28 އޯގަސްޓް 2022
ގުޅިފަޅު ހިއްކަން ސަރުކާރުން ނެގި 101 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ގެ ލޯނު އަނބުރާ ދައްކަން ޖެހެނީ އިތުރު 500 މިލިއަން ރުފިޔާއާ އެކު ކަން، މާލިއްޔަތު ކޮމިޓީން އާންމުކުރި ތަފާސްހިސާބުތަކަކުން ދައްކައިފި ހާމަކޮށްފި އެވެ.
ގުޅިފަޅު ހިއްކަން ސަރުކާރުން ނެގި 101 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ގެ ލޯނު އަނބުރާ ދައްކަން ޖެހެނީ އިތުރު 500 މިލިއަން ރުފިޔާއާ އެކު ކަން، މާލިއްޔަތު ކޮމިޓީން އާންމުކުރި ތަފާސްހިސާބުތަކަކުން ދައްކައިފި ހާމަކޮށްފި އެވެ.
މިދިޔަ އަންގާރަދުވަހު އޮތް މާލިއްޔަތު ކޮމިޓީގައި، ގުޅީފަޅު ހިއްކުމަށް ސަރުކާރުން މިދިޔަ ޖޫން މަހު ސޮއި ކުރި ލޯނުގެ ތަފްސީލުތައް ވަނީ އާންމުކޮށްފަ އެވެ. ސަރުކާރުން އެ ލޯނު ނަގާފައި ވަނީ ތިން ބޭންކެއް މެދުވެރިކޮށެވެ. އެއީ ޔޫރަޕިއަން އެކްސްޕޯޓް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އެމްރޯ ބޭންކާއި އައިއެންޖީ ބޭންކުންނެވެ.
މާލިއްޔަތު ކޮމިޓީން އާންމު ކުރި މައުލޫމާތުގައިވާ ގޮތުން ތިން ބޭންކު މެދުވެރިކޮށް ނެގި އެ ލޯނު އަނބުރާ ދައްކާ އިރު ޖުމްލަ 133 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ. އެހެންވެ އެއީ 32 މިލިއަން ޑޮލަރު (500 މިލިއަން ރުފިޔާ) އިތުރު އަދަދެކެވެ. އަދި އިންޓްރެސްޓްގެ ގޮތުގައި އެކަނި 16.2 މިލިއަން ޑޮލަރު (250 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ. އިންޓްރެސްޓް ރޭޓުގެ އިތުރުން މިފަދަ ލޯނުތަކުގައި އިތުރު ފައިނޭޝަލް ކޮސްޓްތައް ވެސް އާންމުކޮށް ހިމެނޭނެ އެވެ.
މި ލޯނަށް މެނޭޖްމެންޓް ފީގެ ގޮތުގައި ލޯނުގެ އަދަދުގެ 0.75 ޕަސެންޓު ދައްކަން ޖެހޭ އިރު ކޮމިޓްމެންޓް ފީގެ ގޮތުގައި ލޯނު ނެގި އަދަދުގެ 0.45 ޕަސެންޓް ދައްކަން ޖެހެ އެވެ. އަދި އެޖެންސީ ޕީގެ ގޮތުގައި 40،000 ޑޮލަރު (ހަ ލައްކަ) ދައްކަން ޖެހެ އެވެ.
މި ލޯނު ނަގާފައި ވަނީ ސީއައިއާރު އިންޓްރެސްޓް ރޭޓެއްގެ ގޮތުގައި 1.2 ޕަސެންޓުގަ އެވެ. ލޯނު އަނބުރާ ދެއްކުމަށް 10 އަހަރު ކަނޑައަޅާފައިވާ އިރު ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް އަހަރާއި ހަ މަސް ވަނީ ކަނޑައަޅައިފަ އެވެ.
މި ލޯނަށް ޖުމްލަ 133 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ އިރު މިއީ ހިސާބުތަކުން ދައްކާ ގޮތުން، ލޯނުގެ އަދަދުގެ ގާތްގަނޑަށް 6 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެކެވެ.
ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓަކީ މި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓެެވެ. ގުޅިފަޅުން ގޯތި ދިނުމުގެ އިތުރުން އެ ސަރަހައްދުގައި ވިޔަފާރި ބަނދަރު ވެސް ތަރައްގީ ކުރާނެ އެވެ.
މި ސަރުކާރުން މިހާތަނަށް 38 ބިލިއަން ރުފިޔާގެ ދަރަނި ވަނީ ނަގައިފަ އެވެ. ދައުލަތުގެ ޖުމްލަ ދަރަނި މި އަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ. ނަމަވެސް އަހަރު ދެބައި ނުވަނީސް ދައުލަތުގެ ދަރަނި މިހާރު ވަނީ 99 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
އަހަރުން އަހަރަށް ދައުލަތުގެ ދަރަނި އިތުރުވާ އިރު ދަރަނި އަދާކުރަން ސަރުކާރުން ހޭދަކުރާ ވަރު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މި އަހަރު ދައުލަތުން 5.7 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރާނެ އެވެ. އެންމެ ކައިރި މުސްތަގްބަލެއްގައި ދައުލަތުން ދަރަނި އަދާކުރަން އެންމެ ބޮޑު ހޭދަކުރާނީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދައުލަތުން ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރަން ޖެހޭނެ އެވެ.
10 މިލިއަން ރުފިޔާ ދަރަނި ދެއްކުން ފަސްކޮށްދީފައިވޭ
ދަރަނި ރިސްޓްރަކްޗާކުރަން މަޖިލީހުން ސަރުކާރަށް ލަފާދީފި
ރާއްޖެ އަށް ލޯނު ލިބެނީ ބޮޑު އިންޓަރެސްޓުގައި: ސައީދު
ދަރަންޏާ ބެހޭ ގޮތުން މަޝްވަރާކުރަން ތައްޔާރު: ޗައިނާ
އެމްޑީޕީން ހީކުރީ 3މަހުން ސަރުކާރު ބަނގުރޫޓުވާނެކަމަށް
ނަސީރު އަނެއްކާވެސް ފިނޭންސްމިނިސްޓަރުގެ އެޑްވައިޒަރަކަށް
މިއަހަރު ތިން ބިލިއަން ރުފިޔާގެ ލޯނު ނަގައިފި
ސިޔާމުގެ ލޯނަށް ގެރެންޓީ ނުދޭން ސަރުކާރުން ނިންމައިފި
ދައުލަތަށް ކާރު ގަންނަން 13 އަހަރުން 80 މިލިއަން
ފަހު 10ގައި ވަޒީފާއަށް ނުކުންނަ މީހުންނަށް އިނާޔަތެއް