11 އޯގަސްޓް 2022
ހެލްސިންކީ (އޮގަސްޓް 11) - ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓްގެ މައްޗަށް 2-0 މޮޅުވެ ރެއާލް މެޑްރިޑުން ފަސްވަނަ ފަހަރަށް ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.
ހެލްސިންކީ (އޮގަސްޓް 11) - ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓްގެ މައްޗަށް 2-0 މޮޅުވެ ރެއާލް މެޑްރިޑުން ފަސްވަނަ ފަހަރަށް ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.
ރެއާލްގެ މި ކާމިޔާބީއާ އެކު އެޓީމު ވަނީ، ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެ ޓީމުގެ ކުރީގެ ވާދަވެރިޔާ އޭސީ މިލާނާއި ޑޮނެސްޓިކް ވާދަވެރި ބާސެލޯނާއާ އެއްވަރު ކޮށްފަ އެވެ. މިލާން އަދި ބާސާ ވެސް ވަނަީ ފަސް ފަހަރަށް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.
އަދި މިއީ ރެއާލުން ކޯޗު ކާލޯ އަންޗެލޮޓީ އާއެކު ސުޕަ ކަޕް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އަންޗެލޮޓީ ވަނީ ރެއާލާ އެކު 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށް، ޖެހިގެން އައި އަހަރުގެ ސުޕަ ކަޕް ހޯދައި ދީފަ އެވެ. އޭނާ ވަނީ މީގެ ކުރިން އޭސީ މިލާނާ އެކު ކުޅުންތެރިއެއްގެ ގޮތުގައި ދެ ފަހަރު، އަދި ކޯޗެއްގެ ގޮތުގައި ވެސް ދެ ފަހަރު ސުޕަ ކަޕް ހޯދައިފަ އެވެ.
ރެއާލް އިން މެޗުގައި ލީޑު ނެގީ 37 ވަނަ މިނިޓުގައި ޑިފެންޑަރު ޑޭވިޑް އަލަބާ ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ ފޮނުވާލި ހަމަލާއެއް ފްރޭންކްފާޓުގެ ގޯލްކީޕަރު ކެވިން ޓްރެޕް ދިފާއު ކުރުމުން ލިބުނު ކޯނަރެއްގަ އެވެ. ކޯނަރުން ހުރަސްވި ބޯޅަ ކެޕްޓަން ކަރީމް ބެންޒެމާ ބޮލުން ފޮނުވާލުމުން ގޯލް ކިކަކަށް ބޭރު ވުމުގެ ކުރިން ކާލޯސް ކަސެމީރޯ އެ ބޯޅަ ބޮލުން ގޯލު ކުރިމައްޗަށް ޖައްސާލުމާ އެކު އަލަބާ ވަނީ މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ރެއާލްގެ ދެ ލަނޑު ޖަހައިދިން ބެންޒެމާ އާއި އަލަބާ.-- ފޮޓޯ: އޭއެފްޕީ
ރެއާލުން ލީޑު ނެގުމުގެ ކުރިން ވެސް ވިނީޝިއުސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އެޓީމުގެ ފެޑެރީކޯ ވެލްވާޑޭ ހުރަސް ކޮށްދިން ބޯޅައެއް ބެންޒެމާ ޖައްސާލުމުން ވިނީޝިއުސް ގޯލަށް ފޮނުވާލުމުން ކީޕަރު ބީޓު ވެފައި ގޯލަށް ވަންނަން ދިޔަ ބޯޅަ ދިފާއު ކުރީ ފްރެންކްފާޓްގެ ޑިފެންޑަރު ޓޫޓާ އެވެ. އޭގެ ކުރިން ފްރޭންކްފާޓުގެ ޖަޕާނު މިޑްފީލްޑަރު ޑައިޗީ ކަމާރާ އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ހަމަލާ، ކީޕަރު ތިބައު ކޯޓުއާ ވަނީ ދިފާއު ކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ބެންޒެމާ އަށް ވެސް ވަނީ ލީޑު ފުޅާ ކުރަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޓޯނީ ކްރޫޒް ހުސްކޮށްލާފައި ދިން ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
ފަހު ހާފުގައި ރެއާލް އިން ލީޑު ފުޅާ ކުރީ ވިނީޝިއުސް ދިން ބޯޅައަކުން ބެންޒެމާ އެވެ. ފާލަންޑް މެންޑީ އަރިމަތިން ވިނީޝިއުސް އަށް ދިން ބޯޅަ ހިފައިގެން އޭނާ ވަނީ ކުރިއަށް އަރައި ޖާގަ ހޯދައި އޭރިއާ ތެރެއިން ހުސްވި ބެންޒެމާ އަށް ޖައްސާލައިފަ އެވެ. ބެންޒެމާ ވަނީ އެއް ފަހަރުން އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. އޭގެ ކުރިން ވިނީޝިއުސް ފޮނުވާލި ހަމަލާއެއް ފްރޭންކްފާޓުގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.
މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނި ގޮތަށް ރެއާލުން މި މެޗު ފެށީ، މިއަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ވެސް ކުޅުވި ފުރަތަމަ 11 ގެ ކުޅުންތެރިންނާ އެކު އެވެ. އެ މެޗުގައި ބަދަލަށް އެރުވި ރޮޑްރިގޯ އާއި ޑެނީ ސެބާޔޯސް އަދި އެޑުއާޑޯ ކަމަވިންގާގެ އިތުރުން، މިރޭގެ މެޗުގައި އަންޗެލޮޓީ ވަނީ އެޓީމާ އަލަށް ގުޅުނު އެންޓޯނިއޯ ރުޑިގާ އާއި އޮރޭލިއަން ޗުއަމެނީ ކުޅެން އަރުވައިފަ އެވެ.
ރެއާލް އިން ސްޕެނިޝް ލީގުގައި އެޓީމުގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ޔޫޑީ އަލްމޭރިއާއާ ދެކޮޅަށް ނުކުންނާނެ އެވެ. ޖަރުމަން ބުންޑެސްލިގާގެ ކުޅުން ފަށައިފައި ވާއިރު، މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގު ޗެމްޕިއަންކަން ހޯދި އެއިންޓްރަކްޓް ފްރޭންކްފާޓް ވަނީ ފުރަތަމަ މެޗުގައި ބެޔާން މިއުނިކް އަތުން ބޮޑު ތަފާތަކުން ބަލި ވެފަ އެވެ. އޭގެ ކުރިން އެޓީމު ވަނީ ޖަރުމަން ކަޕުގެ ފުރަތަމަ މެޗުގައި ދެވަނަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި މަގްޑިބާޑް ބަލި ކޮށްފަ އެވެ.
ސުޕަ ކަޕްގެ ތައްޓާއެކު އެމްބާޕޭއަށް ހުވަފެނީ ފެށުމެއް
ސައުދީގެ ބިޔަ ހުށަހެޅުންތަކުން ރެއާލަށް ބިރެއް ނެތް
ހަ މުބާރާތް ކާމިޔާބުކުރަން ރެއާލަށް އުނދަގޫ ވާނެ
އެމްބާޕޭ ރައްދު ދިނީ "ވަރަށް ނުރައްކާ"ކޮށް
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެއަށް: އަންޗެލޮޓީ
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
ބެލިންހަމް ފޯނު ނުނަގައިގެން އަންޗެލޮޓީ ރުޅިގަދަވެއްޖެ
ރެއާލުން ނިންމީ އަންޗެލޮޓީ ވާހަކަ ދެއްކި ގޮތާ ހިލާފަށް
ނިންމުން ބަދަލުކުރަން ކްރޫޒަށް އަންޗެލޮޓީގެ އިލްތިމާސް