24 ސެޕްޓެމްބަރ 2022
ސައުތު އޭޝިއާ ސަރަހައްދުގެ ވިޔަފާރިތަކަށް ބާއްވާ އެންމެ ބޮޑު އެއް އެވޯޑު، ސައުތު އޭޝިއަން ބިޒްނަސް އެވޯޑުގެ ހަ އެވޯޑެއް އެމްއައި ކޮލެޖަށް ލިބިއްޖެ އެވެ.
ސައުތު އޭޝިއާ ސަރަހައްދުގެ ވިޔަފާރިތަކަށް ބާއްވާ އެންމެ ބޮޑު އެއް އެވޯޑު، ސައުތު އޭޝިއަން ބިޒްނަސް އެވޯޑުގެ ހަ އެވޯޑެއް އެމްއައި ކޮލެޖަށް ލިބިއްޖެ އެވެ.
އެ ކޮލެޖުން ބުނީ، މި އަހަރު ލިބުނު އެވޯޑުތަކަކީ ބެސްޓް އިމާޖިން އެޑިއުކޭޝަން އިންސްޓިޓިއުޓް އެވޯޑް، އެޑިއުކޭޝަނަލް އިންސްޓިޓިއުޓް ވިތު ބެސްޓް އެކެޑަމިކް އެންޑް އިންޑަސްޓްރީ އިންޓަފޭސް އެވޯޑް، އެކްސެލެންސް އިން އީ ލާނިން އެވޯޑު، ބެސްޓް ޔޫޒް އޮފް ސީއެސްއާރު ޕްރެކްޓިސަސް ޑިއުރިން ޕެންޑެމިކް އެވޯޑް، ބެސްޓް ޕްލޭސް ޓު ވޯކް އެވޯޑް އަދި އައުޓްސްޓޭންޑިން ބްރޭންޑް ލޯންޗް އެވޯޑެވެ.
އެ ކޮލެޖުން ބުނީ ފާއިތުވި އަހަރުގެ ތެރޭގައި ދަރިވަރުންގެ ތަރައްގީ އާއި ކުރިއެރުމަށާއި ކޮލެޖުގެ މަސައްކަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ މުހިންމު މަސައްކަތްތަކެއް އެ ކޮލެޖުން ކޮށްފައިވާ ކަމަށެވެ. އަދި އެ އެވޯޑުތަކަކީ އެ މަސައްކަތްތަކުގެ ސަބަބުން ލިބިފައިވާ އެވޯޑުތަކެއް ކަމަށް ވެސް ބުންޏެވެ.
އެމްއައި ކޮލެޖަކީ، ގައުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ކަންތައްތަކަށް ބާރު އަޅާ ކޮލެޖެއް ކަމަށާއި، ސީއެސްއާރު ޕްރޮގުރާމުތަކުގެ ދަށުން ވެސް، އިޖުތިމާއީ ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރި އެވެ. އަދި އެ ފަދަ ފަހުރުވެރި އެވޯޑުތަކެއް ލިބުމުގެ އަސްލަކީ އެ ކޮލެޖުގެ މެނޭޖުމަންޓުން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ލިބުނު އެވޯޑުތަކެއް ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުން ބުނީ އުއްމީދަކީ އަންނަ އަހަރު އަދި އިތުރު އެވޯޑުތަކެއް ވެސް ހާސިލުކުރުން ކަމަށެވެ. އަދި އެ ފަދަ ކާމިޔާބީތަކުގެ ސަބަބުން ދަރިވަރުންގެ "ފަސްޓް ޗޮއިސް" ކޮލެޖަކަށްވުމަކީ އެ ކޮލެޖުގެ އުއްމީދުކަމަށް ވެސް ބުންޏެވެ.
އެމްއައި ކޮލެޖަށް މި ދިޔަ އަހަރު ވެސް ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސުގެ ދެ އެވޯޑެއް ލިބިފައިވެ އެވެ. އެއީ އެކްސެލެންސް އިން އީ ލާނިން އެވޯޑާއި ބެސްޓް އެމާޖިން އެޑިއުކޭޝަން އިންސްޓިޓިއުޓު އެވޯޑެވެ.
މިއަދު ވިސްނަންވީ ހަރަދު ކުޑަކުރަން: ފައިސަލް
އާ ފުރުސަތުތައް ހޯދަން އެމްއައި ކޮލެޖުން ބަންގްލަދޭޝަށް
މައި ކޮލެޖުގެ ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
މައިކޮލެޖުގެ ގަސް އިންދުމުގެ އެއްވަނައަށް 3،000ރ.
މައިކޮލެޖުގެ ސްކޮލާޝިޕަށް ކުރިމަތިލާން އިތުރު މުއްދަތެއް
މައި ކޮލެޖަށް އާ ސީއީއޯއެއް
މައި ކޮލެޖުން ޖެނުއަރީ އިންޓޭކަށް ސްކޮލަޝިޕްތަކެއް
މައި ކޮލެޖުން ހާހެއްހާ ދަރިވަރުން ދަސްވެނިވެއްޖެ
މައި ކޮލެޖު: މަތީ ތައުލީމަށް ގިނަ ފުރުސަތުތަކެއް
މިލިއަނަރަކަށް ވާނެ ގޮތް ކިޔައިދޭ ފޮތެއް ނެރެފި