02 ޑިސެމްބަރ 2021
މި މަހު ބާއްވާ 19 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބައިވެރި ނުވެ، އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް އާ މުބާރާތެއް ބާއްވަން އެފްއޭއެމް އިން ނިންމައިފި އެވެ.
މި މަހު ބާއްވާ 19 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބައިވެރި ނުވެ، އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް އާ މުބާރާތެއް ބާއްވަން އެފްއޭއެމް އިން ނިންމައިފި އެވެ.
މިމަހު 11-22 އަށް ބަންގްލަދޭޝްގައި ބާއްވާ ސާފް މުބާރާތުގައި ދެން ބައިވެރި ނުވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ފީފާއިން ސަސްޕެންޑް ކޮށްފައިވާ ޕާކިސްތާނެވެ. ރާއްޖެ އާއި ޕާކިސްތާން ފިޔަވައި އަނެއް ފަސް ގައުމުން ވެސް މުބާރާތުގައި ވާދަކުރެ އެވެ. ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުން އަށް ލުއިދިނުމުން ބޫޓާންގެ ޓީމުން ވެސް ވަނީ މުބާރާތުގައި ބައިވެރިވެފަ އެވެ. އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވި ސީނިއާ މެންސް ސާފް ޗެމްޕިއަންޝިޕްގައި ބޫޓާންގެ ޓީމުން ބައިވެރި ނުވީ، އެ ގައުމުގައި އަޅާފައިވާ ލޮކްޑައުން ފިޔަވަޅުތަކާ ގުޅިގެން ގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ އޭރު ނެތުމުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ބޫޓާން އާއި ސްރީ ލަންކާ އެވެ. ފަސް ޓީމު މުބާރާތުގައި ވާދަކުރާތީ މުބާރާތް ކުރިއަށްދާނީ ލީގުން އުސޫލުންނެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
"ވިމެންސް އިންވިޓޭޝަން ކަޕް" ގެ ނަމުގައި އެފްއޭއެމުން އިއްޔެ އިއުލާން ކުރި މުބާރާތުގައި ޖުމުލަ ހަ ޓީމު ވާދަކުރެ އެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހަތަރު ރަށެއްގައި މުބާރާތުގެ މެޗުތައް ކުޅޭނެ އެވެ. އެއީ ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ގަން އަދި ފުވައްމުލަކުގަ އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާލޭގަ އެވެ.
- އެޕެކްސް ސްޕޯޓްސް ކްލަބު
- ޑޮޓްކޮމް ސްޕޯޓްސް ކްލަބު
- އައިޑިއަލް މޫވްމެންޓް
- ބަޒޫކާ ސްޕޯޓްސް ކްލަބު
- ހިންނަވަރު އެފްސީ
- ކުރެންދޫ އެފްސީ
މުބާރާތް ފަށާނީ މިމަހު 25 ގަ އެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ އެޕެކްސް އާއި ހިންނަވަރު އެފްސީ އެވެ. ކޮންމެ ޓީމެއް ވެސް ފަސް މެޗު ކުޅޭނެ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހު 15 ގަ އެވެ.
އަންހެން ފުޓްބޯޅަ އަށް އިހުމާލުވެއްޖެ: މާޔަން
އަންހެން މުބާރާތެއް ނެތް، އެކަމަކު ޓީމާ މެދު އުއްމީދު
ޑޭވޯގެ މުސާރައިގެ އިތުރު މައްސަލައެއް ފެންމަތިކޮށްފި
އެފްއޭއެމަށް ފިޔަވަޅު އަޅައިދޭން ފީފާގައި އެދިއްޖެ
އަންހެން ފުޓްބޯޅައަށް އެފްއޭއެމްގެ ސަމާލުކަމެއް ނެތް
ޑޭވޯއަށް ހަލައްކައެއްހާ ރުފިޔާ ދޭން ފީފާއިން އަންގައިފި
ޕާކިސްތާނުން ރާއްޖެ ބަލިކޮށްފި، ބަންގްލަދޭޝަށް އެއްވަނަ
އަންހެން ޓީމާއި ފިރިހެން ޓީމަށް ދެރަ ނަތީޖާއެއް
ބަންގްލަދޭޝް އަތުން ރާއްޖޭގެ ދެ ޓީމު ވެސް ބަލިވެއްޖެ
އިންޓަނޭޝަނަލް ސްޓޭޖުގައި ފުޓްބޯޅަ އަށް ބުރަ މަހެއް