15 ސެޕްޓެމްބަރ 2022
މާލެ އަދި ހުޅުމާލޭގެ ގެތަކުގައި ގަސް ހައްދާ މީހުންނަށް އެމްއައި ކޮލެޖުން ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި އެވެ.
މާލެ އަދި ހުޅުމާލޭގެ ގެތަކުގައި ގަސް ހައްދާ މީހުންނަށް އެމްއައި ކޮލެޖުން ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި އެވެ.
"ހޯމްސްޓެޑް ހޮރިކަލްޗަރަލް ކްރޮޕް ޕްރޮޑަކްޝަން" ނުވަތަ ގޭގައި ބެލްކަނި ނުވަތަ ޓެރެސް ފަދަ ތަންތަނުގައި ގަސް ހައްދާނެ ގޮތްތަކަށް އަމާޒުކޮށްގެން، ދެ ދުވަހުގެ މުއްދަތަށް ބޭއްވި އެ ތަމްރީނު ޕްރޮގްރާމު އޮތީ އެމްއައި ކޮލެޖްގެ ހުޅުމާލެ ކެމްޕަހުގަ އެވެ.
ތަމްރީނުގެ ބައިވެރިންނަށް ކޯހުގެ ޓްރެއިނަރުން މައުލޫމާތު ދެއްވަނީ ---ފޮޓޯ: އެމައައި ކޮލެޖް
އެމްއައި ކޮލެޖްގެ ސްކޫލް އޮފް ގާޑެނިން އާއި އެޗްޑީސީ ގުޅިގެން މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ބޭއްވި ޕްރޮގްރާމުގެ އަމާޒުތަކުގެ ތެރޭގައި ރަނގަޅު ސިއްހަތަކަށް ހޮރިކަލްޗަރަލް ކްރޮޕް ނުވަތަ މޭވާ، ތަރުކާރީ، ބޭސްވެރިކަމުގެ ގަސްގަހާއި އަދި ބަގީޗާ ގަސް ފަދަ ގަސްގަހުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ގެތަކުގައި ގަސް ހައްދާނެ ގޮތުގެ ފަންނީ މައުލޫމާތާއި އެގްރޯ ކެމިކަލް ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު ދިނުން ހިމެނެ އެވެ.
ދިރިއުޅޭ ގޭގައި ހޮރިކަލްޗަރަލް ކްރޮޕް ހެއްދުމާ ގުޅޭގޮތުން ކުރިއަށް ދިޔަ ތަމްރީން ޕްރޮގްރާމްގެ ތެރެެއިން ---ފޮޓޯ: އެމްއައި ކޮލެޖް
އެ ތަމްރީނުގައި ބައިވެރިންނަށް މައުލޫމާތު ދިނީ އެމްއައި ކޮލެޖުގެ އެގްރިކަލްޗާ ކޮންސަލްޓެންޓުން ކަމަށްވާ ޑރ. މަހްފުޒް މިރްދާހް އަދި ޒާކިއާ ބެގަމް އެވެ.
އެމްއައި ކޮލެޖުން ބުނީ ދިވެހިންގެ މެދުގައި ދަނޑުވެރިކަމާއި ދަނޑު ހެއްދުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އެ އާ ގުޅޭ ތަމްރީނުތައް ދިނުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.
ތަމްރީން ނިންމާލުމަށް ބޭއްވި ހާއްސަ ހަފުލާފައި އެމްއައި ކޮލެޖްގެ ރެކްޓަރު ލަމްޔާ އަބްދުލް ހާދީ ވަނީ ބައިވެރިންނާއި ތަމްރީނު ނަގައިދިން ޓްރެއިނަރުންނަށް ޝުކުރު އަދާކުރައްވައި، ސެޓްފިކެޓް ހަވާލުކޮށްދެއްވާފަ އެވެ.
ދިރިއުޅޭ ގޭގައި ހޮރިކަލްޗަރަލް ކްރޮޕް ހެއްދުމާ ގުޅޭގޮތުން ކުރިއަށް ދިޔަ ތަމްރީން ޕްރޮގްރާމްގެ ތެރެެއިން ---ފޮޓޯ: އެމްއައި ކޮލެޖް
އެމްއައި ކޮލެޖުން މީގެ ކުރިން ވަނީ އެޗްޑީސީގެ ދަނޑުވެރިންނާއި މާލެ ސަރަހައްދުގެ ދަނޑުވެރިކަމާ ގުޅޭ މަޝްރޫއުތަކާއި ސީއެސްއާރުގެ ގޮތުގައި ފެހި އަދި ތިމާވެއްޓާ ގުޅޭ ހޮރިކަލްޗަރަލް ކްރޮޕް ހައްދާ މީހުންނަށް ވެސް މި ތަމްރީނު ކުރިއަށް ގެންގޮސްފަ އެވެ.
އެމްއައި ކޮލެޖުން އަންނަނީ ސްކޫލް އޮފް އެގްރިކަލްޗާގެ ފަރާތުން ދަނޑު ހެއްދުމުގެ ލެވެލް ތިނެއްގެ ސެޓްފިކެޓް ލިބޭ ކޯހެއް ހިންގަމުންނެވެ.
ފެންވަރު ރަނގަޅު އެގްރިކަލްޗަރަލް ލެބޯރެޓަރީއަކާއެކު ތައްޔާރު ކޮށްފައިވާ ސްކޫލް އޮފް އެގްރިކަލްޗާ މިހާރު ހުންނަނީ އައްޑޫ ހިތަދޫގަ އެވެ. އެމްއައި ކޮލެޖުން ބުނީ ކުރިމަގުގައި ދަނޑުވެރިކަމާ ގުޅޭ ކޯސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ރާވާފައިވާ ކަމަށެވެ.
މާލެ/ހުޅުމާލެ ފައިބާއޮޕްޓިކް އާ ނެޓްވޯކަކުން ގުޅާލައިފި
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުން އިންސާފުވެރިތަ؟
ވަކި ބަޔަކަށް ބިން ވިއްކުން: ތަފާތު ކުރުމެއްތަ؟
ބިން ވިއްކާ ގޮތް ބޭއިންސާފު، އެޗްޑީސީން ފިނި ޖަވާބެއް
މާލޭގެ މީހުންނަށް އެކަނި ބިން ވިއްކަން ނިންމައިފި
އެޗްޑީސީ އުވާލަން ޖެހޭ: މުއިއްޒު
ހުޅުމާލޭގެ ބިމާގުޅޭ ނިންމުމަށް އަމަލުކުރުން ހުއްޓުވައިފި
ޑްރާފްޓް ފޮނުވީ އެޗްޑީސީގެ ދަށުގައި ހިދުމަތް ބާއްވަން