16 އޯގަސްޓް 2022
ރާއްޖޭގެ ތިން ވަޒީރަކު، އުރީދޫ މޯލްޑިވްސް އިންތިޒާމު ކޮށްގެން ގަތަރުގެ ބައެއް މިނިސްޓްރީތަކުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި އެވެ.
ރާއްޖޭގެ ތިން ވަޒީރަކު، އުރީދޫ މޯލްޑިވްސް އިންތިޒާމު ކޮށްގެން ގަތަރުގެ ބައެއް މިނިސްޓްރީތަކުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި އެވެ.
ތިމާވެށި އަދި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި އާޓްސް، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެ މަޝްވަރާތަކަށް ދޯހާ އަށް ވަޑައިގަތީ އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ ދެއްވި ހާއްސަ ދައުވަތަކަށް ކަމަށް އުރީދޫން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.
އޭގެ ބޭނުމަކީ އުރީދޫން ބުނިގޮތުގައި، އެ ކުންފުނީގެ ތަސައްވުރާ އެއްގޮތަށް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް، އެކި ސިނާއަތްތައް ހިމެނޭ ގޮތަށް އާންމުންގެ ދިރިއުޅުން މުއްސަނދި ކުރުމަށް ކުރާ ކަންކަމާ ގުޅޭ ގޮތުން ގަތަރުގެ ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމެވެ.
ރާއްޖޭގެ ތިން ވަޒީރުން އަދި އެ ބޭފުޅުންގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުން ހިމެނޭ އެ ވަފުދުން ދޯހާގެ މުހިންމު ވުޒާރާތަކާއި މުއައްސަސާތަކާ މިހާރު ވަނީ ބައްދަލުކޮށްފަ އެވެ.
ރާއްޖޭގެ ޓީމުގައި ބައިވެރިވި މިނިސްޓަރުން ---ފޮޓޯ: އުރީދޫ
އެ ބައްދަލުވުންތަކުގައި ގަތަރުން ބައިވެރިވެވަޑައިގަތީ އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރާއި އެންވަޔަރުމެންޓް މިނިސްޓަރާއި ކޮމިއުނިކޭޝަން މިނިސްޓަރު އަދި ހެރިޓޭޖް މިނިސްޓަރެވެ. އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އަދި ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އުރީދޫ މޯލްޑިވްސްގެ މެނޭޖުމެންޓް ޓީމު ވެސް އެ ދަތުރުގައި ބައިވެރިވި އެވެ.
އުރީދޫއިން އިސްވެ ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވި ޓީމުން ގަތަރުގެ ލައިބްރަރީއަށް ޒިޔާރަތްކުރައްވަނީ ---ފޮޓޯ: އުރީދޫ
އުރީދޫން ބުނީ، ރާއްޖޭގެ ގައުމީ ލައިބްރަރީގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޝްވަރާ ކުރުމަށް ގަތަރު ފައުންޑޭޝާނާއި އެހެނިހެން މުއައްސަސާތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް އެ ކުންފުނިން މެދުވެރިވެގެން ދިވެހި ވަފުދަށް ފަހިކޮށްދިން ކަމަށެވެ.
ގަތަރުގެ ގައުމީ ދާރުލްއާސާރާއި ކަތާރާ ކަލްޗަރަލް ވިލެޖާއި އާޓް ގެލަރީ އާއި ވޯކްޝޮޕްތަކާއި މައުރަޒުތައް ބާއްވާ ތަންތަނާއި ޕާފޯމަންސް އެރީނާތަކުގެ އިތުރުން އެހެނިހެން ސަގާފީ ދާރުލްއާސާރުތަކަށް އެ ވަފުދު ޒިޔާރަތް ކުރި އެވެ.
އުރީީދޫން ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ގަތަރާއި ދިވެހިންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުމަށް، ހިޔާލު ބަދަލުކޮށް، ގަތަރާއެކު ޕާޓްނަޝިޕްތަކެއް ގާއިމުކުރުމެވެ.
ގަތަރުން އުރީދޫއާއެކު ކުރާ މަސައްކަތްތައް ހަރުދަނާކުރަނީ
ވޯލްޑް ކަޕް ސެމީ ބަލަން ލިބޭ ލަކީޑްރޯ މިމަހު ހަމަވާނެ
ރާއްޖޭގެ އުރީދޫ ނުހުއްޓޭނެ: ހޯމް މިނިސްޓަރު
އަންނަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ "ފަން ރަން" ލ. ގަމުގައި ބާއްވަނީ
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
ޒަމީރު، ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ގަތަރަށް