02 ޖެނުއަރީ 2017
ބަންގްލަދޭޝް އަތުން 6-0 އިން ބަލިވެ ވިމެންސް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރުސަތު ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ގެއްލިއްޖެ އެވެ.
ބަންގްލަދޭޝް އަތުން 6-0 އިން ބަލިވެ ވިމެންސް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރުސަތު ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ގެއްލިއްޖެ އެވެ.
އިންޑިއާގައި ކުރިއަށްދާ މުބާރާތުގެ ފައިނަލުން ޖާގަ ނުލިބުނު ނަމަވެސް މިއީ ރާއްޖެ އަށް ވަރަށް ކާމިޔާބު މުބާރާތެކެވެ. ސެމީ ފައިނަލުން ޖާގަ ހޯދުމުގެ އަމާޒުގައި އައިސް ފުރަތަމަ ފަހަރަށް އެކަން ހާސިލްކުރީ ގްރޫޕް ސްޓޭޖުގައި ސްރީ ލަންކާ އާއި ބޫޓާން ބަލިކުރުމަށް ފަހު އެވެ. މި މުބާރާތަކީ ބައިނަލްއަގްވާމީ އަންހެން ފުޓްބޯޅައިގައި ރާއްޖޭގެ އެންމެ ކާމިޔާބު މުބާރާތެވެ. މީގެ އިތުރުން މި މުބާރާތުގައި ގައުމީ ކެޕްޓަން ފަދުވާ ޒާހިރު ވަނީ ޖުމްލަ ފަސް ގޯލް ޖަހައިފަ އެވެ.
މުބާރާތުގެ ފައިނަލުގައި ބުދަ ދުވަހުގެރޭ ބަންގްލަދޭޝް ބައްދަލުކުރާނީ އެންމެ ފަހުގެ ތިން މުބާރާތުގެ ވެސް ޗެމްޕިއަން އިންޑިއާއާ އެވެ. އެ ޓީމު ފައިނަލުން ފުރުސަތު ހޯދީ މިދިޔަ ތިން ފަހަރުގެ ރަނަރަޕް ނޭޕާލް މިރޭ 3-1 އިން ބަލިކުރުމަށް ފަހު އެވެ.
މިރޭގެ މެޗުގައި ރާއްޖެ ކޮޅަށް ބަންގްލަދޭޝްގެ ކަތުން ސަބީނާ ވަނީ ހަތަރު ގޯލް ޖަހައިފަ އެވެ. އޭނާ ވަނީ ކުރިން ރާއްޖޭގެ މުބާރާތްތަކުގައި ކުޅެފަ އެވެ. ބަންގްލަދޭޝްގެ އަނެއް ދެ ލަނޑު ޖެހީ ސިރާތު ޖަހާން ސަޕްނާ އެވެ.
މިިދިޔަ ތިން މުބާރާތަށް ބަލާއިރު ރާއްޖެ މިވަނީ މި ފަހަރު ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ދެކުނު ކޮރެއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު ވަނީ މުބާރާތުގެ ކުރިން ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ތަމްރީން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެ ދަތުރުގައި ޔޫއޭއީ އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ.
ރާއްޖޭން ވާދަކުރި ފުރަތަމަ މުބާރާތުގައި 2010 ވަނަ އަހަރު ނޭޕާލް އަތުން 6-0 އިން ބަލިވިއިރު ޕާކިސްތާން އަތުން 2-1 އިން ބަލިވީ އެވެ. ފަހު މެޗުގައި އަފްގާނިސްތާ 2-2 އިން އެއްވަރުކޮށް އެންމެ ޕޮއިންޓަކާ އެކު ރާއްޖެ ގްރޫޕް ސްޓޭޖް ނިންމާލީ ތިން ވަނައިގައި އޮވެ އެވެ.
ސްރީ ލަންކާގައި 2012 ވަނަ އަހަރު ބޭއްވި މުބާރާތުން ރާއްޖެ ދިޔައީ އެންމެ ޕޮއިންޓަކާ އެކު ގްރޫޕުގެ ފުލަށެވެ. ފުރަތަމަ މެޗުގައި އަފްގާނިސްތާނާ 1-1 އިން އެއްވަރުވިއިރު ދެ ވަނަ މެޗުން ނޭޕާލް އަތުން 5-0 އިން ބަލިވީ އެވެ. އަދި ތިން ވަނަ މެޗުން ޕާކިސްތާން އަތުން 3-0 އިން ވަނީ ބަލިވެފަ އެވެ.
ޕާކިސްތާނުގައި 2014 ވަނަ އަހަރު ބޭއްވި ވިމެންސް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފަ އެވެ. ރިފާގެ ލަނޑުން އަފްގާނިސްތާން އަތުން 1-0 އިން މޮޅުވި އިރު އިންޑިއާ އަތުން 8-0 އިން އަދި ބަންގްލަދޭޝް އަތުން 3-1 އިން ބަލިވެ ރާއްޖެ ދިޔައީ ތިން ޕޮއިންޓާ އެކު ގްރޫޕުގެ ތިން ވަނަ އަށެވެ.
އަންހެން ފުޓްބޯޅަ އަށް އިހުމާލުވެއްޖެ: މާޔަން
އަންހެން މުބާރާތެއް ނެތް، އެކަމަކު ޓީމާ މެދު އުއްމީދު
ޕާކިސްތާނުން ރާއްޖެ ބަލިކޮށްފި، ބަންގްލަދޭޝަށް އެއްވަނަ
އަންހެން ޓީމާއި ފިރިހެން ޓީމަށް ދެރަ ނަތީޖާއެއް
ބަންގްލަދޭޝް އަތުން ރާއްޖޭގެ ދެ ޓީމު ވެސް ބަލިވެއްޖެ
އިންޓަނޭޝަނަލް ސްޓޭޖުގައި ފުޓްބޯޅަ އަށް ބުރަ މަހެއް
ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބައިވެރިނުވާނެ
ލަންކާ އަތުން ބަލިވެއްޖެ، ދެން އޮތީ ވަރުގަދަ ނޭޕާލާ
ސަމޫހްގެ ވޯޓު މެސީ އަށް، ލިޒީގެ ވޯޓު މޯގަން އަށް
ޑޭވޯގެ މުސާރައިގެ އިތުރު މައްސަލައެއް ފެންމަތިކޮށްފި