Roadha Mihaaru
އޭޖީގެ ރައްދު: ބިލްގެ މަސައްކަތަށް އެއްބާރުލުން ދިނިން

އޭޖީގެ ރައްދު ކޮމިޓީއަށް: ބިލްގެ މަސައްކަތުގައި ސަރުކާރުން އެއްބާރުލުން ދިނިން

03 މެއި 2021

މަދަނީ އިޖުރައާތުގެ ބިިލުގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަން ދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަދަނީ އިޖުރައާތުގެ ބިިލުގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަން ދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ބުނެފި އެވެ.

ރައީސް އޮފީހުން ރޭ ބޭއްވި މީޑިއާ ބްރީފިންގައި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފް ވަނީ މަދަނީ އިޖްރައާތުގެ ބިލުގެ މަސައްކަތް މަޖިލީހުގައި ލަސްވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީން ބުނެފައިވަނީ އެ ބިލްގެ މަސައްކަތް ލަސްވީ އެޓާނީ ޖެނެރަލްގެ އޮފީހުން އަމަލުކުރި ގޮތުން ކަމަށެވެ.

އެކަމާ ގުޅިގެން އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގައި އެކުލަވާލި މަދަނީ އިޖުރައާތުގެ ބިލްގެ ޑްރާފްޓް އެ އޮފީހަށް ލިބުނީ ނޮވެމްބަރު، 2019 ގައި ކަމަށެވެ. އެ އަހަރުގެ ތިން ވަނަ ދައުރު ނިމުމުގެ ކުރިން ބިލް މަޖިލީހަށް ފޮނުވަން ނިންމާފައިވާތީ ބިލްގެ ދިވެހި ޑްރާފްޓެއް އެކުލަވާލި ކަމަށާއި އެކަމަކު މަޖިލީހުގެ ތިން ވަނަ ދައުރު ނިމެން އޭރު ބާކީ އޮތީ ދެ ހަފުތާ ކަމަށް ބަޔާނުގައިވެ އެވެ.

އެހެންވުމުން އެ ބިލް މަޖިލީހަށް ހުށަހެޅިޔަސް، މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ބިލް ފުރިހަމަ ކުރުމަށްޓަކައި މަޖިލީހާ ގުޅިގެން މިދިޔަ އަހަރު އެ އޮފީހުން މަސައްކަތްކުރި ކަމަށް ބަންޑާރަ ނައިނުގެ އޮފީހުން ބުނެ އެވެ. އެ މަސައްކަތް އޭރު ކުރީ ބިލުގެ ވަކިވަކި ބައިތަކަށް ގެންނަންޖެހޭ އިސްލާހުތައް ކޮމިޓީއާ ހިިއްސާކުރާ ގޮތަށް ކަމަށާއި އެކަމަކު އެގޮތަށް އަމަލު ކުރުން ރަނގަޅު ނޫން ކަމަށް މަޖިލީހުގެ ކޮމިޓީން ނިންމުމުން އެ ބިލް އެއްކޮށް މުރާޖައާ ކުރުމަށް ފަހު މިދިޔަ އަހަރުގެެ ފަހުކޮޅު މަޖިލީހާ ހިއްސާ ކޮށްފައިވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އޭގެ ފަހުން ބިލްގެ ޚުލާސާއެއް ވެސް އެކުލަވައިލުމަށް ފަހު، މިދިޔަ މާޗް މަހުު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ. އެ ބިލުގެ މަސައްކަތަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދީފައިވާނެ ކަމަށް ސަރުކާރުގެ ބަޔާނުގައި ވެ އެވެ.

"އެ ކޮމެޓީގެ މަސައްކަތުުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ވާނީ ދެމުން ގޮސްފަ އެވެ. އަދި ކުރިއަށް އޮޮތް ތަނުގައި ވެސް އެ ކޮމެޓީއަށާއި ރައްޔިތުންގެ މަޖިލީހުގެ އެހެން ކޮމެޓީތަކަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދެމުން ގެންދާނެ،" ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ މަދަނީ އިޖުރައާތުގެ ބިލުގެ ނަމުގައި މަޖިލީހަށް ސަރުކާރުން ފުރަތަމަ ފޮނުވީ ނުބައި ބިލެއް ކަމަށެވެ. އެކަން އެނގުނީ އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން ކުރަމުން ގެންދަނިކޮށް ކަމަށް ބުނެފައިވެ އެވެ.