13 އޯގަސްޓް 2022
އިންސްޓަގްރާމުން ފެންނަ ހުނަރުވެރި މޭކަޕް އާޓިސްޓުންގެ ތެރެއިން "ސަޖޫ ބިއުޓީ ރީޑިފައިން" ހާއްސަ އެވެ. އެ ޕޭޖުގެ މޭސްތިރިޔާ ނުވަތަ އާޓިސްޓް، ހަދީޖާ ސަޖްނާ ލޯހުޅުވިފައި ވަނީ ހަމައެކަނި މޭކަޕްގެ ފަންނަކަށް ނޫނެވެ. ރާއްޖޭގެ ގިނަ މޭކަޕް އާޓިސްޓުންނާ ހިލާފަށް އޭނާ ވަނީ ސްކިން ކެއާއާ ގުޅުން ހުރި ގިނަ ކަންތައްތައް ވެސް ދަސްކޮށްފަ އެވެ.
އިންސްޓަގްރާމުން ފެންނަ ހުނަރުވެރި މޭކަޕް އާޓިސްޓުންގެ ތެރެއިން "ސަޖޫ ބިއުޓީ ރީޑިފައިން" ހާއްސަ އެވެ. އެ ޕޭޖުގެ މޭސްތިރިޔާ ނުވަތަ އާޓިސްޓް، ހަދީޖާ ސަޖްނާ ލޯހުޅުވިފައި ވަނީ ހަމައެކަނި މޭކަޕްގެ ފަންނަކަށް ނޫނެވެ. ރާއްޖޭގެ ގިނަ މޭކަޕް އާޓިސްޓުންނާ ހިލާފަށް އޭނާ ވަނީ ސްކިން ކެއާއާ ގުޅުން ހުރި ގިނަ ކަންތައްތައް ވެސް ދަސްކޮށްފަ އެވެ.
އޭނާ ކިޔައިދިން ގޮތުގައި މޭކަޕްގެ ފުރިހަމަކަން ފެންނާނީ ހަންގަނޑު ރީތިވެގެންނެވެ. އެހެންވެ އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ހަންގަނޑު ރީތިކޮށް ބަހައްޓަންކަން އޭނާ ފާހަގަކުރި އެވެ.
"ސަޖޫ ފުރަތަމަ އިންޓްރެސްޓް ވެސް އުފެދުނީ ސްކިންކެއާ އާއި ބިއުޓީ އަށް. ބޭނުންވީ ހަންގަނޑު ރީތިކޮށް ބެހެއްޓޭނެ ގޮތްތައް ހޯދަން،" މޭކަޕަށް ވަދެވުނު ގޮތް ސަޖޫ ކިޔައިދިނެވެ.
ސަޖޫ، މޮޑެލްއެއްގެ މޭކަޕެއް ކުރަނީ. އެކި ކަހަލަ ތަފާތު މޭކަޕުތައް އޭނާ ހުނަރުވެރި. -- ފޮޓޯ: ސަޖޫ
ސަޖޫ ބުނީ ސްކިން ކެއާ އަށް ޝައުގުވެރިކަން އުފެދިގެން އެންމެ ކުޑައިރުން ފެށިގެން ވެސް ގޭގައި އެކި ކަހަލަ ފޭސްކް މާސްކްތައް ތައްޔާރުކޮށް ހެދި ކަމަށެވެ. މި ދާއިރާ އިން ކޯހެއް ހެދީ އެކަމަށް އުފެދުނު ލޯތްބެއްގެ ބޮޑުކަމުން ކަމަށް ސަޖޫ ބުންޏެވެ.
އޭނާ މިހާރު އަންނަނީ ތަފާތު ގޮތްގޮތަށް ހިދުމަތް ފުޅާކުރަމުންނެވެ. ގޭގެއަށް ގޮސް ފޭޝަލްގެ ހިދުމަތްތައް ދިނުމާއި ހަމުގެ އެކި ކަހަލަ މައްސަލަތައް ހުންނަ މީހުންނަށް ޓްރީޓްމަންޓްތައް ވެސް ދެ އެވެ.
ވަކި އަދަދަކަށް ބުކިން ލިބުމުން ރަށްރަށުގައި ވެސް އޭނާ ހިދުމަތް ދެ އެވެ.
ސަޖޫ ބުނީ ރަށްރަށަށް ދަނީ "ޕްރީ ބުކިން"ގެ ގޮތުގައި 10 ވަރަކަށް ބުކިން ލިބުމުން ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުން ވަރަށް ތަރުހީބު ބޮޑު ކަމަށެވެ.
ސަޖޫ ފޭޝަލްއެއް ހަދައިދެނީ: ބިއުޓީ އިންޑަސްޓްރީގެ ކުރީ ސަފުގައި ސަޖޫ ގުނާލެވޭ. ފޮޓޯ | ސަޖޫ
ފޭޝަލްގެ އިތުރުން ހޯމް ވިޒިޓިން ސާވިސްގައި، ފުޓް މަސާޖާއި، އެކި ވައްތަރުގެ ބޮޑީ މަސާޖުގެ ހިދުމަތް ވެސް ސަޖޫ ދެ އެވެ. ގޭގެއަށް ގޮސް އެފަދަ ހިދުމަތްތައް ދިނުމަކީ ރާއްޖޭގައި އެހާ ފުޅާވެފައި އޮތް ކަމެއް ނޫނެވެ.
ސަޖޫ ބުނި ގޮތުގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށް ފަސޭހަކޮށް، އެ މީހަކު އެންމެ ކޮމްފޮޓޮބަލް ތަނެއްގައި ހިދުމަތް ދިނުމަށެވެ.
ރާއްޖޭގެ އެންމެ ކުރީ ސަފުގައި ވާދަކުރާ ސަޖޫގެ ހުނަރުވެރިކަން ގިނަ ބައަކަށް ފެނުނީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގަ އެވެ. އެ ޝޯގެ އެކި ފަންނާނުން، ސަޖޫގެ ފަންނީ ފިހިން ވަނީ ރީތި ކޮށްދީފަ އެވެ.
އޭނާއަށް އެންމެ ޑިމާންޑް ބޮޑީ ޕާޓީތަކަށް ބޭނުންވާ "ގްލެމް" މޭކަޕަށެވެ. ބްރައިޑަލް މޭކަޕަށް ވެސް ވަރަށް ޑިމާންޑު އޮންނަ ކަމަށާއި އާއްމުކޮށް ލިބެނީ "ސޮފްޓް" ލުކްތަކެއް ގެނެސްދިނުމަށް ކަމަށް ވެސް ސަޖޫ ބުންޏެވެ.
ސަޖޫ މޮޑެލްއެއްގެ މޭކަޕެއް ކުރަނީ. ސޮފްޓް ގްލެމް ރީތި މޭކަޕުތަކެއް ސަޖޫ ކުރޭ. ފޮޓޯ: ސަޖޫ
ސަޖޫއަށް މޭކަޕުގެ ދާއިރާގައި އޭނާގެ ހުނަރުވެރިކަން ދައްކަން އެންމެ ބޮޑަށް ލިބެނީ ފޮޓޯ ޝޫޓުތަކުގަ އެވެ. ކޮންމެ ޝޫޓަކީ ވެސް އަމިއްލަ ހުނަރު އިތުރަށް ތަރައްގީ ކޮށް، ތަފާތު ލުކްތަކެއް ގެނެސްދިނުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ސަޖޫ ސިފަކުރެ އެވެ.
އޭނާ ބުނީ އަބަދުވެސް އޭނާގެ ކްލަޔަންޓުންނަށް ސްކިން ކެއާ ޓިޕްސް ކޮންމެވެސް ވަރަކަށް ހިއްސާ ކުރާ ކަމަށެވެ. މޫނު ހަންގަނޑު ރީތިކޮށް ބަހައްޓަން ގަވައިދުން ކުރަން ޖެހޭ ކަމަކީ ސަޖޫ ބުނި ގޮތުގައި ނިދުމުގެ ކުރިން މޫނު ދޮވުމާއި، ދުވާލުގެ ވަގުތުގައި ބޭރަށް ދާއިރު ސަންސްކްރީން ބޭނުން ކުރުމެވެ.
ސަޖޫ ކޮށްފައިވާ މޭކަޕެއް: ވެޑިންތަކަށް ކްލަޔަންޓުން އެދޭ އެކި ކަހަލަ މޭކަޕުތައް ސަޖޫ ކޮށްދޭ. ފޮޓޯ: ސަޖޫ
އޭނާ ގަބޫލުކުރާ ގޮތުގައި މޭކަޕުން ހަމުގެ ރީތި ކަން ފެންނާނީ ހަމަށް ދޭންވާ ސަމާލުކަމާއި ލޯބި ދީގެންނެވެ. އެކަމަށް މީހުން ހޭލުންތެރިކޮށް، މޭކަޕް އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ގެންގޮސް އާ މާނައެއް ހޯދާދީ "ރީ ޑިފައިން" ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ސަޖޫ ބުންޏެވެ.
ބިޝާ:މޭކަޕް ކުރުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް
ވަހީދުބެ: އުމްރާވެރިންގެ ދިވެހި "މާސްޓަޝެފް"
އީރާން-އިރާގު ހަނގުރާމައިގެ ބޮމަކުން ސަލާމަތްވި މީހާ
ގެއްލުނީ އެއް ފައި، ހާލުގައިޖެއްސި ބަޔަކު ވެސް ނޭނގެ
ވިޔަފާރި ދަސްކުރަން އަރަންވީ ނައީމްބެގެ ބޯޓަށް
އެތައް ބައެއްގެ ހިތްވަރަކަށް ވި ފަސް މީހުން
ޑރ. ނާއިފާއަށް ކުރި އިތުބާރުން ހުޅުވި ކްލިނިކް
ހޯމްސިކް އިހުސާސްތަކުން އުފެއްދި ފެންކުލައިގެ ބަގީޗާ
ސަމީއުބެ މަސްކެއްކުމުގައި ބައިގަރުނު
މިއީ ބައިބަލާގެ ރަސްގެފާނު: ފަސޭހައިން އަތެއް ނުޖެހޭނެ