21 ޖުލައި 2022
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމު ހޯއްދެވުމަށްޓަކައި، އެ ގައުމުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ގޮތުގައި، އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް އާއި މިހާރުގެ ޚާރިޖީ ވަޒީރު ލީޒް ޓްރަސް ކަނޑައެޅިއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމު ހޯއްދެވުމަށްޓަކައި، އެ ގައުމުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ގޮތުގައި، އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް އާއި މިހާރުގެ ޚާރިޖީ ވަޒީރު ލީޒް ޓްރަސް ކަނޑައެޅިއްޖެ އެވެ.
ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވާނެ ދެ ކެންޑިޑޭޓުންކަމުގައި ރިޝީ އާއި ސުނަކް ކަނޑައެޅުނީ، އެ މަގާމަށް ކުރިމަތިލެއްވި އަށް ބޭފުޅުންގެ ތެރެއިން ދެ ކެންޑިޑޭޓުން ކަނޑައެޅުމަށް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ އެ ޕާޓީގެ މެންބަރުންގެ މެދުގައި ފަސް ބުރެއްގެ މަތިން ބޭއްވި ވޯޓުލުމުގެ އެންމެ ފަހު ބުރުގައި ކުރި ހޯއްދަވައިގެންނެވެ.
އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް ވާދަކުރެއްވި، (ވ-ކ) އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް، ޚާރިޖީ ވަޒީރު ލީޒް ޓްރަސް، އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ކެެމީ ބަޑެނޮޗް އާއި އިނގިރޭސި ވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޓްރޭޑް ޕޮލިސީ ޕެނީ މޯރްޑައުންޓް. --އޭއެފްޕީ
ފަސް ވަނަ ބުރުގެ ވޯޓުގެ ނަތީޖާ ސާފުވި އިރު، އެންމެ މަދުން ވޯޓު ލިބުމާ ގުޅިގެން، ލިސްޓުގައި އޮތް ތިން ބޭފުޅުންގެ ތެރެއިން ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޓްރޭޑް ޕޮލިސީ، ޕެނީ މޯރްޑައުންޓް ވަނީ ރޭހުން ބާކީވެފަ އެވެ. ފަސް ވަނަ ބުރުގައި އެންމެ ގިނަ ވޯޓު (137) ހޯއްދެވި ރިޝީ ސުނަކް އާއި ދެ ވަނަ އަށް އެންމެ ގިނަ ވޯޓު (113) ހޯއްދެވި ލީޒް ޓްރަސްގެ ތެރެއިން، ޕާޓީގެ ލީޑަރުކަމަށް އިންތިޚާބު ކުރެވޭނީ، ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ބާއްވާ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވާ ބޭފުޅެކެވެ.
ކޮންޒަވޭޓިވް ޕާޓީގެ މިފަހަރުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 180000 މެންބަރުން ތިބި އިރު، ޕާޓީގެ ލީޑަރު ކަނޑައެޅުމުގެ އިންތިޚާބު ފެށޭނީ މިއަންނަ އޮގަސްޓު މަހުގެ ކުރީކޮޅުގަ އެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން އިންތިޚާބުގެ ނަތީޖާ އިއުލާންކުރާނީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ.
އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވާ، އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް، ޖުލައި 20، 2022 ގައި އޮތް ބައްދަލުވުމަކަށް ފަހު ކެމްޕޭން އޮފީހުން ނުކުމެވަޑައިގަންނަވަނީ. --އޭއެފްޕީ
ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ކޮންޒަވޭޓިވް މެންބަރުންގެ ވޯޓުން ރިޝީ ސުނަކް އަށް ކުރި ހޯއްދެވުނަސް، ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދައްކާ ގޮތުން، ޕާޓީގެ އާންމު މެމްބަރުންގެ ވޯޓު ކާމިޔާބު ކުރައްވާނީ ލީޒް ޓްރަސް އެވެ.
ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އިންތިޚާބުކުރަން ޖެހުނީ، ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަންގެ ސަރުކާރަށް އާންމު ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަވުމާ ގުޅިގެން ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އަދި އަމިއްލަ ޕާޓީގެ ތެރެއިން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން، ޕާޓީގެ ލީޑަރުގެ މަގާމުން މިމަހުގެ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އާ ބޮޑުވަޒީރަކު އައްޔަންކުރެވެންދެން، ބޮޑުވަޒީރުގެ މަގާމުގައި ބޮރިސް ޖޯންސަން ދެމިހުންނަވާނެ އެވެ. މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވުމަށް ފަހު ބޮރިސް ޖޯންސަން ވަނީ އޭނާގެ ފަހުން ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް މުހިންމު ތިން ކަމަކަށް ވަސިއްޔަތް ކުރައްވައިފަ އެވެ.
އޭގެ ތެރެއިން ފުރަތަމަ ކަމަކީ، އެމެރިކާއާ އެކުގައި އިނގިރޭސި ވިލާތުން ގާތް ގުޅުމެއް ބޭއްވުމެވެ. ދެ ވަނަ ކަމަކީ ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ތިން ވަނަ ކަމަކީ ދުނިޔޭގެ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ.
އޭގެ އިތުރުން ޓެކްސް ކުޑަކޮށް، އިނގިރޭސި ވިލާތުގައި ދިރިއުޅެން ބޭނުންވާ މީހުންނާއި އިންވެސްޓް ކުރަން ބޭނުންވާ މީހުންނަށް ހިތްފަސޭހަ ގައުމަކަށް އިނގިރޭސި ވިލާތް ހެދުމަށްޓަކައި ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
ރިޝީ އަށް ފުރުސަތު ދެއްވައި، ބޮރިސް ރޭހުން ބޭރަށް
އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް ލީޒް ޓްރަސް
އިނގިރޭސި އާ ބޮޑުވަޒީރު މިއަދު އިއުލާން ކުރެވޭނެ
ރިޝީ މިއަދު ބޮޑުވަޒީރުކަމަށް އައްޔަންކުރައްވާނެ
އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގެ ވާދަވެރިކަން ބޮޑުވެފައި
ބޮޑުވަޒީރު ލީޒްގެ ކެބިނެޓް އިއުލާންކުރައްވައިފި
އިސް ދެ ވަޒީރެއްގެ އިސްތިއުފާ އިން ޖޯންސަނަށް ފިއްތުން
ޔަހޫދީން ރުއްސަން އިނގިރޭސި ބޮޑުވަޒީރު ވެސް އިޒްރޭލަށް
ޖަޕާނާއި އިނގިރޭސިން ހީރޯޝީމާ މުއާހަދާ ގާއިމުކުރަނީ
އިނގިރޭސި ބޮޑުވަޒީރު ރިޝީ ޔޫކްރޭނަށް