މަނަފަރު ރިސޯޓާ އެކު އެއްބަސްވުމެއްގެ ދަށުން، މަންޓާއެއާ އިން ހއ. ހޯރަފުއްޓަށް ޗާޓަރު ފްލައިޓް ދަތުރުތަކެއް އިއްޔެ ފަށައިފި އެވެ.
06 ސެޕްޓެމްބަރ 2022
މަނަފަރު ރިސޯޓާ އެކު އެއްބަސްވުމެއްގެ ދަށުން، މަންޓާއެއާ އިން ހއ. ހޯރަފުއްޓަށް ޗާޓަރު ފްލައިޓް ދަތުރުތަކެއް އިއްޔެ ފަށައިފި އެވެ.
އެ އެއްބަސްވުމުގެ ދަށުން މަންޓާއެއާއިން ހޯރަފުއްޓަށް ކޮންމެ ދުވަހަކު ދެ ފްލައިޓް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މަންޓާއެއާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުން އެންމެ ފަހުން ތައާރަފްކުރި 18 މީހުންގެ ޖާގައިގެ ބީޗްކްރާފްޓް 1900ޑީ އެއާކްރާފްޓެވެ.
ހޯރަފުއްޓަށް އިއްޔެ ކުރި ފުރަތަމަ ދަތުރުގެ ފަސިންޖަރުންނަށް ހާއްސަކޮށް އެ އެއާޕޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގޮސްފަ އެވެ. އޭގެތެރޭގައި، ބޮޑު ބެރު ޖެހުމާއި، ކައުންސިލާއި ރީޖަނަލްސް އެއާޕޯޓްސް ގުޅިގެން ކުރިއަށް ދިޔަ ހަފްލާއަކާއި ހާއްސަ މަލާފަތް ފާހަކޮށްލެވެ އެވެ.
އިއްޔެ ބޭވި ފުރަތަމަ ދަތުރުގެ ބައިވެރިންނާ ހަފްލާގެ ބައިވެރިން ---ފޮޓޯ: ޑަބަލްޑޮޓް: އަޖޫ ފޮޓޯގްރަފީ
"އަޅުގަނޑުމެންނަށް ޔަގީން މި ދަތުރުތަކާ އެކު މަނަފާރު ރިސޯޓުގެ އިތުރުން، ހޯރަފުއްޓަށާއި، ކައިރި ރަށްތަކުގައި ދިރިއުޅޭ މީހުންނަށާއި އަދި ވިޔަފާރިތަކަށް ގިނަ މަގުތަކެއް ފަހިވެގެން ދާނެ،" މަންޓާއެއާގެ ސީއީއޯ މުހަންމަދު ހަލީލް ވިދާޅުވި އެވެ.
އެ އެއާލައިންގެ މާކެޓިން މެނޭޖަރު މޫބީން ޖަލީލް ވިދާޅުވީ އެ ރަށަށް ބާއްވާ ޗާޓަރު ފްލައިޓްތަކުގައި ޖާގަ ހުންނަ ވަރަކުން އާންމުންނަށް ވެސް ދަތުރު ކުރެވޭނެ ކަމަށެވެ.
"މަނަފަރު ރިސޯޓުން ވެސް ބޭނުން ވަނީ ޗާޓަރު ފްލައިޓްތަކުގައި އިތުރު ޖާގަ ހުރި ނަމަ އާންމުންނަށް ދޭން. އެ ދަތުރުތަކުގެ ސަބަބުން އާންމުންނަށް ވެސް ފައިދާތަކެއް ކުރަން،" މޫބީން ވިދާޅުވި އެވެ.
މަނަފަރުން ވަކިކުރި ބަޔަކަށް ވަޒީފާ ދޭން އަންގައިފި
ސިހުރު ހަދާ މައްސަލައެއްގައި ހޯރަފުށިން މީހަކު ހައްޔަރު
އީދު ބަންދަށް މަންޓާ އެއާގެ ފްލައިޓުތައް އިތުރުކުރަނީ
ހޯރަފުށީގެ ހާފްވޭ ހައުސް ރައީސް ހުޅުއްވައިދެއްވައިފި
މަންޓާގެ ދަތުރުތައް މަޑިވަރަށް، ދެން އަމާޒަކީ މާފަރު
އުތުރު ގޭޓްވޭއިން އެމްޕީއެލް މުއްސަނދި ކުންފުންޏަކަށް
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައިފި
ކުޑަކުދިންގެ ރެސިޑެންޝަލް ސެންޓަރަށް މުވައްޒަފުން ހޯދަނީ
މަޖިލީހުން މަޝްރޫއުތަކަށް ހުރަސްއަޅާ: ރައީސް
ޖުލައިގައި އިހަވަންދިއްޕޮޅުގައި ބަންކަރިން ފަށަނީ