Roadha Mihaaru
ނިޕޯން ޕެއިންޓުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

"ނިޕޯން ޕެއިންޓް ކަލާ ފިއެސްޓާ" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި

11 ސެޕްޓެމްބަރ 2017

"ނިޕޯން ޕެއިންޓް ކަލަ ފިއެސްޓަ"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން މިއަދު ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

"ނިޕޯން ޕެއިންޓް ކަލަ ފިއެސްޓަ"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން މިއަދު ފަށައިފި އެވެ.

އަންނަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ނިޕޯން ޕެއިންޓްގެ އުފެއްދުންތަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ޕްރޮމޯޝަނުގައި 1،500ރ. ގެ ވިޔަފާރި ކުރުމުން ވަގުތުން އިނާމު ލިބޭ ކޫޕަނެއް ލިބޭނެ އެވެ. އަދި 5،000ރ. ގެ ވިޔަފާރި ކުރުމުން ނިޕޯންގެ "އެކްސްސަރީސް ގިފްޓް ހޭމްޕާ" އެއް ލިބެ އެވެ.

ޕްރޮމޯޝަނުގައި ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ.

ޕްރޮމޯޝަނުގައި ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ.

އެސްޓީއޯ އިން ބުނިގޮތުގައި އެ އިނާމުތަކުގެ އިތުރުން ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރިއަކު ހޮވައި އިނާމު ދޭނެ އެވެ. އެއްވަނަ އަށް ހޮވޭ މީހަކަށް 25،000ރ. ގެ ވައުޗަރެއް އަދި ދެ ވަނަ ނަސީބުވެރިއަކަށް 15،000ރ. ގެ ވައުޗަރެއްގެ އިތުރުން ތިން ވަނަ އަށް ހޮވޭ މީހަކަށް 8،000 ރ.ގެ ވައުޗަރެއް ދޭނެ އެވެ.

އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ނިޕޯން ޕެއިންޓްގެ އާ ޕްރޮޑަކްޓް މޮޒީ ގާޑް މާކެޓަށް ނެރުމަށް ހަމަޖެހިފައިވަނީ ވެސް މި ޕްރޮމޯޝަނުގެ ތެރެއިން ކަމަށް އެސްޓީއޯ އިން ބުންޏެވެ.