30 އޯގަސްޓް 2022
އިރާގުގެ ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައްސަދްރު، ސިޔާސީ އެންމެހައި ކަންކަމުން ފެއަށް ޖެހިވަޑައިގެންނެވިކަން އިއްޔެ އިއުލާން ކުރެއްވުމާއެކު، އޭނާ އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު، ރިއާސީ ގަނޑުވަރުގެ ތެރެއަށް ވަދެގަނެ އެތަން ހިފަން މަސައްކަތް ކޮށްފި އެވެ.
އިރާގުގެ ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައްސަދްރު، ސިޔާސީ އެންމެހައި ކަންކަމުން ފެއަށް ޖެހިވަޑައިގެންނެވިކަން އިއްޔެ އިއުލާން ކުރެއްވުމާއެކު، އޭނާ އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު، ރިއާސީ ގަނޑުވަރުގެ ތެރެއަށް ވަދެގަނެ އެތަން ހިފަން މަސައްކަތް ކޮށްފި އެވެ.
ސަދްރުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އޭނާ އިރާގުގެ ސިޔާސީ އެންމެހައި ހަރަކާތްތަކުން އިއްޔެ އިން ފެށިގެން އެކަހެރިވެވަޑައިގެންނެވީ ކަމަށާއި އޭނާގެ ސަދްރު ހަރަކާތުގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް އެއްވެސް ބަޔަކު ހިންގައިގެން ނުވާނެ ކަމަށެވެ. އެ ބަޔާން ނެރުމާ އެކު، އިރާގުގެ އެކި ކަންކޮޅުތަކުގައި ހުރި އޭނާގެ ސިޔާސީ ހަރަކާތްތައް ހިންގާ ހުރިހާ އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ℹ️?➡️??⬇️Iraqis gather outside Green Zone after Shiite cleric Sadr announces politics exit: Supporters of Iraq's cleric Moqtada Sadr gather at an entrance to the ultra-secure Green Zone in Baghdad after the powerful Shiite said he was quitting politics, as tensions soar amid pic.twitter.com/BpI0RQOwvK
— World News 24 (@DailyWorld24) August 29, 2022
ސަދްރުގެ އެ ނިންމުން އިއުލާންކުރުމާ އެކު، އޭނާ އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު، ސަލާމަތީ ކަންތައް ވަރުގަދަކޮށްފައިވާ ގްރީން ޒޯން ކައިރި އަށް އެއްވެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފެށި އެވެ. އެއާ އެކު މާ ގިނަ އިރުތަކެއް ނުވެ، ސަލާމަތީ ކަންތައް ބަލަހައްޓަން ތިބި ސިފައިންނާއި ފުލުހުންގެ ސަފުތައް ފޫދުއްވައިލުމަށް ފަހު، އެ މީހުން ގްރީން ޒޯންގެ ތެރެއަށް ވަދެ، ރިއާސީ ގަނޑުވަރުގެ ދޮރޯށި މަތިން ގަނޑުވަރުގެ އެތެރެއަށް ވަނީ އެވެ.
ސަދްރަށް ތާއީދުކުރާ މީހުން ރިއާސީ ގަނޑުވަރު ހިފަން މަސައްކަތް ކުރިއިރު، ބޮޑުވަޒީރުގެ އޮފީސް ވެސް ހިންގަނީ އެ އިމާރާތުގެ އެތެރޭގަ އެވެ. ނަމަވެސް އެ މީހުން އެ ތަނަށް ވަދެ މާ ގިނައިރުތަކެއް ނުވަނީސް، އިރާގުގެ ސަލާމަތީ ބާރުތައް ރިއާސީ ގަނޑުވަރަށް ވަދެ، ބާރުގެ ބޭނުންކޮށް، އެ ތަނުގެ ތެރޭގައި ތިބި އާންމުން އެ ތަނުން ބޭރަށް ނެރެ، ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ރިއާސީ ގަނޑުވަރު ގެންދިޔަ އެވެ.
އޮގަސްޓް 29، 2022: އިރާގުގެ ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައްސަދްރަށް ތާއީދުކުރާ މީހުން ރިއާސީ ގަނޑުވަރަށް ވަދެގަނެ އެތަނުގެ އެތެރޭގައި ހަރަކާތްތެރިވަނީ. --އޭއެފްޕީ
މުޒާހަރާ ކުރާ މީހުން ރިއާސީ ގަނޑުވަރަށް ވަދެގަތުމާއެކު، ސިފައިންގެ އިތުރު ފައުޖުތަކެއް ގްރީން ޒޯނަށް ގޮސް، އެ ސަރަހައްދަށް ކަރުނަގޭސް ޖަހައި އާންމުން ދުރު ކުރަން މަސައްކަތް ކުރި އެވެ. އެ އަށް ފަހު، ގްރީން ޒޯނާއި ރިއާސީ ގަނޑުވަރުގެ ތެރެއަށް ސިފައިން ވަދެ ބަޑި ޖަހައި، އާންމުން ނެރެން ފެށި އެވެ.
ސަދްރު ސިޔާސީ ހަރަކާތްތަކުން އަޒުލްވެވަޑައިގަތުމާ އެކު، އާންމުން މުޒާހަރާ އަށް ނުކުންނަން ފެށުމުން އިރާގުގެ އަސްކަރިއްޔާ އިން ވަނީ، ވެރިރަށް ބަޣުދާދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިއަދުގެ ހަވީރުން ފެށިގެން އާންމުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ.
#BREAKING
— Heshmat Alavi (@HeshmatAlavi) August 29, 2022
Protesters have breached the Presidential Palace in Baghdad, #Iraq
Earlier today influential Iraqi cleric Muqtada Sadr said he is withdrawing from politics
The PM has imposed a curfew
Many protesters despite #Iran's meddling in Iraq.pic.twitter.com/sV3ZbYyDMC
ބަޣުދާދުގެ ބޮޑެތި މަގުތައް ބަންދުކޮށް، ސަރުކާރުގެ ޓީވީ އާއި ރޭޑިއޯ ސްޓޭޝަން ހުންނަ އިމާރާތް ކައިރިއަށް ދެވޭ މަގުތަކާއި ސަރުކާރުގެ މުހިންމު އޮފީސްތަކުގެ ވަށައިގެންވާ ސަރަހައްދުތައް ވަނީ ސިފައިން ނުކުމެ މަގު ހުރަސްތައް ބަހައްޓައި ބަންދުކޮށްފަ އެވެ.
ސިޔާސީ ހަރަކާތްތަކުން ފެއަށް ޖެހިވަޑައިގެންނެވިކަން ސަދްރު މި އިއުލާން ކުރެއްވީ، އިރާގުގެ ގާނޫނު ހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް އޭނާ ގޮވައިލެއްވިތާ މަސްތަކެއް ވީއިރު ވެސް، ސަރުކާރުން އެ ކަމަށް އިޖާބައެއް ނުދީ، އާންމު މަސްލަހަތު ގެއްލޭ ހިސާބަށް ކަންތައް ދިއުމުންނެވެ. ގާނޫނު ހަދާ މަޖިލީހުގައި ސަރުކާރަށް އޮތް އަގުލަބިއްޔަތު ގެއްލި، އާ ސަރުކާރެއް އެކުލަވައިނުލެވި 10 މަސް ދުވަސް ފާއިތުވުމުން، އަވަސް އިންތިޚާބެއް ބޭއްވުމަށް ސަދްރު ގޮވައިލެއްވުމާ އެކު، އޭނާ އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ކުރިމައްޗަށް އެއްވެ މުޒާހަރާ ކުރަން ފަށައިފަ އެވެ.
އޮގަސްޓް 29، 2022: އިރާގުގެ ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައްސަދްރަށް ތާއީދުކުރާ މީހުން ރިއާސީ ގަނޑުވަރަށް ވަދެގަނެ އެ ތަން ހިފަން މަސައްކަތް ކުރުމުން، ފުލުހުން ކަރުނަގޭސް ޖަހައި އާންމުން އެތަނުން ނެރެނީ. --އޭއެފްޕީ
މުގްތަދާ އައް ސަދްރަށް ތާއީދުކުރާ އާންމުން، މިދިޔަ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން، ގާނޫނު ހަދާ މަޖިލީހުގެ ކުރިމައްޗަށް އެއްވުމާއެކު، އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ އަށް ތާއީދުކުރާ އާންމުންގެ ބަޔަކު ވެސް އެ ސަރަހައްދަށް އެއްވެ ސަރުކާރަށް ތާއީދުކޮށް އަޑު އުފުލަން ފެށި އެވެ. ދެ ފަރާތުގެ މެދުގައި ބަހުގެ ހަމަލާތައް ކޮންމެ ދުވަހަކު ވެސް ބަދަލުކުރެވޭ އިރު، ދެބައި މީހުންގެ މެދުގައި ހަތިޔާރުގެ ކުރިމަތިލުމެއް ފެށިދާނެ ކަމުގެ ބިރު އޮތީ ވަރަށް ބޮޑުވެފަ އެވެ.
ސަދްރަށް ތާއީދުކުރާ އާންމުން ރިއާސީ ގަނޑުވަރަށް ވަނުމާއެކު، ސޯޝަލް މީޑިއާގައި އާންމުވާން ފެށީ، ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި މީހުން އެ ގައުމުގެ ރިއާސީ ގަނޑުވަރު ހިފުމާއެކު އާންމުވި ފަދަ މަންޒަރުތަކެކެވެ. އެ ގޮތުން އިރާގުގެ ރިއާސީ ގަނޑުވަރުގެ ސްވިމިން ޕޫލަށް އާންމުން އެރެ ފަތާ މަންޒަރާއި ގަނޑުވަރުގެ ކޮޓަރިތަކުގައި އޮށޯވެގެން ތިބޭ މަންޒަރު ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
ވެރިރަށް ބަޣުދާދުގެ އަމްނު އާންމު ގެއްލުމާ ގުޅިގެން، ކެބިނެޓް ކުއްލި ބައްދަލުވުންތަކެއް ބޭއްވުމަށް ބޮޑުވަޒީރު މުސްތަފާ އަލް ކާޒިމީ ވަނީ ނިންމަވައި، ވަޒީރުންނަށް އެކަން އަންގަވައިފަ އެވެ. އޭގެ އިތުރުން ގްރީން ޒޯން ދޮށަށް އެއްވެ ތިބި އާންމުން އެ ސަރަހައްދުން ދުރަށް ގޮސް، ސަލާމަތީ ބާރުތަކުގެ އެންގުންތަކަށް ކިޔަމަންވުމަށް ވެސް، ބޮޑުވަޒީރު ގޮވައިލެއްވި އެވެ.
ސަރުކާރުގެ ފަރާތުން އިއްޔެގެ ހަވީރު ނެރުނު ބަޔާނެއްގައި، ސަރުކާރުގެ އިމާރާތްތަކަށް ވަދެ ތިބި އާންމުން އެ ތަންތަނުން ނުކުތުމަށް ގޮވައިލެއްވުމަށް، ބޮޑުވަޒީރު ވަނީ މުގްތަދާ ސަދްރަށް އިލްތިމާސް ކުރައްވައިފަ އެވެ.
ބަޣުދާދުގެ ކުރިމަތިލުންތަކުގައި 30 މީހަކު މަރުވެއްޖެ
ސަދްރުގެ ސަޕޯޓަރުން އަނެއްކާވެސް ޕާލަމެންޓް ހިފައިފި
ގަބީލާ ނުފޫޒަށް އިރާގުގައި ޖާގައެއް ނެތް: ސަދްރު
އިންތިހާބުގެ ނަތީޖާއަށް އިރާގުގެ ސުޕްރީމް ކޯޓުން ތާއީދު
އިރާގުގައި ވެރިކަމުގެ ކޯޅުމެއް އުފެދެނީ
ސަދްރުގެ ޕާޓީން ކޯލިޝަން ސަރުކާރެއް އުފައްދަނީ
ކޯލިޝަން މާނަކުރުމާ މެދު އިރާގުގައި ދެބަސްވުން
އަބޫ ޣުރައިބު ޖަލުގެ އަނިޔާގެ ބަދަލަށް 42 މިލިއަން
ޑްރަގް ވިޔަފާރީގެ ހަބަކަށް އިރާގު އެބަ ބަދަލުވޭ: އދ
ބަންގްލަދޭޝްގައި ތިބި ދެ ދަރިވަރަކު ރާއްޖެ ގެންނަނީ