Roadha Mihaaru
މަރުގެ ތުހުމަތުގައި ހައްޔަރުކުރީ މަޝްހޫރު ސްކޭޓާއެއް

މަރުގެ ތުހުމަތުގައި ހައްޔަރުކުރީ މަޝްހޫރު ސްކޭޓާ ޝާހިލް

07 އޯގަސްޓް 2022

ހ. ޝީރީންވިލާގައި ރޭ ދަންވަރު އަންހެނަކު މަރާލި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުުގެ ދަށަށް ގެންގޮސްފައި ހުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ އަލީ ޝާހިލް ކަން "މިހާރު" އަށް ޔަގީންވެއްޖެ އެވެ.

ހ. ޝީރީންވިލާގައި ރޭ ދަންވަރު އަންހެނަކު މަރާލި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުުގެ ދަށަށް ގެންގޮސްފައި ހުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ އަލީ ޝާހިލް ކަން "މިހާރު" އަށް ޔަގީންވެއްޖެ އެވެ.

ޝާހިލް އަކީ 2002 ގެ މެދުތެރެއިން ފެށިގެން ސްކޭޓް ކުރަމުން އަންނަ 23 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބައެއް އިންޓަވިއުތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ވެސް ވަނީ ގެނެސްދީފަ އެވެ. އޭނާ ވަނީ 2017 ގައި، އުމުރުން 17 އަހަރުގައި، އިންޑިއާގައި ބޭއްވި ބައިނަލް އަގުވާމީ ސްކޭޓިން މުބާރާތުގައި އެއް ވަނަ ވެސް ހޯދައިފަ އެވެ.

ފުލުހުން ޝީރީން ވިލާ ގޭގެ ބޭރުގައި -- ފޮޓޯ: ނައުޝަމް ވަހީދު

ފުލުހުން ޝީރީން ވިލާ ގޭގެ ބޭރުގައި -- ފޮޓޯ: ނައުޝަމް ވަހީދު

މަރުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 11:30 ހާއިރު އެވެ. ފުލުހުން ގޮސް، އެ ސަރަހައްދުން ޝާހިލް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ވެސް އެ ގޭތެރެ އަށް ވައްދައި ފަހުން ފުލުހުންގެ ކާރެއްގައި ވަނީ ފުލުހުންގެ މަރުކަޒަށް ގެންގޮސްފަ އެވެ. އެކަމަކު، އެ މައްސަލާގައި ހައްޔަރުކުރީ ކާކު ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އަދި މަރުވި މީހާ އާ އޮތީ ކޮން ގުޅުމެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުން ގާތްގަނޑަކަށް ތިން ގަޑިއިރުވަންދެން އެ ގޭގެ ނުވަ ވަނަ ބުރީގައި ހަރަކާތްތެރިވުމަށް ފަހު، އަންހެން މީހާގެ ހަށިގަނޑު އިމާރާތުން ބޭރަށް ނެރުނީ 2:30 ވާން އުޅެނިކޮށެވެ.

ޝީރީން ވިލާ ގޭގައި މަރާލި އަންހެން މީހާގެ ހަށިގަނޑު އެމްބިއުލާންސްގައި އުފުލަނީ -- ފޮޓޯ: ނައުޝަމް ވަހީދު

ޝީރީން ވިލާ ގޭގައި މަރާލި އަންހެން މީހާގެ ހަށިގަނޑު އެމްބިއުލާންސްގައި އުފުލަނީ -- ފޮޓޯ: ނައުޝަމް ވަހީދު

މި މަރާ ބެހޭ ގޮތުން ފުލުހުން އަދި އިތުރު މައުލޫމާތެއް ނުދެ އެވެ. އަދި އަންހެން މީހާއާ ބެހޭ ތަފުސީލެއް ވެސް ނުދެ އެވެ.

އެކަމަކު، ބައެއް މީހުން ބުނެފައިވާ ގޮތުގައި އަންހެންމީހާގެ ކަރު އޮތީ ބުރިކޮށްލައިފަ އެވެ. އެ ގެއިން ފުލުހުން ނުކުމެގެން ދިޔައިރު ދެ ބޮޑީ ބޭގް ނެރުނެވެ. އެހެންވެ ބެލެވޭ ގޮތުގައި ހަށިގަނޑާއި ބޯ ވަނީ ވަކިވެފަ އެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާގެ ހަށިގަނޑު ގެންދިޔައީ ގަލޮޅު މޯޗަރީއަށެވެ.

Bainalaguvaamee Skateboarding mubaaraathakun dhivehi kujjaku vidhaalaifi

Bainalaguvaamee Skateboarding mubaaraathakun dhivehi kujjaku vidhaalaifi

Telling exclusive, original stories of Maldives youth, entertainment and lifestyle

Dho?!

މިއީ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލްއާ ބެހޭ ގޮތުން "ދޯ"ގައި ލިޔެފައިވާ ލިޔުމެއް