29 އޯގަސްޓް 2022
ބާމިންހަމް (އޮގަސްޓް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާގެ ތިން ވަނަ ބައްޔާ އެކު އެޓީމުގެ ކޯޗު ސްޓީވަން ޖެރާޑަށް ސަޕޯޓަރުންގެ ނުރުހުން އަމާޒު ވެއްޖެ އެވެ.
ބާމިންހަމް (އޮގަސްޓް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާގެ ތިން ވަނަ ބައްޔާ އެކު އެޓީމުގެ ކޯޗު ސްޓީވަން ޖެރާޑަށް ސަޕޯޓަރުންގެ ނުރުހުން އަމާޒު ވެއްޖެ އެވެ.
ވެސްޓް ހޭމް އަތުން 1-0 އިން ބަލިވި މެޗު ނިމުމާ އެކު ސަޕޯޓަރުން ވަނީ ކޯޗާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފަ އެވެ. ޖެރާޑު ބުނީ، ސަޕޯޓަރުންގެ ކަންބޮޑުވުންތައް ހުންނާނެ ކަން އެނގޭ ކަމަށާއި، މިއީ ސަޕޯޓަރުންނާއި ހުދު އޭނާ ވެސް އުންމީދުކުރި ނަތީޖާތަކެއް ނޫން ކަމަށެވެ.
"އަހަރެންގެ ދެ ކަންފަތުން ވަރަށް ބައިވަރު އެއްޗެހި އަޑު އިވޭ، އަހަރެންނަށް އަޑުއިވޭ ސަޕޯޓަރުންގެ މާޔޫސްވެފައި ތިބި ސަޕޯޓަރުންގެ ޝަކުވާތައް ވެސް،" ޖެރާޑް ބުންޏެވެ.
"އަހަރެން މި ކުޅިވަރުގައި އުޅެފިން ފުދޭވަރަކަށް ގިނަ ދުވަހު، ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވުމަކީ ސަޕޯޓަރުން އަދި އަހަރެން ވެސް އެދޭނެ ގޮތެއް ނޫން. އެހެންވެ އަހަރެންނަށް އެކަން ވިސްނޭ."
ރޭގެ މެޗުގައި އެސްޓަން ވިލާ އިން ނުރައްކާކޮށް ފެނުނު އިރު، ކޯނަރެއްގައި ޑިފެންޑަރު އާޒީ ކޮންސާ ގޯލެއް ޖެހި ނަމަވެސް، ލޫކަސް ޑީނޭ ނެގި ކޯނަރު ކުޅުމުން ބޭރު ވެފައި ވާތީވެ އެ ގޯލު ބަލައެއް ނުގަނެ އެވެ. ވެސްޓް ހޭމްގެ ކުޅުންތެރިއެއް ގައިގައި ޖައްސާފައި ވެސްޓް ހޭމްގެ ފޯނަލްސް ލަނޑު ޖަހައި ލީޑު ނެގި ފަހުން ވެސް އެސްޓަން ވިލާ އިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ހަމަލާއެއް ފޮނުވާލާނެ ފުރުސަތެއް ހޯދިފައެއް ނުވެ އެވެ.
ރޭގެ މެޗުގައި ޖެރާޑް، މެޗުގެ ހަތަރުވަނަ އޮފިޝަލާ ވާހަކަ ދައްކަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް
ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައި ވާއިރު، އެޓީމަށް ކުރިއަށް ދެން އޮތީ ހުރިހާ މެޗެއް ކާމިޔާބު ކުރަމުން އަންނަ އާސެނަލް އާއި، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ޖެރާޑު ބުނީ، މިއީ ކުޅުންތެރިން އެކުގައި މަސައްކަތް ކޮށްގެން ނަތީޖާއަކަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
"އަހަރެންނަށް ވުރެ ބޮޑަށް މާޔޫސް ވެފައި ހުރި މީހަކު ނުހުންނާނެ، މިހާރު ކުރެވެން އޮތްހާ ވެސް ކަމަކީ އެކުގައި މަސައްކަތް ކުރުން. އަހަރެންނާއި އަހަރެންގެ ސްޓާފުން ތިބީ އެކަން ކުރަން ތައްޔާރަށް، އެކަމަކު އެކަން ވާން އޮތީ ކުޅުންތެރިންގެ ހިތްވަރުން. އެކީގައި މަސައްކަތް ކޮށްގެން ނަތީޖާ ނެރެން އެބަ ޖެހޭ،" ޖެރާޑް ބުންޏެވެ.
ސްކޮޓްލެންޑުގެ ރޭންޖާސް އާއެކު އުންމީދީ މަސައްކަތަކަށް ފަހު ޖެރާޑް ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާ ހަވާލުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ވިލާ އިން ރޭންޖާސް އަށް އޭނާ ދޫކުރަން ހަތަރު މިލިއަން ޕައުންޑު ދެއްކުމުންނެވެ. ނަމަވެސް އެސްޓަން ވިލާގައި އޭނާއަށް ކާމިޔާބުވާ ގޮތެއް ނުވެ އެވެ.
ޖެރާޑް ވަނީ އެސްޓަން ވިލާއާ ހަވާލުވެ، ދެ ޓްރާންސްފާ ބާޒާރުގައި މިހާތަނަށް 136 މިލިއަން ޕައުންޑް ހަރަދު ކޮށްފަ އެވެ. މިދިޔަ ސީޒަން ފަހުކޮޅު ލޯނު އުސޫލުން ބްރެޒިލްގެ ފިލިޕޭ ކުޓީނިއޯ ގެނައި އިރު، މި ސީޒަނަށް ވަނީ އޭނާގެ އެއްބަސްވުން ދާއިމީ ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް އޭނާއަށް އަދި ރަނގަޅު ނަތީޖާއެއް ހޯދަން ޖެރާޑަށް އެހީ ނުވެވޭ އިރު، ރޭގެ މެޗުގައި އޭނާ އަށް އަނިޔާ ވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. އެޓީމުން މި ސީޒަނުގައި ސެވިއްޔާ އިން ގެނައި ބްރެޒިލް ޑިފެންޑަރު ޑިއޭގޯ ކާލޯސް އަށް ވެސް ވަނީ އޭނާ ކުޅުނު ފުރަތަމަ މެޗުގައި ބޮޑު އަނިޔާއެއް ވެފަ އެވެ.
ޖެރާޑުގެ އިތުރުން އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑާއި، ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް އަދި ވުލްވްސްގެ ކޯޗު ބްރޫނޯ ލާޖް އަށް ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެވަޓަން އާއި ލެސްޓާ އަދި ވުލްވްސް ވެސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ހޯދިފައި ނުވާއިރު، ތިން ޓީމު އޮތީ ލީގު ޓޭބަލްގެ އެންމެ ފުލުގައި، ރެލިގޭޝަން ޒޯނުގަ އެވެ.
އެސްޓަން ވިލާ ބަލިކޮށް ލީގުގައި ފުރަތަމަ މޮޅު ހޯދި ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮޔެސް ހުރީ، އެޓީމުން ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް ޕަކޭޓާގެ ސޮއި ހޯދުމާ ގާތަށް ގޮސްފައި ވާތީވެ އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. އަދި އޭނާ ކުލަބާ އެކު މެޑިކަލް ފުރިހަމަ ކޮށްފައި ވާކަމަށް ވެސް މޮޔެސް ވަނީ ބުނެފަ އެވެ.
"އެކަން (މެޑިކަލް) ކަންތައް ތަނގަޅަށްތޯ ނުވަތަ ނޫންތޯ ބުނާކަށް އަހަރެންނަކަށް ނޭނގޭ، އެކަމަކު އަހަރެން އުންމީދުކުރަނީ ހުރިހާ ކަމެއް ރަނގަޅު ވާނެ ކަމަށް. އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް،" މޮޔެސް ބުންޏެވެ.
އަހަރެއް ނުވަނީސް ވިލާގެ ކޯޗުކަމުން ޖެރާޑް ވަކިކޮށްފި
ވިލާގެ ކޯޗު ޖެރާޑް ޕޮޒިޓިވްވެ ދެ މެޗު ގެއްލިއްޖެ
މޮޅު ކޯޗެއްގެ ހުނަރުތައް ޖެރާޑުގެ އެބަހުރި: ކްލޮޕް
ލެސްޓާ ސިޓީ ބަލިކޮށް، ޖެރާޑާ އެކު ވިލާ ކުރިޔަށް
ދެވަނަ މެޗުން ވެސް މޮޅުވެ، ޖެރާޑް ތާރީހުގެ ތެރެއަށް
ބްރައިޓަން ބަލިކޮށް ޖެރާޑާއެކު ވިލާގެ ފެށުން ރަނގަޅު
ހަ އަހަރަށް ފަހު ޖެރާޑް ޕްރިމިއާ ލީގަށް އަންނަނީ
ވީއޭއާރްއާ ހެދި ޕްރިމިއާ ލީގު ހަލާކުވެއްޖެ: ޕޮޗެޓީނޯ
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ސިޓީގެ ފޭނުން ބޭނުންނުވިޔަސް ފޮޑެން އަޅާކިޔަނީ ރޫނީއާ