24 ޖުލައި 2022
ސްޓެލްކޯ އިން ވިލިމާލޭގައި ހިންގުމަށް އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި 500 ހައުސިން ޔުނިޓް އަޅާނެ ކަމަށާއި އޭގެ ތެރެއިން ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ ވިލިމާލޭގެ ރައްޔިތުންނަށް ކަމަށް ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯ އިން ވިލިމާލޭގައި ހިންގުމަށް އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި 500 ހައުސިން ޔުނިޓް އަޅާނެ ކަމަށާއި އޭގެ ތެރެއިން ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ ވިލިމާލޭގެ ރައްޔިތުންނަށް ކަމަށް ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އާ ހައުސިން މަޝްރޫއެއް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިއުލާންކުރެއްވި ނަމަވެސް މާބޮޑު ތަފްސީލެއް ނުދެއްވަ އެވެ.
އޭނާ ވިދާޅުވީ ވިލިމާލޭގައި ކުރިއަށް ގެންދާ އެ މަޝްރޫއުއަށް ކުންފުނީގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ސަރުކާރުން ހައްލު ހޯދައިނުދީ ސްޓެލްކޯގެ ފްލެޓު އެޅުމަށް ރައްޔިތުން ތާއިދުނުކުރާނެ ކަމަށް އެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް ވިދާޅުވެފައިވަނިކޮށް ކައުންސިލްގެ މެމްބަރު ނަހުލާ ވިދާޅުވީ އެ މަޝްރޫއުއަކީ ކައުންސިލްގެ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ 500 ހައުސިން ޔުނިޓްގެ މަޝްރޫއު ކަމަށެވެ.
އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރުމަށް ކައުންސިލްގެ ފަރާތުން އަދި ވިލިމާލޭ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އޭނާ އާއި ކައުންސިލްގެ ކޮންސަލްޓަންޓަކު އެކި ފަހަރު މަތިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއު މިހާރު އޮތީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގަ އެވެ.
"ވިލިމާލޭގައި ހައުސިން ޔުނިޓްތަކެއް ގާއިމުކުރެވި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް އައުން އެއީ ދާއިރާއަށް ލިބިގެންދާނެ އެދެވޭ ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، އެ މަޝްރޫގައި ވިލިމާލޭ ރައްޔިތުންނަށް އަދި ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓް ކަނޑައަޅާނެ ސީދާ އަދަދެއް ނަހުލާ ވިދާޅެއް ނުވެ އެެވެ. އޭނާ ވިދާޅުވީ 500 ފްލެޓްގެ ތެރެއިން ބޮޑު ބައެއް ހާއްސަކުރާނީ ވިލިމާލޭ ރައްޔިތުންނަށް ކަމަށެވެ.
ނަހުލާ ވިދާޅުވި ގޮތުގައި ވިލިމާލޭގައި ކުދިކުދި ތަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އުއްމީދަކީ ގެދޮރުގެ ދަތިކަމަށް ހައްލެއް ލިބުމެވެ. އެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި ކައުންސިލަށް ވެސް އެއްބާރުލުން ދޭނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.
ވިލިމާލޭގައި ފްލެޓް އެޅުމަށް ސްޓެލްކޯއާ ހަވާލުކުރަން ތައްޔާރުވެފައިވާއިރު އެކުންފުނިން ވަނީ އެތަނުގެ މުވައްޒަފުންނަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި ވެސް ފްލެޓް އަޅައިފަ އެެވެ. އެތަނަށް އަންނަ މަހުގެ ހައެެއްގައި ވަދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯއިން ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް
ސްޓެލްކޯއިން ބޯހިޔާވަހިކަމަށް އެހީވެދޭ އާ ސްކީމެއް!
ސްޓެލްކޯގެ 360 ފްލެޓް މުވައްޒަފުންނާ ހަވާލުކޮށްފި
ފްލެޓްތައް ދޫކުރީ އުސޫލާ އެއްގޮތަށް: ޝަރީފް
ވިލިމާލޭގައި ސްޓެލްކޯގެ ފްލެޓް އަޅަން ތާއީދެއް ނުކުރާނެ
ސްޓެލްކޯގެ ފްލެޓްތައް އަންނަ މަހުގެ 6ގައި ހަވާލުކުރަނީ
ސްޓެލްކޯގެ ފްލެޓްތަކަށް ކަރަންޓް ދޭން ފާސްކޮށްފި
ވިލިމާލޭގެ ފްލެޓްތައް ރަޖިސްޓަރީ ކުރަން ހުޅުވާލައިފި
މިމަހުގެ 11: ކަރަންޓު ބޭނުންކުރުމުގެ ރެކޯޑް ދުވަހެއް
ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދީފި