11 އޯގަސްޓް 2022
އެސްޓީއޯ އިން އެކި ރަށްރަށަށް ހާއްސަ ކޮށްގެން"ނިޕޯން މޭޓެކް" ކުލަ މިއަދު ތައާރަފުކޮށްފި އެވެ.
އެސްޓީއޯ އިން އެކި ރަށްރަށަށް ހާއްސަ ކޮށްގެން"ނިޕޯން މޭޓެކް" ކުލަ މިއަދު ތައާރަފުކޮށްފި އެވެ.
އެ ކުންފުނިން ބުނީ، ރަށްރަށަށް އެ ކުލަ ހާއްސަ ކޮށްފައި ވަނީ އެއީ ކުރިން ހުރި ނިޕޯން ޕެއިންޓާ ހިލާފަށް ވަގުތުން ބޭނުން ކުރެވޭ ކުލައަކަށް ވާތީ ކަމަށެވެ. އާއްމުކޮށް މާކެޓުގައި ހުންނަ ކުލައަކީ "ބޭސް"އަކާ އެއްކޮށް ތައްޔާރު ކުރަންޖެހޭ ދަވާދަށް ވުމުން، ރަށްރަށުން އެ ހުސްވެ، ދަވާދު ތައްޔާރު ނުކުރެވި ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ އަލަށް ތައާރަފު ކުރި "ނިޕޯން މޭޓެކް" އަކީ ހަތް ލިޓަރާއި 20 ލީޓަރު ޕެކިންގައި ލިބެން ހުރި ކުލަތަކެކެވެ. އަދި އެއީ މިކްސް ކުރަން ނުޖެހޭ، ވަގުތު ސަލާމަތް ކޮށްދޭ ކުލައެއް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. އެއީ ސިމެންތި، ކޮންކްރީޓް، ސީލިންގް، ޕްލަސްޓާ ވޯލް ފަދަ ތަންތަނުގައި ފަސޭހައިން ލެވޭ ކުލައެކެވެ.
އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ހުސެއިން އަމްރު މުހައްމަދު ރަޝާދު އާއި ނިޕޮން ޕެއިންޓު ބިޒްނަސް ޑިވަލޮޕްމެންޓު އެންޑް އެކްސްޕޯޓްސްގެ ސީނިއާ މެނޭޖަރު ހެންރީ އެންގް. ފޮޓޯ: އެސްޓީއޯ
"ނިޕޮން މެޓެކްސް" ޕެއިންޓު މާކެޓަށް ތައާރަފު ކުރުމަށް އެސްޓީއޯއިން ބޭއްވި ރަސްމިއްޔާތުގައި އެ ޕެއިންޓު ކޮށްދެއްވީ އެ ކުުންފުނީގެ އެމްޑީ އަދި ސީއީއޯ ހުސެއިން އަމްރު އާއި ނިޕޮން ޕެއިންޓު ބިޒްނަސް ޑިވެލޮޕްމެންޓު އެންޑް އެކްސްޕޯޓްސްގެ ސީނިއާ މެނޭޖަރު ހެންރީ އެންގްއެވެ.
އެ ރަސްމިއްޔާތުުގައި އަމްރު ވިދާޅުވީ، އެއީ ބޭނުން ކުރަން ފަސޭހަ، މޮޅު އަދި މި ވަގުތު އެ ކުންފުނިން ވިއްކާ އެހެން ކުލަތަކަށް ވުރެ ހެޔޮ އަގުގައި ލިބޭނެ އުފެއްދުމެއް ކަމަށެވެ. އަދި ރަށްރަށުގައި، ހާއްސަކޮށް ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ކުލައެއް ކަމަށް އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރީތި، ގިނަ ކުލަތަކެއް ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
އެ ޕެއިންޓުގައި ހުންނާނީ މެޓް ފިނިޝްއެކެވެ. އެ ޕެއިންޓަކީ ވޯޓާ-ބޭސްޑް، އެއްވެސް ލެޑް އަދި މާކިއުރީ އެއް ނުލާ އުފައްދަފައިވާ ޕެއިންޓްއެކެވެ.
ނިޕޯން ބްރޭންޑުގެ ކުލަ އާއި ދަވާދު ވެލިގާއަށް
އެސްޓީއޯ ނިޕޯން ޕްރޮމޯޝަނުގައި ސައިކަލެއް ދެނީ
ނިޕޯން ޕެއިންޓް ގަނެގެން ދުބާއީ ޓިކެޓު ހޯދުމުގެ ފުރުސަތު
ކުލަ ލުމުގެ ޚިދުމަތް އެސްޓީއޯ އިން ފަށައިފި
ނިޕޯން ޕެއިންޓުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި
ނިޕޯން ޕެއިންޓުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އާޝާން
ތެލުގެ ކޮރަޕްޝަނާ ގުޅިގެން ބޭއްވި ކޮމެޓީ ސިއްރުކޮށްފި
އެސްޓީއޯ ރޭޓުން އިތުރު 4 ތަނަކުން ތެޔޮ ދޭން ފަށަނީ
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ