10 އޯގަސްޓް 2022
އައްޑޫގައި އެމްއައި ކޮލެޖުން ހިންގާ ސްކޫލް އޮފް އެގްރިކަލްޗާގައި ގާޑެނިންގެ ފުރަތަމަ ކޯސް ފަށައިފި އެވެ.
އައްޑޫގައި އެމްއައި ކޮލެޖުން ހިންގާ ސްކޫލް އޮފް އެގްރިކަލްޗާގައި ގާޑެނިންގެ ފުރަތަމަ ކޯސް ފަށައިފި އެވެ.
ސެޓްފިކެޓް ލެވަލް 3 ގެ މި ކޯސް ފައްޓަވައިދެއްވީ މިއާންޒް އެޑިޔުކޭޝަންގެ ޗެއާމަން އަހުމަދު މޮޓާކީ އާއި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ހަލީމެވެ.މި ރަސްމިއްޔާތުގައި އެމްއައި ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލްހާދީ ވަނީ ކޯހުގެ ދަރިވަރުންނާ ވާހަކަ ދައްކަވައިފަ އެވެ.
ގާޑެނިން ކޯހުގެ ފުރަތަމަ ބެޗުގެ ކިޔެވުން މިހާރު ވަނީ ފަށާފައި. -- ފޮޓޯ: އެމްއައި ކޮލެޖް
އެމްއައި ކޮލެޖުން ބޭއްވި ރަސްމިއްޔާތުގައި، އެ ކޮލެޖުގެ ދަށުން ހިންގާ މިއާންޒް އިންޓަނޭޝަނަލް ސްކޫލުގެ ކަރިކިއުލަމަށް ގާޑަނިންއާ ގުޅޭ ބައެއް ވަނީ ތައާރަފް ކޮށްފަ އެވެ. އަދި ދެ ބަޔަކަށް ކުރިއަށް ގެންދާ "ޕްލާންޓް ގާޑިއަންޝިޕް" ޕްރޮގުރާމެއް ވެސް ވަނީ ފަށައިފަ އެވެ.
އެ ޕްރޮގުރާމުގެ ދަށުން އެ ސްކޫލުގެ 10 ދަރިވަރަކަށް ދޭ ގާޑިއަން އެވޯޑުގެ ދަށުން އެ ދަރިވަރުންގެ ބެލެހެއްޓުމަށް ގަހެއް ދީފައިވެ އެވެ. އެ ޕްރޮގުރާމުގެ މަގުސަދަކީ ކުޑައިރުން ފެށިގެން ދަނޑުވެރިކަމަށް ދަރިވަރުން އަހުލުވެރި ކުރުވުން ކަމަށް އެމްއައި ކޮލެޖުން ބުންޏެވެ. އެމްއައި ކޮލެޖުން ބުނީ އެ ޕްރޮގުރާމުގެ ފުރަތަމަ ފޭސްގައި ދަރިވަރުންނަށް ގަސް އިންދާ ބެލެހެއްޓުމުގެ އާއްމު ގިނަ މައުލޫމަތު ލިބޭނެ ކަމަށެވެ. އަދި ދެ ވަނަ ފޭސްގައި އިތުރު ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުން ބުނީ އެ ފަދަ ޕްރޮގުރާމެއް ސްކޫލު ކުދިންގެ މެދުގައި ހިންގުމުން، ކޮލެޖު ލެވެލް އަށް އަންނަ އިރު ފަހިކޮށްދީފައިވާ ފުރުސަތުތަކުގައި ބައިވެރިވާނެ ކުދިން އިތުރުވެގެން ދާނެ ކަމަށެވެ. އެމް އައި ކޮލެޖުން ރާއްޖޭގައި ދަނޑުވެރިކަން އާލާ ކުރާނެ ދަރިވަރުންތަކެއް ބިނާ ކުރުމަށްޓަކައި ސްކޫލް އޮފް އެގްރިކަލްޗާ ފަށާފައި ވަނީ މި ދިޔަ އަހަރު އެވެ.
މިއަދު ވިސްނަންވީ ހަރަދު ކުޑަކުރަން: ފައިސަލް
އެންމެ މޮޅު އެގްރިކަލްޗާ ދަރިވަރުންނަށް އެވޯޑު ދީފި
މައި ކޮލެޖުން ލ. ގަމުގައި ބެޑްމިންޓަން މުބާރާތެއް
ބިޒްނަސް އެކްސެލެންސްގެ 6 އެވޯޑެއް އެމްއައި ކޮލެޖަށް
އާ ފުރުސަތުތައް ހޯދަން އެމްއައި ކޮލެޖުން ބަންގްލަދޭޝަށް
މާލޭ ގޭގައި ގަސްހައްދާ މީހުންނަށް އެމްއައިގެ ތަމްރީނެއް
އެމްއައި ކޮލެޖުން އަގުހުރި އިނާމުތަކެއް ދޭ މުބާރާތެއް
އަންނަ މަހުގެ އިންޓޭކަށް އެމްއައި ކޮލެޖުގެ އޯޕަން ޑޭ
އެމްއައި ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި
ގައުމީ ދަރިންތަކެއް ބިނާ ކުރުމުގައި އެމްއައި ކޮލެޖް