03 ސެޕްޓެމްބަރ 2022
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ހިންގާ ކޮމިޓީއަށް އާ މެމްބަރުން މިއަދު އިންތިހާބުކޮށްފި އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ހިންގާ ކޮމިޓީއަށް އާ މެމްބަރުން މިއަދު އިންތިހާބުކޮށްފި އެވެ.
ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ކޮންގްރެސްގައި ވަނީ ނޫސްވެރިންގެ ޖަމިއްޔާގެ ހަތް މަގާމަކަށް ސިއްރު ވޯޓަކުން މެމްބަރުން ހޮވައިފަ އެވެ.
އެ ކޮންމެ މަގާމަކަށް މެމްބަރަކު ކުރިމަތިލިއިރު، ވާދަވެރިކަން ބޮޑުވީ އަސާސީ ގަވައިދަށް މި ފަހުން އިސްލާހު ގެނެސް ހުޅުވާލި އަންހެނުންނަށް ހާއްސަ ދެ ޖާގައަށެވެ. އެ ދެ ޖާގައަށް ތިން މެމްބަރަކު ކުރިމަތިލި އެވެ.
- ރައީސް: އަލީ ރިފްޝާން/ ވަން އޮންލައިން
- ނައިބު ރައީސް: މުހައްމަދު ޔާމީން/ ވަގުތު އޮންލައިން
- ސެކްރެޓަރީ ޖެނެރަލް: އަހުމަދު ނާއިފް/ ދައުރު
- ބަޖެޓު ސެކްރެޓަރީ: ނާޒިމް ހަސަން/ އަދަދު
- އާއްމު މެމްބަރުން ތަމްސީލްކުރާ މެމްބަރު: މުހައްމަދު މުޔައްޒިން ނާޒިމް/ ދައުރު
- އަންހެނުންނަށް ހާއްސަ މަގާމު: އާސިމާ ނިޒާރު/ މިހާރު
- އަންހެނުންނަށް ހާއްސަ މަގާމު: އައިޝަތު ނުޒުހާ/ އަދަދު
ނޫސްވެރިންނަށް ދިމާވާ ދަތިތަކާއި މައްސަލަތައް ހައްލުކުރުމަށް ވަކާލާތުކުރަން އުފައްދާފައިވާ ޖަމިއްޔާގެ އާ ހިންގާ ކޮމެޓީ މަގާމާ ހަވާލުވާނީ މި މަހުގެ 15 ވަނަ ދުވަހެވެ.
އޮންލައިންކޮށް ވެސް ބައިވެރިވެވޭ ގޮތަށް ގެންދިޔަ ކޮންގްރެސްގައި 78 ނޫސްވެރިން ބައިވެރިވި އެވެ.
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ނުރައްކަލެއް: ޖަމިއްޔާތައް
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މަސްދަރު ހާމަކުރެވޭ ގޮތަށް ބިލް ފާސްނުކުރަން އެދިއްޖެ
ނޫސްވެރިންގެ ކޮންގްރެސްގައި އެމްޖޭއޭއިން އަޑުއުފުލައިފި
"މިހާރު" އަށް އޮތް ބިރުވެރިކަމާ މެދު ކަންބޮޑުވޭ!
"ބިލުން ނޫސްވެރިކަމަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން ދޭ"
އެމްޖޭއޭގެ އަސާސީ ގަވާއިދާއި ހިންގުމަށް ބަދަލުތަކެއް