވާއިރު އެ ދޯނިން ހައްމާދުގެ ޑީއެންއޭ ވެސް ފެނިފައިވާ ކަމަށެވެ. އެއީ ހައްމާދު އަމިއްލަ އަށް ހަށިގަނޑަށް ދިން އަނިޔާތަކެއް ކަމަށް އާސިފްގެ ފަރާތުން ބުނެފައި ވިޔަސް، އެ އަނިޔާތައް ލިބިފައި ވަނީ އާސިފްގެ ފަރާތުން ކަމަށް ބެލެވޭ ހެކިތައް ލިބިފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ދޯނީގެ ތެރޭގައި ހިޔާލު ތަފާތުވުމެއް އުފެދިގެން ހަމަލާދިނުމަށް ފަހު، ހައްމާދު މޫދަށް އެއްލައިލި ކަމަށް ހައްމާދު ބައެއް ފުލުހުންގެ ގާތު ބުނެފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. ހައްމާދުގެ ބަހަށް ބާރު ލިބޭ ހަރުދަނާ ގަރީނާތަކެއް ދައުލަތުން ހުށަހެޅި ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވި އެ ހުކުމުގައިވެ އެވެ.
އާސިފް 10 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު އޭނާ ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ތިން މަހުގެ ޖަލު ހުކުމެކެވެ.
އެހެން މައްސަލައަކާ ގުޅިގެން ހައްމާދުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ ދެ މީހުން ހައްޔަރުކުރީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް މަޑުއްވަރީގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގުމަށްފަހު އެވެ.
ބޭބެ މަރާލި ކަމަށް ކޯޓުގައި ކޮއްކޮ އެއްބަސްވެއްޖެ
ވަޅިން ހަމަލާދިން ދެ މީހަކު 10 އަހަރަށް ޖަލަށް
ހާރިސްގެ މަރުގެ ދައުވާލިބުނު މީހާ ސަލާމަތްވެއްޖެ
ހާރިސްގެ މަރުގެ ދައުވާލިބޭ މީހާ ގޭ ބަންދަށް
ޒުވާނެއްގެ މެޔަށް ވަޅި ހަރައި މަރާލައިފި
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
ޝެފަކު މަރާލި މައްސަލާގައި މުހިންމު ހެކިން ނުހޯދުނު
ކުއްޖަކު އެއްލާލި މައްސަލަ ކުރިއަށް ގެންދަން ނިންމައިފި
ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި