މީގެ ކުރިން ވެސް ބާ ކައުންސިލުން ފިޔަވަޅު އަޅާފައިވާ، ގާނޫނީ ވަކީލުކަންކުރާ ދެމަފިރިއެއްގެ ވަކީލް ކަމުގެ ހުއްދަ ހިފަހައްޓައިފި އެވެ.
28 މެއި 2025
މީގެ ކުރިން ވެސް ބާ ކައުންސިލުން ފިޔަވަޅު އަޅާފައިވާ، ގާނޫނީ ވަކީލުކަންކުރާ ދެމަފިރިއެއްގެ ވަކީލް ކަމުގެ ހުއްދަ ހިފަހައްޓައިފި އެވެ.
ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެެއްބަސްވުމެއްގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް ނޯޓަރައިޒްކުރި އިރު، މެހެނާޒް ހުސައިން އަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް ޒުންނަވާރު ސަލީމް ސޮއިކުރައްވާފައިވާ ކަމަށެވެ. މިއީ ދެމަފިރިންނެވެ.
މީގެ ކުރިން 2021 ވަނަ އަހަރު ވަނީ މެހެނާޒަށް ޕަބްލިކް ނޯޓަރީގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމުގެ ކުރިން އެކި މީހުންނަށް ނޯޓަރައިޒްގެ ހިދުމަތް ދީފަ އެވެ. އަދި ހުއްދަ ލިބުނު ފަހުން އޭނާގެ ފިރިމިހާ ޒުންނަވާރު އެ ހުއްދައިގެ ދަށުން ނޯޓަރައިޒްގެ ހިދުމަތް ދީފައި ވާތީ އެ ދެމަފިރިން އެފަހަރު 100،000ރ. އިން ޖޫރިމަނާކުރި އެވެ.
ބާ ކައުންސިލުން މިއަދު ބުނީ ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ފިޔަވަޅު އެޅީ ވެސް، 2021 ވަނަ އަހަރު އެއްބަސްވުމެއްގެ ސައްހަކަން ކަށަވަރުކުރުމުގައި، މެހެނާޒަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީގެ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު ސޮއި ކޮށްފައިވާ މައްސަލައެއްގައި ކަމަށެވެ.
"އެ އަމަލުތަކަކީ ޕަބްލިކް ނޯޓަރީގެ ސައްހަކަމާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދޭނެ ފަދަ އަމަލުތަކެއްކަމަށްވާތީ އާއި އެ އަމަލުތަކުގެ ސަބަބުން އާންމު މުޖުތަމައުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މެދު އިތުބާރު ގެއްލިދާނެކަމާއ،ި އެއީ ގާނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ އަމަލުތަކެއް،" ބާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
އެ މައްސަލައި ބަލައި ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސް ދުވަަހަށް އަދި މެހެނާޒްގެ ހުއްދަ 12 މަސްދުވަހަށް ވަނީ ހިފަހައްޓައިފަ އެވެ.
ހުއްދަ ހިފަހައްޓާފައި އޮންނަ މުއްދަތުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނުނީ ހިދުމަތް ދިނުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
ޒުންނަވާރަކީ ފޭކް ސެޓްފިކެޓްތަކެއް ހުށަހަޅައިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދި މައްސަލަ ވެސް ކުރިން ޖެހުނު މީހެކެވެ. ޒުންނަވާރު ފޭކް ސެޓްފިކެޓްތަކެއް ހުށަހެޅިކަން އެނގުނީ 2013 ވަނަ އަހަރު އޭސީސީން ކުރި ތަހުގީގަކުންނެވެ. އޭނާ ވަނީ ގާނޫނީ ވަކީލަކަށް ވުމަށް ސައްހަނޫން ބެޗެލާ އޮފް ލޯ ސެޓްފިކެޓެއް ހުށަހަޅައިފަ އެވެ. އޭގެ ފަހުން 2020 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ ގާނޫނީ ދާއިރާއިން ކިޔެވުމަށް ފަހު ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފަ އެވެ.
ބެންޗް ކުޑަކުރުން ގާނޫނުއަސާސީއާ ހިލާފު:ބާ ކައުންސިލް
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާ ކަމުގެ އިޝާރާތެއް
"ގޮނޑި ގެއްލޭ އިސްލާހުގައި ހިޔާލަށް ފުރުސަތުދީ"
ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ
ބާ ކައުންސިލްގެ ރައީސަކަށް ސިރާޖު
މަރުހޫމް ވިޝާމްގެ ނަމުގައި ޒުވާން ވަކީލުންނަށް އެވޯޑެއް
ޖޭއެސްސީގެ މެމްބަރުކަމުން މާނިއު އިސްތިއުފާ ދެއްވައިފި
ޖުޑީޝަރީގެ ދެ ބިލެއް އަނެއްކާވެސް އަނބުރާ ކޮމެޓީއަށް
ބޮޑު ދެ ގާނޫނާ ގުޅިގެން ވަކީލުންނަށް ހާއްސަ ފޯރަމެއް
ބާ އިމްތިހާނުން 73 މީހަކަށް ވަކީލުކަމުގެ ހުއްދަ