04 ޖޫން 2022
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އުފައްދާފައިވާ ނޫސްވެރިންގެ ޖަމިއްޔާތައް ތަމްސީލުކުރާ ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމިއްޔާ، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގެ ކޮންގްރެސް ގައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބައިވެރިވެ ރާއްޖޭގެ ނޫސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން އަޑުއުފުލައިފި އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އުފައްދާފައިވާ ނޫސްވެރިންގެ ޖަމިއްޔާތައް ތަމްސީލުކުރާ ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމިއްޔާ، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގެ ކޮންގްރެސް ގައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބައިވެރިވެ ރާއްޖޭގެ ނޫސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން އަޑުއުފުލައިފި އެވެ.
އޮމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވި އައިއެފްޖޭ ކޮންގްރެސްގައި އެމްޖޭއޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރު މުހައްމަދު ޖުނައިދު އެވެ.
އެމްޖޭއޭ އިން ބުނީ، ރާއްޖޭގެ ނޫސްވެރިންނަށް މިހާރު ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މައުލޫމާތު އެ ކޮންގްރެސްގައި ހިއްސާކޮށް، އެ ކަންކަން ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ޖަމިއްޔާ އިން ކުރަން ރާވާފައި ހުރި މަސައްކަތްތަކާއި އެމްޖޭއޭގެ ހަރަކާތްތަކާއި އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
އެމްޖޭއިން ވަނީ އައިއެފްޖޭގެ ދާއިމީ މެމްބަރަކަށް ވުމުގެ ޝައުގުވެރިކަން ވެސް އެ ކޮންގްރެސްގައި ފާޅުކޮށްފަ އެވެ. އަދި އޭޝިއާ އާއި އޭޝިއާ ޕެސިފިކް ގައުމުތަކުގެ ނޫސްވެރިން ތަމްސީލްކުރާ ޖަމިއްޔާތައް އެކުވެގެން ވަނީ "ފެޑެރޭޝަން އޮފް އޭޝިއާ ފެސިފިކް ޖާނަލިސްޓްސް" ޔޫނިއަން އުފައްދައިފަ އެވެ.
އެމްޖޭއޭގެ ފަރާތުން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް ކޮންގްރެސްގައި ބައިވެރިވި މެމްބަރު މުހައްމަދު ޖުނައިދު އިތުރު ނޫސްވެރިންތަކަކާ އެކު--
އެމްޖޭއޭ އިން ބުނި ގޮތުގައި ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުން އައިއެފްޖޭގެ ދާއިމީ މެމްބަރު ޖަމިއްުޔާތަކުން ހުށަހެޅި ގަރާރުތަކަށް ރާއްޖެ އިން ވެސް ތާއީދުކުރި އެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް، އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް ދިނުމަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައަށް ތާއީދުކުރި ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އެ ޖަމިއްޔާ އިން ބުނީ، އައިއެފްޖޭގެ ހިންގާ ކޮމިޓީއަށް އިންތިހާބުވި ފަރާތްތަކާ ރަސްމީކޮށް ބައްދަލުކޮށް ނޫސްވެރިންގެ ކަންކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ.
އައިއެފްޖޭއަކީ 1926 ގައި އުފެއްދި ފެޑަރޭޝަނެކެވެ. އެ ފެޑަރޭޝަނުން 140 ގައުމަކަށް ނިސްބަތްވާ 187 ނޫސްވެރިންގެ ޔޫނިއަންތަކާއި ޖަމިއްޔާ ޖަމާއަތްތައް ތަމްސީލުކުރެ އެވެ.
އައިއެފްޖޭ ކޮންގްރެސްއަކީ ކޮންމެ އަހަރަކު އެއް ފަހަރު އެ ޖަމާއަތުން ބާއްވާ ކޮންގްރެސް އެކެެވެ. މި ފަހަރުގެ ކޮންގްރެސްގައި 99 ގައުމަކުން 200 އަށް ވުރެ ނޫސްވެރިންނާއި މީޑީއާ އިން ބައިވެރިވި އެވެ.
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މަސްދަރު ހާމަކުރެވޭ ގޮތަށް ބިލް ފާސްނުކުރަން އެދިއްޖެ
"މިހާރު" އަށް އޮތް ބިރުވެރިކަމާ މެދު ކަންބޮޑުވޭ!
"ބިލުން ނޫސްވެރިކަމަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން ދޭ"
އެމްޖޭއޭގެ އަސާސީ ގަވާއިދާއި ހިންގުމަށް ބަދަލުތަކެއް
މީޑިއާ ކޮންޓްރޯލް ބިލް އަނބުރާ ގެންދަން ހުށަހަޅައިފި
މީޑިއާ ކޮމިޝަންގެ ބިލާ މެދު އައިއެފްޖޭގެ ކަންބޮޑުވުން