04 އޯގަސްޓް 2022
މަންމައަށް މަރުގެ އިންޒާރު ދިން އޭނާގެ ފިރިހެން ދަރިއަކާ ދެކޮޅަށް ދައުލަތުން ކުރި ދައުވާއެއްގައި މަންމަ ހެކި ބަސް ދޭން އިންކާރު ކުރުމުން ދައުވާ ސާބިތުނުވާ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މަންމައަށް މަރުގެ އިންޒާރު ދިން އޭނާގެ ފިރިހެން ދަރިއަކާ ދެކޮޅަށް ދައުލަތުން ކުރި ދައުވާއެއްގައި މަންމަ ހެކި ބަސް ދޭން އިންކާރު ކުރުމުން ދައުވާ ސާބިތުނުވާ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މީގެ ފަސް އަހަރު ކުރިން އޮކްޓޫބަރު 19، 2018 ގައި މަންމައަށް މަރުގެ އިންޒާރު ދިން މައްސަލާގައި ބިރު ދެއްކުމުގެ ދައުވާ ލިބުނު މީހާ ދައުވާއަށް އިންކާރުކޮށް ދިފާއީ ހެއްކަކަށް މަންމަ ވެސް ހުށަހެޅި އެވެ. އެކަމަކު މަންމަ ކުރިން އޮތީ ދަރިފުޅު އޭނާއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ފުލުހުންނަށް ބަޔާން ވެސް ދީފަ އެވެ.
ދައުލަތުން ދައުވާ ސާބިތުކުރުމަށް މަންމަގެ ބަޔާން ހުށަހެޅި ނަމަވެސް ކޯޓަށް ހާޒިރު ކުރުމުން ބުނީ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށާއި ދައުވާކުރަން ވެސް ބޭނުން ނުވާ ކަމަށެވެ. މި މައްސަލާގައި ދެން ހާޒިރުކުރި އެހެން މީހަކު ވެސް ވަނީ މިއީ ވަރަށް ގިނަ ދުވަސްވީ މައްސަލައެއް ކަމަށް ވާތީ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށެވެ.
ދައުލަތުން ދެން ހުށަހެޅި ހެކިވެރިޔާ ބުނީ ކަން ހިނގީ އޭނާ ވެސް އުޅުނު ގޭތެރޭގައި ކަމަށާއި ފައިސާގެ މައްސަލަތަކުގައި ރުޅިވެރިކަމާ އެކު ބަހެއް ބުނެވިފައި އޮވެދާނެ ކަމަށާއި އެކަމަކު މިހާރު އެއިން ބަހެއް ހަނދާން ނެތް ކަމަށެވެ. އަދި މަރުގެ އިންޒާރު ދިންކަން ނޭނގޭ ކަމަށާއި ހަނދާން ވެސް ނެތް ކަމަށް ބުންޏެވެ.
ދައުލަތުގެ ދެން ހުރި ހެކިވެރިޔާ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ އޮތީ ކޯޓަށް ސިޓީ ފޮނުވައިފަ އެވެ.
ހެކިބަސް ނުލިބުނަސް ދައުލަތުން އެދުނީ ހުށަހަޅާފައިވާ ބަޔާންތަކަށް ރިއާޔަތްކޮށް އިންސާފުވެރި ނިންމުމެއް ނިންމައިދިނުމަށެވެ.
އެހެންވެ ޝަރީއަތުން ނިންމީ މަރުގެ އިންޒާރު ލިބުނު ކަމަށް ބުނާ މީހާގެ ބަޔާނަށް ބާރު ލިބޭ ހެކި ނެތި ދައުވާ ސާބިތުވާ ކަމަށް ނިންމުން އިންސާފުވެރި ނުވާނެ ކަމަށެވެ. އަދި ޝަރީއަތަށް ހުށަހަޅާފައިވާ ކަންކަމަށް އެކަނި ބެލުމުން ދައުވާކޮށްފައިވާ ކުށުގެ މާއްދީ ރުކުން ސާބިތު ނުވާ ކަމަށް ނިންމީ އެވެ.
މަންމައަށް މަރުގެ އިންޒާރުދިން މީހަކު ހަ މަހަށް ޖަލަށް
ފުލުހަކަށް މަރުގެ އިންްޒާރު ދިން މީހަކު ބަންދަށް
ފުލުހުންނަށް މަރުގެ އިންޒާރު ދިނުމުން ހައްޔަރުކޮށްފި
ވަޅިއެއް ހިފައިގެން ހުރެ ބިރު ދެއްކި މީހަކު ޖަލަށް
މަރުގެ އިންޒާރުދިން އައިޕީ އެޑްރެސް ހޯދަން ކޯޓުއަމުރެއް
ކުރީގެ އަނބިމީހާއަށް މަރުގެ އިންޒާރު ދީގެން ޖަލަށް
ހަނީފްގެ ބަންދަށް 10 ދުވަސް ޖަހައިފި
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
ފުލުހެއްގެ ގައިގައި ދަތްއެޅި އަންހެނަކު ހައްޔަރުކޮށްފި
މަންމައަށް ވަޅިން ހަމަލާދޭނެކަމުގެ އިންޒާރު ދީފި