24 ސެޕްޓެމްބަރ 2022
އާ ކޯސްތަކެއް ތައާރަފުކޮށް، ކޮލެޖުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަޝްވަރާތަކެއް ކުރުމަށް އެމްއައި ކޮލެޖުގެ އިސްވެރިންގެ ޓީމެއް ބަންގްލަދޭޝްގެ ދެ ޔުނިވާސިޓީއަކާ ބައްދަލުކޮށްފި އެވެ.
އާ ކޯސްތަކެއް ތައާރަފުކޮށް، ކޮލެޖުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަޝްވަރާތަކެއް ކުރުމަށް އެމްއައި ކޮލެޖުގެ އިސްވެރިންގެ ޓީމެއް ބަންގްލަދޭޝްގެ ދެ ޔުނިވާސިޓީއަކާ ބައްދަލުކޮށްފި އެވެ.
އެ ކޮލެޖުން ބުނީ މި ދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެ ކޮލެޖުގެ އިސްވެރިން ބަންގްލަދޭޝްގެ ބްރަކް ޔުނިވާސިޓީ އާއި ޑެފޮޑިލް އިންޓަނޭޝަނަލް ޔުނިވާސިޓީއާ ބައްދަލު ކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެމްއައި ކޮލެޖުން ބައިވެރިވެ ވަޑައިގެންނެވީ، އެ ކޮލެޖުގެ ފައުންޑާ އަދި ޗެއާމަން، އަހުމަދު މޮޓާކީ އާއި އެ ކޮލެޖުގެ ސީއީއޯ މުހައްމަދު ހަލީމާއި ރެކްޓާ ލަމްޔާ އަބްދުލް ހާދީ އާއި ވައިސް ރެކްޓާ ވަޖީހު ނަސީރާއި، ބިޒްނަސް ޑިވަލޮޕްމެންޓު ޖަހަންޒެބް މުހައްމަދެވެ.
އެމްއައި ކޮލެޖުގެ އިސްވެރިންނާއި ޑެފޮޑިލް ޔުނިވާސިޓީގެ އިސްވެރިން. ފޮޓޯ: އެމްއައި ކޮލެޖު
އެމްއައި ކޮލެޖުން ބުނީ، އެ ބައްދަލުވުންތަކުގައި މަޝްވަރާކުރީ އެ ކޮލެޖުގެ ބައެއް ކޯސްތައް އެމްއައި ކޮލެޖަށް ތައާރަފު ކުރުމަށް ކަމަށެވެ. އަދި އެ ކޯސްތަކުގައި އެ ކޮލެޖުގެ ލެކްޗަރާއިން މެދުވެރިކޮށް، ބައެއް މޮޑިއުލްތައް ނަގައިދެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށް ބުންޏެވެ.
އެމްއައި ކޮލެޖުން ބުނީ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމަށާއި، ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ. އަދި އެ ކޮލެޖުގެ އަމާޒަކީ، ދަރިވަރުންގެ ޑިމާންޑު އޮންނަ އެކި ކޯސްތައް އެ ކޮލެޖަށް ތައާރަފުކުރެވޭނެ ގޮތްތައް އަބަދުވެސް ހޯދާ ބެލުން ކަމަށް ބުންޏެވެ.
އެމްއައި ކޮލެޖުން ބޭރުގެ ޔުނިވާސިޓީތަކާއި ބައްދަލު ކުރީ އެ ޔުނިވާސިޓީތަކުގެ ކޯސްތައް އެ ކޮލެޖަށް ތައާރަފު ކުރުމަށް. ފޮޓޯ: އެމްއައި ކޮލެޖު
އެމްއައި ކޮލެޖުން މީގެ ކުރިން ވެސް ބޭރުގެ އެކި ކޮލެޖުތަކުގެ އިސްވެރިންނާއި ބައްދަލުކޮށް އެކި ކޮލެޖުތަކާއި ގުޅިގެން މަސައްކަތްކޮށްފައިވެ އެވެ.
މިއަދު ވިސްނަންވީ ހަރަދު ކުޑަކުރަން: ފައިސަލް
ބިޒްނަސް އެކްސެލެންސްގެ 6 އެވޯޑެއް އެމްއައި ކޮލެޖަށް
މައި ކޮލެޖުގެ ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
މައިކޮލެޖުގެ ގަސް އިންދުމުގެ އެއްވަނައަށް 3،000ރ.
މައިކޮލެޖުގެ ސްކޮލާޝިޕަށް ކުރިމަތިލާން އިތުރު މުއްދަތެއް
މައި ކޮލެޖަށް އާ ސީއީއޯއެއް
މައި ކޮލެޖުން ޖެނުއަރީ އިންޓޭކަށް ސްކޮލަޝިޕްތަކެއް
މައި ކޮލެޖުން ހާހެއްހާ ދަރިވަރުން ދަސްވެނިވެއްޖެ
މައި ކޮލެޖު: މަތީ ތައުލީމަށް ގިނަ ފުރުސަތުތަކެއް
މިލިއަނަރަކަށް ވާނެ ގޮތް ކިޔައިދޭ ފޮތެއް ނެރެފި