Roadha Mihaaru
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

18 އޯގަސްޓް 2022

މިދިޔަ އަހަރުގެ އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މިދިޔަ އަހަރުގެ އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ އޯލެވެލް އަދި އެސްއެސްސީގެ ނަތީޖާ މިއަދު 12:00 އިން ފަށައިގެން އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ލިބޭނެ ކަމަށެވެ.

އިމްތިހާނުގެ ނަތީޖާގައި މައްސަލައެއް އޮތް ކަމަށް ފެންނަ ނަމަ މި މަހުގެ 21 އިން ސެޕްޓެމްބަރު މަހުގެ 1 އާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށް ޑީޕީއީ އިން ބުންޏެވެ.

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 239 ސެންޓަރަކުން 5،900 ދަރިވަރުން ބައިވެރިވި އެވެ.

މި ފަހުން ރާއްޖޭގައި އޯލެވެލް އިމްތިހާނުތަކުގައި މަތީ ނަތީޖާ ހޯދާ ދަރިވަރުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ ވަނަތައް ހޯދާ ދަރިވަރުން ވެސް ގިނަ އެވެ.