23 އޯގަސްޓް 2022
ނ. އަތޮޅު ހޮސްޕިޓަލަށް އެކި ދާއިރާތަކުން ހާއްސަ ދިވެހި ޑޮކްޓަރުންނާއި 21 މެޑިކަލް އޮފިސަރުން ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
ނ. އަތޮޅު ހޮސްޕިޓަލަށް އެކި ދާއިރާތަކުން ހާއްސަ ދިވެހި ޑޮކްޓަރުންނާއި 21 މެޑިކަލް އޮފިސަރުން ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ވަނީ ހަ ދާއިރާއަކުން ހަތް ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން ބޭނުންވާ ކަމަށެވެ. އެއީ އެތެރެހަށީގެ ޑޮކްޓަރަކާއި ކަށީގެ ހާއްސަ ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރަކާއި އޮޕަރޭޝަން ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި އަދި އަންހެނުންގެ ހާއްސަ ދެ ޑޮކްޓަރުންނެވެ.
ނ. މަނަދޫގައި ހުންނަ އެ ހޮސްޕިޓަލާއި އެ އަތޮޅުގެ އެހެން ރަށްތަކުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަން 21 ސީނިއާ މެޑިކަލް އޮފިސަރުންނާއި އަދި މެޑިކަލް އޮފިސަރުން ހޯދަން ވެސް އިއްޔެ އިއުލާންކޮށްފައިވެ އެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން މި މަހު 29ގެ ކުރިން ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
މިދިޔަ ހަފުތާގައި ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ވެސް ދިވެހި ޑޮކްޓަރުން ހޯދަން އިއުލާންކޮށްފަ އެވެ.
ސްޕެޝަލިސްޓް ޑޮކްޓަރުން ލިބުން ދަތިވެ، ސަރުކާރުން މިދިޔަ ޖޫން މަހު ވަނީ ރާއްޖެ އަށް ކިއުބާ އިން 26 ޑޮކްޓަރުން ގެނެސްފަ އެވެ. އަދި އޭގެ ފަހުން ވެސް 100 އެއްހާ ބިދޭސީ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން ހޯދަން ވެސް ހެލްތު މިނިސްޓްރީން އިއުލާންކުރި އެވެ.
މަނަދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މަސައްކަތު މީހުން
މަނަދު އަށް ކޮވިޑް-19 ދިޔައީ ކިހިނެއް؟
ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގަވައިދެއް ހަދަން ލަފާދީފި
ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟
ނެފްރޮލޮޖިސްޓް ޑރ. ޝިހާމްގެ ތަޖުރިބާ
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ދިވެހި ޑޮކްޓަރުން ކާޑިއެކް ސެންޓަރު ހިންގަން ފަށަނީ