Roadha Mihaaru
ނިޕޯން ޕެއިންޓް ގަނެގެން ދުބާއީ ޓިކެޓު ހޯދުމުގެ ފުރުސަތު

ނިޕޯން ޕެއިންޓް ގަނެގެން ދުބާއީ ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތު

12 ޑިސެމްބަރ 2021

އެސްޓީއޯ އިން އަހަރު ނިންމާލުމުގެ ގޮތުން، ނިޕޯން ޕެއިންޓުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އިން އަހަރު ނިންމާލުމުގެ ގޮތުން، ނިޕޯން ޕެއިންޓުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

"އެކުލަ މިކުލަ" ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ހުޅުމާލެ ފިހާރައިގަ އެވެ. ޕްރޮމޯޝަނުގެ މުއްދަތުގައި ނިޕޯން ޕެއިންޓުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި 500ރ. އިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ އެވެ. ކޫޕަން ހުށަހަޅާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހަކަށް ދުބާއީގެ ދެކޮޅު ޓިކެޓު، އެސްޓީއޯއިން ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ކޮންމެ ހަފުތާއަކު ހޮވާލެވޭ ނަސީިވެރިއަކަށް އެސްޓީއޯގެ ގިފްޓް ހެމްޕާއެއް ވެސް ލިބޭނެ އެވެ.

ނިޕޯން ޕެއިންޓަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ މޮޅު ބްރޭންޑެކެވެ. އެސްޓީއޯއަކީ މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.