17 އޯގަސްޓް 2022
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅާލައި ބޮޑުވަޒީރުގެ ބާރުވެރިކަމުގައި ސަރުކާރު ހިންގުމާ ދެކޮޅު ކަމަށް ވިދާޅުވެ، ނިޒާމީ ވޯޓުގައި ތާއީދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމަށް ކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ހާމަކުރައްވައިފި އެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅާލައި ބޮޑުވަޒީރުގެ ބާރުވެރިކަމުގައި ސަރުކާރު ހިންގުމާ ދެކޮޅު ކަމަށް ވިދާޅުވެ، ނިޒާމީ ވޯޓުގައި ތާއީދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމަށް ކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ހާމަކުރައްވައިފި އެވެ.
ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ. އެ އިސްލާހުތައް ގެނެސް ނިޒާމީ ވޯޓަކަށް ދާން ނަޝީދު ހުށަހަޅުއްވާ ގަރާރަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދެއް ނުކުރައްވަ އެވެ.
ނިޒާމުގެ މައްސަލައެއް އޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ނަޝީދުގެ ގަރާރު އަނބުރާ ގެންދަވަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސްގެ ނިންނެވުމަށް ތާއީދުކުރައްވައި ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ ރިޔާސީ ނިޒާމެއް އޮވެގެން ކަމަށެވެ. ރައީސާއި މަޖިލިސް މެމްބަރުން އެ ނިޒާމުގައި ހޮވަނީ ރައްޔިތުންގެ ވޯޓުންކަން ވެސް ފާހަގަކުރެއްވި އެވެ.
"ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިހާބު ކުރާ ފަރާތެއް ނޫނެވެ،" ގާސިމް ވިދާޅުވި އެވެ.
ޖޭޕީން ކުނޫޒުގައި ބޭއްވި "ތައްޔާރު" ޖަލްސާގައި ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު
ގާސިމް މީގެ ކުރިން ވެސް ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅު ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެ ނިޒާމަކީ ވަކި މީހަކު ވެރިކަމަށް އަންނަން ކުރައްވާ ކަމެއް ކަަމަށް ވިދާޅުވެ ނަޝީދަށް ފާޑުވިދާޅުވުން އަމާޒުކުރައްވާފައިވެ އެވެ.
ބަރުލަމާނީ ނިޒާމު ގެންނެވުމުގެ މަސައްކަތުގައި ގާސިމްގެ ތާއީދު ހޯއްދަވަން ނަޝީދު ބައްދަލުކުރެއްވި އެވެ. އެކަމަކު، އޭރު ވެސް ގާސިމްގެ ތާއީދު އޮތީ ބަރުލަމާނީއަށް ކަން އެމަނިކުފާނުގެ އަރިހުގައި ވިދާޅުވި ކަަމަށް ޖުމްހޫރީ ޕާޓީން ބުނެފައިވެ އެވެ.
ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުން ވެސް މިހާރު ވަނީ ދެން އޮތް ރިޔާސީ އިންތިހާބާ ދެމެދު ބަރުލަމާނީ ނިޒާމު ގެނައުމާ ދެކޮޅުކަމަށް ފާޅުގައި ވިދާޅުވެފަ އެވެ. ލީޑަރެއްގެ ގޮތުގައި، އެ އިންތިހާބުގެ ކުރިން އެ ނިޒާމަށް ބަދަލުވާން ވަކާލާތުކުރައްވަމުން އަންނަނީ ނަޝީދު އެކަންޏެވެ.
އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ހަރާބުވެފައިވާ ވެރިކަމުގެ ނިޒާމު ރަނގަޅު ކުރެވެން އޮތީ، ބަރުލަމާނީ ނިޒާމުގަ އެވެ. އެކަމަކު، އެހެން ލީޑަރުން ވިދާޅުވަމު ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ހަމަޖެހުމާއި އެކު ދެމިތިބެން ރިޔާސީ ނިޒާމް މާއެކަށީގެންވެ އެވެ.
އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުކުރާނެ
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ
ބަރުލަމާނީއަށް ތާއީދު ނުލިބޭނެ، އެކަން ހުއްޓާލާ:ގާސިމް
ނަޝީދާއި މައުމޫން އަދި ގާސިމަށް އިމްރާންގެ ނަސޭހަތެއް!
ނިޒާމް ބަދަލުކޮށް ބާރުތައް ބަހާނެ ވަގުތާ މެދު ސުވާލެއް
ބަރުލަމާނީ ގަރާރު އަވަސްކުރަން އެއްބަސްވެއްޖެ
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
އެހެން މީހަކަށް ވެރިކަން ލިބެން ނަޝީދު ބޭނުން ނުވާނެ
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!