Roadha Mihaaru
65 އަހަރު ނުވިޔަސް، ރިޓަޔާވެވޭ ގޮތަށް ހުށަހަޅަނީ

65 އަހަރު ނުވިޔަސް، ފަނޑިޔާރުކަމުން ރިޓަޔާ ވެވޭ ގޮތަށް އިސްލާހު ހުށަހަޅަނީ

01 ސެޕްޓެމްބަރ 2022

އުމުރުން 65 އަހަރު ނުވިޔަސް، ފަނޑިޔާރުންނަށް ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާ ކުރެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުމުރުން 65 އަހަރު ނުވިޔަސް، ފަނޑިޔާރުންނަށް ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާ ކުރެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ ގާނޫނު މިހާރު ގާނޫނު އޮންނަ ގޮތުން އަމިއްލައަށް އެދިގެން ރިޓަޔާ ކުރެވެނީ 55 އަހަރުވުމުންނެވެ. އެކަމަކު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގައި އޮތީ އެ އުމުރު 65 އަހަރަށް މަތިކުރަން ހުށަހަޅައިފަ އެވެ.

އެޓާނީ ޖެނެރަލް ރިފްއަތު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އާ އިސްލާހު ފާސްވިޔަސް، 65 އަހަރުން ދަށުގެ ފަނޑިޔާރުންނަށް ވަކި މުއްދަތެއްގެ ތެރޭގައި އަމިއްލައަށް ރިޓަޔާ ވެވޭނެ ގޮތަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ. އަދި ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް ލިވިން އެލަވަންސްގެ ގޮތުގައި އިތުރަށް ދިނުމަށް އެ ބިލުގައި ހިމަނާފައިވަނީ މިހާރު ލިބެމުންދާ އެއްވެސް އެއްޗެއް އުނި ނުވާނެ ގޮތަށް ކަމަށް ވެސް ރިފްއަތުގެ ޓްވީޓްގައިވެ އެވެ.

ރިފްއަތުގެ ޓްވީޓް

މީގެ އިތުރުން ފަނޑިޔާރުން ދިރިއުޅޭ ރަށުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ނަމަ، އެތަނެއްގައި ހިންގާ ފްލެޓް ނުވަތަ ގޯތި ދޫކުރުމުގެ ސްކީމްތަކުގައި ބައިވެރިވެވޭނެ ގޮތަށް ވެސް އިސްލާހު ހުށަހަޅާނެ ކަމަށް ރިފްއަތުގެ ޓްވީޓްގައިވެ އެވެ.

ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު އޮންނަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށެވެ.