07 އޯގަސްޓް 2022
މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް ލިބޭ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އެ މައްސަލައިގައި ދެން ހިމެނޭ ހަތަރު މީހެއްގެ ބޭންކް ސްޓޭޓްމަންޓް ނަގާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް ލިބޭ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އެ މައްސަލައިގައި ދެން ހިމެނޭ ހަތަރު މީހެއްގެ ބޭންކް ސްޓޭޓްމަންޓް ނަގާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކޮށް، ޕެސްޓްގެ މައްޗަށް ގިނަ ދައުވާތަކެއް ދައުލަތުން ކުރެ އެވެ. ޕެސްޓާއި އެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ އެ މީހުންގެ އެކައުންޓްތަކުގެ މައުލޫމާތު ހޯދީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައި ވަނީ ޕެސްޓާއި އެ މައްސަލައިގައި ދެން ދައުވާ ލިބޭ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހަވާލާދީ ކަމަށް ވިޔަސް، އެ ގާނޫނުގައި އެ ގޮތަށް ބޭންކް ސްޓޭޓްމަންޓް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ.
ބޭންކިންގެ ގާނޫނުގައި ވެސް އެ ގޮތަށް ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެންވެ، އެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދި ގޮތެއް އެނގެން ނެތް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
ނަމަވެސް ޝަމީމް މިއަދު "މިހާރު" އަށް ވިދާޅުވީ ބޭންކް ސްޓޭޓްމަންޓް ނެގީ ގާނޫނުގެ ތެރެއިން ކަމަށެވެ. އެ މައްސަލަ މަތީ ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނިންމުމުގައިވާ ގޮތުން ބޭންކް ސްޓޭޓްމަންޓް ހޯދީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ފުލުހުން ސިޓީއަކުން އެދިގެން ކަމަށް ބުންޏަސް، އެ ސިޓީގައި އެގޮތަށް ބުނެފައެއް ނުވެ އެވެ. އަދި އާންމު ބޭންކް ސްޓޭޓްމަންޓްތައް ބޭންކްތަކުން ދޫކުރަނީ ބޭންކް ސިޓީއަކާ އެކު ކަމަށާއި އެކަމަކު އެ މައްސަލައިގައި އެފަދަ ސިޓީއެއް ވެސް އޮތްކަން އެނގެން ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ. ބޭންކިން ގާނޫނުގެ ދަށުން ބައެއް މައުލޫމާތުތައް ދޭން އެންގުމުގެ ބާރު ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށް އޮތަސް، އޭގެ ތެރޭގައި ބޭންކް ސްޓޭޓްމަންޓްތަކާއި އެކައުންޓްތަކުން ކޮށްފައިވާ މުއާމަލާތުތައް ނުބެލޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންވެ، ދައުލަތުން ޕެސްޓާ ދެކޮޅަށް ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓްތައް ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމީ އެވެ.
100 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ދައުވާކޮށްފި
ޑްރަގްގެ ބޮޑުން ދޫކުރި މައްސަލަ އިސްތިއުނާފެއް ނުކުރާނެ
ދެ ބޮޑުން ދޫކޮށްލުން: އިސްތިއުނާފްކުރާކަށް ނުނިންމާ
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ހައްޔަރުކުރީ ޕީޖީއަށް ފާރަލާން އުޅުނު މީހެއް
އިހުމާލު ފޮރުވަން އުޅޭތީ ހައިކޯޓުގެ ފާޑުކިޔުން ޕީޖީއަށް
ކްރިކް ރިޒާގެ ރިޝްވަތު ދައުވާ މި ނިމުނީ؟
އޯވަޑޯޒްވެ ދެ މީހަކު މަރުވުން: ދައުވާއެއް ބާތިލުކޮށްފި
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި