18 އޯގަސްޓް 2022
ލިވަޕޫލް (އޯގަސްޓް 18) - މިދިޔަ ސީޒަންގައި އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ކްރިސްޓިއާނޯ ރޮނާލްޑޯ ބިމާލާ ޖެހި މައްސަލައިގައި ފުލުހުން އޭނާގެ ސަމާލުކަމަށް މައްސަލަ ގެނެސްފި އެވެ.
ލިވަޕޫލް (އޯގަސްޓް 18) - މިދިޔަ ސީޒަންގައި އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ކްރިސްޓިއާނޯ ރޮނާލްޑޯ ބިމާލާ ޖެހި މައްސަލައިގައި ފުލުހުން އޭނާގެ ސަމާލުކަމަށް މައްސަލަ ގެނެސްފި އެވެ.
މިދިޔަ އޭޕްރީލް މަހު އެވަޓަންގެ ސްޓޭޑިއަމްގައި މެންޗެސްޓާ ޔުނައިޓެޑާއި އެވަންޓަން ކުޅުނު މެޗުގައި ރޮނާލްޑޯ ދަނޑުން ފައިބައިގެން ޗޭންޖިން ރޫމަށް ދަމުން އޭނާ ވަނީ ބިންމަައްޗަށް ވެއްޓިފައި އޮތް ފޯނެއް ނަގައި ބިމާލާ ޖަހައިފަ އެވެ. އެ މަންޒަރުގެ ވީޑީއޯ އާއެކު ފުލުހަށް ހުށަހެޅުމުން މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން އޭގެ ދެ ދުވަސް ފަހުން އިއުލާން ކުރި އެވެ.
އެ މައްސަލަ އާ ގުޅިގެން މާސީ ސައިޑްގެ ޕޮލިސް ސެންޓަރަށް ހާޒިރުވެ ރޮނާލްޑޯގެ ކިބައިން ކަންކަން ސާފު ކޮށްފައިވާ ކަމަށާއި އަދި އެކަމުގައި ފުލުހުން ކުރިއަށްދާނެ ގޮތް އޭނާ އަށް ވެސް ސާފުކޮށްދީފައިވާ ކަމަށް ފުލހުން ބުންޏެވެ. އެކަމަކު ފުލުހަށް ހާޒިރުވި މީހާގެ ނަމެއް ފުލުހުން ނުބުނެ އެވެ.
"އަހަރެމެންނަށް ކަށަވަރު ކޮށްދެވޭނެ 37 އަހަރުގެ ފިރިހެނަކު އަމިއްލަ އަށް ފުލުހަށް ހާޒިރުވުމުން ކަންކަން ސާފުކޮށް އޮޅުން ފިލުވާފައިވާކަން. އެއީ އެއްޗަކަށް ގެއްލުން ދިން ކަމުގެ ތުހުމަތާ ގުޅިގެން،" މާސީ ސައިޑުގެ ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
"މި ތުހުމަތު ގުޅިފައިވަނީ އޭޕްރީލް މަހުގެ 9 ވަނަ ދުވަހު ގުޑިސަން ޕާކުގައި އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުޓްބޯޅަ މެޗަށް ފަހު ހިނގި ހާދިސާއަކާ ގުޅިގެން. ޝަރުތުތަކާ އެކު މިހާރު އެ މައްސަލަ ވަނީ ނިންމާލާފަ."
ޔުނައިޓެޑް އެ މެޗުން ބަލިވީ 1-0 ންނެވެ. އުމުރުން ހަގު ސަޕޯޓަރުގެ ފޯނަށް ގެއްލުން ދެވުމުން ރޮނާލްޑޯ ވަނީ ފަހުން އެކަމާ މާފަށް އެދިފަ އެވެ. އަދި ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި އިނދެ މެޗެއް ބަލާލަން ރޮނާލްޑޯ ވަނީ އެވަޓަންގެ ސަޕޯޓަރަށް ދައުވަތު ވެސް ދީފަ އެވެ.
ސަޕޯޓަރުގެ ފޯނު ހަލާކުކޮށްލި ރޮނާލްޑޯގެ މައްސަލަ ބަލަނީ
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް
ގަނާޗޯގެ މޮޅު ގޯލުން ރޮނާލްޑޯއާ އެއްފަދަ ކުރަނީ
ޓޮޓެންހަމުން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި
ރޮނާލްޑޯއަށް ޖާގަދޭން ބޭރުކުރި އަބޫބަކުރު ބެސިކްޓަސްއަށް
އެފްއޭކަޕް ގައި ވެސް ޔުނައިޓެޑްގެ ތަފާތަކަށްވީ ރަޝްފޯޑް
ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބޭރު ކޮށްލައިފި
"ޔުނައިޓެޑުން ވިސްނަނީ ކާމިޔާބަކަށް ނޫން، ފައިސާއަށް"
ކްލަބާއި ކޯޗަށް ރޮނާލްޑޯގެ ހޫނު ހަމަލާތަކެއް
ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ބަލިވެއްޖެ