އެމްއައި ކޮލެޖުގެ ސްކޫލް އޮފް އެގްރިކަލްޗަރަލް އިން ތައިލެންޑުގެ ދަނޑުވެރިކަން ކުރާގޮތް ދިރާސާކޮށް އަމަލީ ތަޖުރިބާ ހޯދަން ފުރައިިފި އެވެ.
21 މާޗް 2025
އެމްއައި ކޮލެޖުގެ ސްކޫލް އޮފް އެގްރިކަލްޗަރަލް އިން ތައިލެންޑުގެ ދަނޑުވެރިކަން ކުރާގޮތް ދިރާސާކޮށް އަމަލީ ތަޖުރިބާ ހޯދަން ފުރައިިފި އެވެ.
ފަސް ދުވަހުގެ މި ސްޓަޑީ ޓްރިޕުގައި އެ ގައުމުގައި ކުރިއަރާފައިވާ ދަނޑުވެރިކަމުގެ އުކުޅުތަކުގެ ސީދާ ތަޖުރިބާތައް ހޯދޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ. އެ ކޮލެޖުން ބުނީ އެ ދަތުރަކީ ދަނޑުވެރިކަން ކިޔަވާ ދަރިވަރުންނަށް ތައިލެންޑުން އާ އުކުޅުތަކާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ނަމޫނާތަކާއި، ދަނޑުވެރިކަމުގެ ވިޔަފާރި ތަރައްގީކުރުމުގެ ކަންކަން ދައްކައިދީ އުގަންނައި ދިނުމުގެ ގޮތުން ދާ ދަތުރެއް ކަމަށެވެ.
އެ ދަތުރުގައި ދަރިވަރުން ބެންކޮކުގައި ހުންނަ ދަނޑުވެރިކަމުގެ މާރުކޭޓަކަށް ޒިޔާރަތްކޮށް ތައިލެންޑުގެ ދަނޑުވެރިކަމުގެ ވިޔަފާރީގެ ދާއިރާ ހިނގާގޮތް ބަލައިލުމުގެ ފުރުސަތު ދޭނެ އެވެ. އަދި އޯކިޑް ދަނޑުތަކަށް މަޝްހޫރު ސަމް ފްރާން ސަރަޙައްދަށް ދަތުރުކޮށް، އޯކިޑް އިންދުމާއި ގަސްކާނާ ދިނުމުގެ އުކުޅުތައް ދަސްކޮށްދޭނެ އެވެ.
އެ ކޮލެޖުގެ އެގްރިކަލްޗާ ޕްރޮގުރާމު ކިޔަވާ "ޓޮޕް އެޗީވާ" ދަރިވަރެއް ކަމަށްވާ މަރިޔަމް ވަހީދާ ބުނި ގޮތުގައި އެ ކޮލެޖުން ކިޔަވައި ދިނުމުގައި އެގްރިކަލްޗާ ޕްރިންސިޕަލްތަކާ ގުޅޭ ހަރުދަނާ ފައުންޑޭޝަނެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރިންސިޕަލްތަކާ އެއް ގޮތްވާގޮތަށް ރާއްޖެއާ މޫސުމީ ގޮތުން އެއްގޮތް ގައުމެއްގައި ދަނޑުވެރިކަން ކުރާ ގޮތާއި ޕެސްޓު ކޮންޓްރޯލު ކުރުމާއި ހިއުމިޑިޓީ ކޮންޓްރޯލުކުރުމަށް ގެންގުޅޭ އެކި އުކުޅުތައް ދެނެގަތުމަށް ބޭނުންވާ ކަމަށް ބުންޏެވެ.
އެ ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ އެ ދަތުރަކީ ދަރިވަރުންނަށް އީޖާދީ ތަފާތު އެކި އިނޮވޭޝަންތައް ތަޖުރިބާ ކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.
"މި ދަތުރުގެ ސަބަބުން ދަރިވަރުންނަށް ދަނޑުވެރިކަމާ ގުޅޭ އާ މައުލޫމާތުތަކެއް ލިބި، އަމަލީ ތަޖުރިބާތައް އިތުރުވެ، ދެމެހެއްޓެނިވި ގޮތުގައި އެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ހިތްވަރު ލިބިގެން ދާނެ." އެނާ ވިދާޅުވި އެވެ.
އެމްއައި ކޮލެޖުން ބުނީ އެ ކޮލެޖުން މަސައްކަތް ކުރަނީ އަމަލީ ތަޖުރިބާގެ އަލީގައި އުނގަންނައިދިނުމަށް ކަަމަށެވެ. އެގޮތުން އެ ދަތުރަކީ ދަރިވަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގިނަ މައުލޫމާތުތަކަކާއި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އެ ކޮލެޖުން އިންތިޒާމު ކުރި މަސައްކަތެއް ކަމަށް ބުންޏެވެ. އަދި އެ ދަތުރުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް މަސައްކަތްކުރުމަށް ދަރިވަރުންނަށް ހިތްވަރު ލިބިގެންދާނެ ކަމަށް ބުންޏެވެ.
އެމްއައި ކޮލެޖުން 300 ގަސް ހަދިޔާކޮށްފި
މިއަދު ވިސްނަންވީ ހަރަދު ކުޑަކުރަން: ފައިސަލް
އެންމެ މޮޅު އެގްރިކަލްޗާ ދަރިވަރުންނަށް އެވޯޑު ދީފި
މައި ކޮލެޖުން ލ. ގަމުގައި ބެޑްމިންޓަން މުބާރާތެއް
ބިޒްނަސް އެކްސެލެންސްގެ 6 އެވޯޑެއް އެމްއައި ކޮލެޖަށް
އާ ފުރުސަތުތައް ހޯދަން އެމްއައި ކޮލެޖުން ބަންގްލަދޭޝަށް
މާލޭ ގޭގައި ގަސްހައްދާ މީހުންނަށް އެމްއައިގެ ތަމްރީނެއް
އެމްއައި ކޮލެޖުން އަގުހުރި އިނާމުތަކެއް ދޭ މުބާރާތެއް
އަންނަ މަހުގެ އިންޓޭކަށް އެމްއައި ކޮލެޖުގެ އޯޕަން ޑޭ
އެމްއައި ކޮލެޖުން ގާޑެނިން ކޯހެއް ފަށައިފި