17 އޮކްޓޯބަރ 2017
އަންނަ ޑިސެމްބަރު މަހު ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް (އެމްއައިއެފް)ގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.
އަންނަ ޑިސެމްބަރު މަހު ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް (އެމްއައިއެފް)ގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.
އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެއްސުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް މުސްލިހު މަސީހެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރުގެ ނައިބު އާދަމް ތައުފީގެވެ.
ރާއްޖެ އަށް އިންވެސްޓަރުން ހޯދަން މި އަހަރު ގަތަރުގައި ބާއްވަން ހަމަޖެއްސި އިންވެސްޓްމަންޓް ފޯރަމް އިކޮނޮމިކް މިނިސްޓްރީން ޔޫއޭއީ އަށް ބަދަލުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
އެއީ ރާއްޖޭގެ ވިޔަފާރި އާއި އިގުތިސާދު އިތުރަށް ފުޅާކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ދުނިޔޭގެ އިންވެސްޓްމަންޓް ކޮމިއުނިޓީއާ ހިއްސާކުރުމަށާއި ދިވެހި ވިޔަފާރިވެރިންނާއި ބޭރުގެ ވިޔަފާރިވެރިންނާ ގުޅުވައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރަމެކެވެ.
މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ތިން އިންވެސްޓްމަންޓް ފޯރަމެއް ބާއްވައިފަ އެވެ.
މިިދިޔަ އަހަރު އިންޑިއާގެ ދިއްލީގައި އެ ފޯރަމް ބޭއްވިއިރު އޭގެ ކުރިން 2015 ވަނަ އަހަރު ފޯރަމް ބޭއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގަ އެވެ. އަދި 2014 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި ރާއްޖެއިން ތެޔޮ ހޯދުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫއަކަށް ބޭރުގެ އިންވެސްޓަރަކު ކުރިމަތިލާފައެއް ނުވެ އެވެ.
އެމްއައިއެފްގައި 350 މީހުން ބައިވެރިވެއްޖެ
އިތުރު އިންވެސްޓްމެންޓުތައް ބޭނުން، ފައިދާވާނެ: ސައީދު
ތަރައްގީގެ ރާސްތާ ވަރަށް އުޖާލާ: ނައިބު ރައީސް
އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ފަށައިފި
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ
"ރިވެލި" ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި
"ރަސްމާލެ" އިން އިންގިލާބީ ތަރައްގީ ފެންނާނެ:ރައީސް
ތަރައްގީ ހޯދަން ޔޫއޭއީގެ ތަޖުރިބާ ބޭނުންކުރާނެ: ރައީސް
ޔޫއޭއީ، ތައިލެންޑަށް އާސަންދަ ފުޅާކުރަން ތައްޔާރުވަނީ