Roadha Mihaaru
އާލިއާގެ "ޑާލިން"ގެ ޓީޒާ އާންމުކޮށްފި

އާލިއާގެ "ޑާލިން"ގެ ޓީޒާ އާންމުކޮށްފި

06 ޖުލައި 2022

ބޮލީވުުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި ޝެފާލީ ޝާހް ލީޑު ރޯލު ކުޅޭ ފިލްމު "ޑާލިންގް"ގެ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.

ބޮލީވުުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި ޝެފާލީ ޝާހް ލީޑު ރޯލު ކުޅޭ ފިލްމު "ޑާލިންގް"ގެ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.

ގާތްގަނޑަކަށް މިނެޓެއްހާއިރުގެ އެ ވީޑިއޯގައި ފެންނަނީ މަންމަ އާއި އަންހެން ދަރިއެއްގެ ދިރިއުޅުމެވެ. ވިޖޭ ވަރްމާ އާއި ރޯޝަން މާތިއު ފެންނަނީ އެމީހުންނަށް ފާރަލާ ޖާޖޫސްކުރަން އުޅުމުގެ ތެރެއިންނެވެ. އަދި މައްސަލަގަނޑެއްގައި ބެނދި އާލިއާ އާއި ޝެފާލީ ފުލުހުން ގާތަށް ގޮސް އުޅޭ މަންޒަރު ވެސް ޓީޒާއިން ފެނެ އެވެ.

"ޑާލިންގް" އަކީ ޑާކް ކޮމެޑީއެކެވެ. މަންމަ އާއި ދަރިއަކު މުމްބާއީގައި ހަމަޖެހިގެން ދިރިއުޅުމަށް ކުރާ ހިތްވަރު އެ ފިލްމުގައި ދައްކާނެ އެވެ.

ގޯރީ ޚާނާއި އާލިއާ ބަޓް އަދި ގޯރަވް ވަރްމާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޑައިރެކްޓަރަކީ ޖަސްމީތު ކޭ ރީން އެވެ.

ނެޓްފްލިކްސް އިން އެ ފިލްމު ސްޓްރީމްކުރާނީ އަންނަ މަހުގެ ފަހުން ފެށިގެންނެވެ.