26 އޯގަސްޓް 2022
މާލެ-ވިލިމާލެ ގުޅައިލާ ބްރިޖުގެ ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަނަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ގެއްލުން ލިބެމުންދާއިރު، އެ ނަގާނެ ކަމަށް އިންޑިއާގެ އެފްކޯންސް ކުންފުނިން ބުނި ތާރީހަށް އެ މަސައްކަތެއް ނުވި އެވެ.
މާލެ-ވިލިމާލެ ގުޅައިލާ ބްރިޖުގެ ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަނަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ގެއްލުން ލިބެމުންދާއިރު، އެ ނަގާނެ ކަމަށް އިންޑިއާގެ އެފްކޯންސް ކުންފުނިން ބުނި ތާރީހަށް އެ މަސައްކަތެއް ނުވި އެވެ.
ބޯހޯލް ތޮރުފައިގެން ސާވޭ އަށް ބޭނުންކުރާ އެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރިތާ ހަފުތާއެއްވީ އިރު ވެސް އެ ނުނަގައި ހުރުމުގެ ސަބަބުން ޕްލެޓްފޯމުގެ ތަނބުތައް ވަނީ ފަރުތަކުގައި ތާށިވެ، ރަނގަޅަށް ހަރުލައްވައިލައިފަ އެވެ.
ޕްލެޓްފޯމް ނެގުން ލަސްވަނީ ފަރުތަކަށް ގެއްލުން ކުޑަ ގޮތަކަށް އެ މަސައްކަތް ކުރާތީ ކަމަށާއި ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ޕްލެޓްފޯމް ނަގާނެ ކަމުގެ ޔަގީން ކަން އިންޑިއާގެ ކުންފުނިން ދޭ ކަމަށް ސަރުކާރުން ވަނީ މިދިޔަ އަންގާރަ ދުވަހު ބުނެފަ އެވެ.
އެ މުއްދަތަށް މަސައްކަތް ނުނިންމުމާ ގުޅިގެން އެފްކޯންސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކަން ނުވީ މިދިޔަ ދެ ދުވަހު ކަނޑުގަދަވުމާ ގުޅިގެން ކަމަށެވެ.
"...ތަނބުތައް ނަގަން ކުރި މަސައްކަތް ދެ ފަހަރެއްގެ މަތިން ހުއްޓާލަން މަޖުބޫރުވި،" އެ ބަޔާނުގައި ވެ އެވެ.
މޫސުން ރަނގަޅުވީހާ އަވަހަށް އަލުން މަސައްކަތް ފެއްޓުމަށް އެ ކުންފުނީގެ ޓީމުތައް ތައްޔާރަށް ތިބި ކަމަށް ވެސް އެފްކޯންސް އިން ބުނެ އެވެ.
ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ޕްލޭނިން މިނިސްޓްރީ އާއި އީޕީއޭ އަދި އެފްކޮންސް ގުޅިގެން، އެ ތަންތަނުގެ އިސްވެރިންނާ އެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ. އީޕީއޭ އިން ބުނީ ޕްލެޓްފޯމް ނެގުމުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން ބެލުމަށް އެސަސްމަންޓެއް ވެސް ހަދާނެ ކަމަށެވެ.
ޕްލެޓްފޯމް އެ ެނވތަނުން ނެގުމަށް ސަރުކާރުގެ އިދާރާތަކުން އަދިވެސް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުންނާއި އާންމުން ވެސް ސަރުކާރަށް ފާޑުކިޔާފައިވެ އެވެ. އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ރައްޔިތުންގެ މަޖިލީށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.
އެފްކޮންސްގެ ޖޫރިމަނާ ކޯޓުން ފަސްކޮށެއް ނުދިން
ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި
އެފްކޮންސް 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަނީ!
ފަރަށް ލިބުނު ގެއްލުން އެފްކޮންސްއިން ގަބޫލެއް ނުކުރި
ވިލިމާލޭގެ ފަރަށް، ހިތްފަޅައިގެންދާ ވަރުގެ ގެއްލުމެއް!
ވިލިމާލޭގެ ފަރަށް ލިބުނު ގެއްލުން ބަލަން ފަށައިފި
ޕްލެޓްފޯމް ނަގަނީ ގެއްލުން ކުޑަވާ ގޮތަށް: މިނިސްޓްރީ
ދެ ދުވަސްތެރޭގައި ފަރުމަތިން ޕްލެޓްފޯމް ނަގަނީ