ހ. ޝީރީންވިލާގައި ރޭ ދަންވަރު މަރާލި އަންހެން މީހާގެ ކަރު ބުރިކޮށްލައި، އޭނާގެ އަތާއި ފައި ވެސް އޮތީ ބުރިކޮށްލައިފައި ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
ހ. ޝީރީންވިލާގައި ރޭ ދަންވަރު މަރާލި އަންހެން މީހާގެ ކަރު ބުރިކޮށްލައި، އޭނާގެ އަތާއި ފައި ވެސް އޮތީ ބުރިކޮށްލައިފައި ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި، އުޅަނބޮއްޓާ ހިސާބުން އަތް އޮތީ ބުރިކޮށްލައިފަ އެވެ. ދެ ފައި ވެސް ބުރިކޮށްލައިފައިވާ އިރު، ކަރު މުޅިން ބުރި ވެފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޝިއާއުގެ ހަށިގަނޑު ފުލުހުން ނެރުނު އިރު ދެ ބޮޑީ ބޭގް ވެސް ނެރުނެވެ. އެހެންވެ، ބެލެވެނީ ހަށިގަނޑު އޮތީ ބުރިކޮށްފައި ކަމަށެވެ. ހަށިގަނޑު ގެންގޮސް ލީ ގަލޮޅު މޯޗަރީ އަށެވެ.
މަރާލާފައި އޮއްވައި ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު.
މި ހާދިސާ ހިނގި ކަމާއި މި މަރާ ގުޅޭ ތުހުމަތުގައި މީހަކު ހައްޔަރުކުރިކަން ފިޔަވައި އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް، 23، އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ސީން އިން ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި ހައްޔަރުކުރުމަށް ފަހު، އޭނާ، ޝީރީންވިލާގެ ނުވަ ވަނަ ފްލޯ އަށް ގެންގޮސް ވަރަށް ގިނަ އިރު އެތާނގައި ވެސް ގެންގުޅުނެވެ.
ޒަކިއްޔާގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް:ސީޕީ
ޝިއާއު މަރުވި ފަހުން ވެސް ހަމަލަދިންކަން އެނގޭ
ޝިއާއުގެ މަރު: މަހެއްވާއިރު އަދިވެސް "ސިއްރެއް"؟
ޝިއާއު ކަމަށް ބުނެ ފޮޓޯ ލީކުކުރީ ފުލުހުންނެއް ނޫން
މަރުގެ ތުހުމަތުކުރެވޭ ޝާހިލް ހުރީ މަސްތުގެ ހާލަތުގައި
ޝާހިލް ޝަރީއަތް ނިމެންދެން ބަންދަށް
ޝިއާއުގެ މަރުގެ ޚަބަރުގެ ކުރިން ހަޅޭކުގެ އަޑު އިވުނު!
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ
މަރާލި ކުއްޖާ އެރުވި ތިން ޓެކްސީއެއް ހޯދައިފި
މަރުގެ ތުހުމަތަށް ހައްޔަރުކުރީ ކުއްޖާގެ ދެ އެކުވެރިން!