10 އޯގަސްޓް 2022
އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރު ކޮށްފައިވާ ގާނޫނީ ވަކީލު މުހަންމަދު ނާޒިމް ސައްތާރުގެ މައްސަލަ ބާ ކައުންސިލުން ބަލަން ފަށައިފި އެވެ.
އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރު ކޮށްފައިވާ ގާނޫނީ ވަކީލު މުހަންމަދު ނާޒިމް ސައްތާރުގެ މައްސަލަ ބާ ކައުންސިލުން ބަލަން ފަށައިފި އެވެ.
ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލައެއް ބަލަން މިދިޔަ ހޮނިހިރު ދުވަހު ބާ ކައުންސިލަށް މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަހުމަދު ތޯރިގެވެ.
ބާ ކައުންސިލްގެ ގަވައިދުގައިވާ ގޮތުން އެ ކައުންސިލުން ބަލަމުން އަންނަ މައްސަލަތަކުގެ މައުލޫމާތު ދެވޭނީ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް އެކަނި ކަމަށް ވާތީ އެ ކައުންސިލުން އެ މައްސަލާގައި ވަކި އެއްޗެއް ނުބުނެ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ބާ ކައުންސިލްގެ ރައީސް އަދި ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމް ވިދާޅުވީ އެ ކައުންސިލަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެސްކޯ އިން ސަބް ކޮމިޓީއެއް ނަގާނެ ކަމަށާއި މައްސަލަ ރައްދުވާ ފަރާތާ ވެސް ސުވާލުކޮށް ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށެވެ.
"އެ ކޮމިޓީގެ މިނިވަން ކަމަކަށް އަޅުގަނޑުމެންނަށް އަރައެއް ނުގަންނާނެ. އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ވަކީލު ކަމުގެ ހުއްދަ ބާތިލް ކުރުމުގެ ބާރު ބާ ކައުންސިލަށް އޮވެ އެވެ.
މީގެ ކުރިން ވެސް ބައެއް ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށާއި ނަމަވެސް ވަސީލަތްތައް މަދުވުމުގެ ސަބަބުން މައްސަލައެއް ތަހުގީގު ކުރަން 9-6 މަސް ހޭދަވާ ކަމަށް ވިޝާމް ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނާޒިމް ހައްޔަރު ކުރީ މިދިޔަ މަހު 28 ގައެވެ. އޭރު އޭނާގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. މިހާރު އެ މައްސަލަ ވަނީ ޕީޖީ އަށް ވެސް ފޮނުވައިފަ އެވެ.
ޝަފީއުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި
ގާނޫނުގެ ދަށުން ނާޒިމަށް ފިޔަވަޅު އެޅޭކަށް ނެތް
އޮޕަރޭޝަން ފެށުމާ އެކު ނާޒިމް "ފިލައިފި"
ބިދޭސީންގެ ނަމުގައި ބައެއް ވަކީލުން ދަނީ އޮޅުވާލަމުން
ޝިޔާމް ތަޅުމުން ނެރުނު ގޮތާ މެދު ލަފައަކަށް އެދިއްޖެ
"ގޮނޑި ގެއްލޭ އިސްލާހުގައި ހިޔާލަށް ފުރުސަތުދީ"
ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ
ބާ ކައުންސިލްގެ ރައީސަކަށް ސިރާޖު
މަރުހޫމް ވިޝާމްގެ ނަމުގައި ޒުވާން ވަކީލުންނަށް އެވޯޑެއް
ޖޭއެސްސީގެ މެމްބަރުކަމުން މާނިއު އިސްތިއުފާ ދެއްވައިފި