އީދު ބަންދާ ދިމާކޮށް މަންޓާ އެއާލައިންގެ ދަތުރުތައް އިތުރުކޮށްފި އެވެ.
23 މާޗް 2025
އީދު ބަންދާ ދިމާކޮށް މަންޓާ އެއާލައިންގެ ދަތުރުތައް އިތުރުކޮށްފި އެވެ.
އެ އެއާލައިނުން ބުނީ އީދު ބަންދާ ދިމާކޮށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެ، ޑިމާންޑު ބޮޑުވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހަތަރު ޑޮމެސްޓިކް އެއާޕޯޓަށް ދަތުރުތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ދ. ކުޑަހުވަދޫ އެއާޕޯޓާއި ބ. ދަރަވަންދޫ އެއާޕޯޓާއި ރ. އިފުރު އެއާޕޯޓު އަދި ޅ. މަޑިވަރު އެއާޕޯޓަށެވެ.
މަންޓާއިން ބުނީ އީދަށް އިތުރުކުރި ދަތުރުތަކަކީ ފަސިންޖަރުންނަށް ހަމަޖެހިގެން ކުރެވޭނެ ހިތްފަސޭހަ ދަތުރުތަކަކަށް ހެދުމުގެ ގޮތުން އެ ދަތުރުތައް ކުރާނީ މަންޓާ އެއާގެ އޭޓީއާރު 600-72 ފްލީޓުގައި ކަމަށެވެ.
މަންޓާ އެއާއިން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ އެއާލައިނުގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ބުކިން ހެއްދޭނެ އެވެ.
Manta Air
Manta Air is the new experience in the skies of the Maldives.
| Manta Air
މަންޓާ އެއާގެ ވެބްސައިޓު.
މަންޓާ އެއާއިން ވައިގެ ދަތުރުތައް ފެށީ 2019 ވަނަ އަހަރު އެވެ. އެ އެއާލައިނުން ވަނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސީޕްލޭން އަދި ޑޮމެސްޓިކް ދަތުރުތައް ވެސް ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. މަންޓާ އެއާގެ ފްލީޓުގައި 20 އެއާކްރާފްޓު އޮތް އިރު އޭގެ ތެރޭގައި ތިން އޭޓީއާރު ބޯޓު ވެސް ހިމެނެ އެވެ.
މަންޓާގެ ދަތުރުތައް މަޑިވަރަށް، ދެން އަމާޒަކީ މާފަރު
މޫސުން ގޯސްވެ ބޯޓު ނުޖެއްސި، ބައެއް ފްލައިޓް ޑިލޭ
ވިއްސާރާގައި، މަންތާގެ ބޯޓެއް ކަހާލައި ގެއްލުން ވެއްޖެ
މަންޓާއިން ދ. އަތޮޅުން ބެންގަލޫރަށް ދަތުރުތައް ފަށަނީ
ވާނާ މިއުޒިކުން ރާއްޖޭގެ ލަވައެއް ގަނެފި
މަންޓާ އެއާއިން ހޯރަފުއްޓަށް ޗާޓަރު ދަތުރުތައް ފަށައިފި
މަންޓާ އެއާގެ ހަރަދުގައި ކެބިން ކްރޫން ތަމްރީނުކުރަނީ
ބަލި މީހުން އުފުލޭނެ ގޮތް ހަދަން ސަރުކާރުން އަންގައިފި
ކުޑަހުވަދޫގެ ހަމަނުޖެހުމާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި
ކުޑަހުވަދޫން ބަލި މީހުން އުފުލައިދޭން މަންޓާއިން އެއްބަސްވެއްޖެ