30 އޯގަސްޓް 2022
މިހާރު މަސައްކަތް ކުރިއަށް ގެންދާ ހިންދީ ފަސް ފިލްމެއް ނެޓްފްލިކްސްގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފި އެވެ.
މިހާރު މަސައްކަތް ކުރިއަށް ގެންދާ ހިންދީ ފަސް ފިލްމެއް ނެޓްފްލިކްސްގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފި އެވެ.
ނެޓްފްލިކްސް އިން ވަނީ ބައެއް ފިލްމުތަކުގެ ޕޯސްޓަރުތަކާއި ޓީޒާ އާއި ބިހައިންޑް ދަ ސީންސްގެ ބައެއް ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ރާޖްކުމާރް ރާއޯ އާއި ތާބޫ އާއި ތަމަންނާ ބަޓިއާ އަދި ސަނީ ކޯޝަލް އާއި ޔަމީ ގޯތަމްގެ އިތުރުން ރިތޭޝް ދެޝްމުކްގެ ފިލްމުތައް ހިމެނެ އެވެ.
- ޕްލޭން އޭ ޕްލޭން ބީ
ނެޓްފްލިކްސް އިން ޓީޒާ ލޯންޗުކުރި އެއް ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއް ކަމަށްވާ ޕްލޭން އޭ ޕްލޭން ބީ ކިޔާ ފިލްމެކެވެ. އެއީ ރިތޭޝް ދެޝްމުކް އާއި ތަމަންނާ ބާޓިއަ ލީޑު ރޯލު ކުޅޭ ފިލްމެކެވެ. އެ ފިލްމަކީ ކައިވެނި ރޫޅިފައިވާ ގާނޫނީ ވަކީލަކާއި "މެޗް މޭކާ" އެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.
އެ ފިލްމު ސްޓްރީމްކުރަން ފަށާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގަ އެވެ.
- މޮނިކާ، އޯ މައި ޑާލިން
މިއީ ރާޖްކުމާރާއި ހުމާ ގުރޭޝީ އަދި ރަދިކާ އާޕްތޭ ލީޑު ރޯލުކުޅޭ ފިލްމެކެވެ. ވަސަން ބާލާ ޑައިރެކްޓްކުރާ އެ ފިލްމަކީ ކްރައިމް ތުރިއްލާ ޑްރާމާ އެކެވެ.
ޑައިރެކްޓަރު ވަސަން ބުނެފައިވާ ގޮތުގައި އެއީ އޭނާގެ ޑްރީމް ޕްރޮޖެކްޓެކެވެ. ކްރައިމް ކޮމެޑީގެ އެ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ކެތްމަދުވެފައި ހުރި ކަމަށް އޭނާ ބުންޏެވެ.
އެ ފިލްމުގައި ރާޖުކުމާރާއި ހުމާ އަދި ރަދިކާގެ އިތުރުން ސިކަންދަރު ކޭރާއި އަކަންޝާ ރަންޖަން ކަޕޫރާއި ބަގާވަތީ ޕެރުމަލް ކަހަލަ ތަރިން ފެންނާނެ އެވެ.
- ޗޯރް ނިކަލް ކޭ ބާގާ
ނެޓްފްލިކްސް އިން އިއުލާންކޮށްފައިވާ މި ފިލްމަކީ ސަސްޕެންސް ތުރިއްލާ އެކެވެ. ސަނީ ކޯޝަލް އާއި ޔަމީ ގޯތަމް ލީޑު ރޯލު ކުޅޭ މި ފިލްމުގެ ބިހައިންޑް ދަ ސީންގެ ބައެއް މަންޒަރުތައް ވަނީ ދައްކާލައިފަ އެވެ.
އެ ފިލްމު ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ބުންޏަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
- ކޫފިޔާ
ސްޕައި ޑްރާމާއެއް ކަމަށްވާ ކޫފިޔާއަކީ މަޝްހޫރު ބަތަލާ ތަބޫ ލީޑު ރޯލު ކުޅޭ ފިލްމެކެވެ. ވިޝާލް ބަދްވާޖް ލިޔެ ޑައިރެކްޓްކުރާ އެ ފިލްމުގައި ތަބޫ ފެންނާނެ ގޮތް ފުރަތަމަ ފަހަރަށް ނެޓްފްލިކްސް އިން ވަނީ ދައްކާލައިފަ އެވެ.
އެ ފިލްމުގައި މަޝްހޫރު ތަރި އަލީ ފަޒަލް އާއި އަޝިޝް ވިދްޔާތީ އަދި ވަމިގާ ގައްބީ ވެސް މަސައްކަތްކުރާނެ އެވެ.
ވަރަށް އަވަހަށް ސްޓްރީމްކުރަން ފަށާ ގޮތަށް އޮތް އެ ފިލްމާ ގުޅިގެން ތަބޫ ބުނީ މިއީ އޭނާއަށް ވަރަށް ހާއްސަ މަސައްކަތެއް ކަމަށެވެ. އެކްޓަރެއްގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތްކުރަން ބޭނުންވަނީ ތަފާތު ސްޓޯރީތަކެއްގައި ކަމަށާއި މި ފިލްމުގައި އޭނާ ފެންނާނީ އެފަދަ ތަފާތު ރޯލަކުން ކަމަށް އޭނާ ބުންޏެވެ.
- ކަތަލް މިއީ ސަންޔާ މަލްހޯތުރާ ލީޑު ރޯލު ކުޅޭ ފިލްމެކެވެ. ނެޓްފްލިކްސް އިން ވަނީ އެ ފިލްމުގެ މޯޝަން ޕޯސްޓަރެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފަ އެވެ.
އެ ފިލްމުގައި ރާޖްޕަލް ޔާދަވް އާއި ނެހާ ސަރަފާއި އަނަންތު ޖޯޝީ އަދި ވިޖޭ ރާޒް ފެންނާނެ އެވެ.
އެ ފިލްމުގައި ސަންޔާ ފެންނަނީ ޕޮލިސް އޮފިސަރެއްގެ ރޯލުންނެވެ. އަދި ޕޮލިޓީޝަނަކު ގެންގުޅުނު ޖެކްފްރުޓުތަކެއް ގެއްލިގެން އެ ހޯދަން އޭނާއާއި އިތުރު ފުލުހުން ކުރަ މަސައްކަތްތަކެއް އެ ފިލްމުން ފެންނާނެ އެވެ.
ތަފާތު ފަސް ފިލްމެއް ވަރަށް އަވަހަށް ނެޓްފްލިކްސްގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިފައިވާކަން އިއުލާންކުރިއިރު މި ފިލްމުތަކަކީ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ފިލްމުތަކެކެވެ.
އެނިމަލް އަށް ވުރެ ގިނައިން ބެލީ "ލާޕަތާ ލޭޑީޒް"
ކަރިޝްމާގެ ފިލްމު އަންނަ މަހު ނެޓްފްލިކްސް އަށް
"އެނިމަލް" މިއަދު ނެޓްފްލިކްސް އަށް
ޝާހުގެ އުފަންދުވަހު "ޖަވާން" ނެޓްފްލިކްސް އަށް
ނެޓްފްލިކްސް އަށް އަންނަ "އާޗީސް"ގެ ލަވައެއް ނެރެފި
ތާބޫގެ އާ ފިލްމު އަންނަ މަހު ނެޓްފްލިކްސް އަށް
"ޖާނެ ޖާން"ގެ ޓްރެއިލާ ނެރެފި
ޖޫހީ އުޅޭ ފިލްމެއް އަންނަ މަހު ނެޓްފްލިކްސް އަށް
އާލިއާގެ "ޑާލިން"ގެ ޓީޒާ އާންމުކޮށްފި
އަޔޫޝްމަންގެ އަނޭކް ނެޓްފްލިކްސް އަށް