20 ޖުލައި 2022
ރާއްޖޭގައި ހިންގާ "ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓް"ގެ ދަށުން މޫސުމީ ނުރައްކާތަކާ އެކު ޓޫރިޒަމް ދާއިރާ ތަރައްގީކޮށް ކުރިއަރުވާނެ ހައްލުތަކެއް ހުށަހަޅަން ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ހުޅުވާލައިފި އެވެ.
ރާއްޖޭގައި ހިންގާ "ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓް"ގެ ދަށުން މޫސުމީ ނުރައްކާތަކާ އެކު ޓޫރިޒަމް ދާއިރާ ތަރައްގީކޮށް ކުރިއަރުވާނެ ހައްލުތަކެއް ހުށަހަޅަން ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ހުޅުވާލައިފި އެވެ.
ޓެޓްރާ ޓެކް އޭއާރްޑީ ކުންފުނިން ހިންގާ އެ ޕްރޮޖެކްޓަކީ މޫސުމީ ނުރައްކާތަކަށް ރާއްޖެ ހޭނުން އިތުރުކުރަން ކުރިއަށްގެންދާ ފަސް އަހަރުގެ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓްގެ އަމާޒަކީ ޓޫރިޒަމް ދާއިރާގެ މުޖުތަމައުތަކަށާއި ދިރިއުޅުމަށް އޮތް މޫސުމީ ނުރައްކާތައް ނައްތާލެވޭނެ ދެމެހެއްޓެނިވި އާ ހައްލުތަކެއް ހިމެނޭ ކޮންސެޕްޓްތައް ދެނެގަނެ ތަރައްގީކުރުމެވެ.
ޔޫއެސްއެއިޑުން ބުނީ ރާއްޖެ ފަދަ ގައުމެއްގެ ކަނޑުގެ ލޮނުގަނޑު އުފުލުމާއި އައްސޭރިފަށުގެ ތޫފާންތަކާއި ގޮނޑުދޮށް ގިރުމާއި މުރަކަ ހަލާކުވުން ފަދަ މޫސުމަށް އަންނަ ނުރައްކާތަކާ އެކު ޓޫރިޒަމް ދާއިރާ ކުރިއަށް ގެންދަން ކުރެވިދާނެ ކަންކަމާއި ހައްލު ބޭނުންވާ ކަމަށެވެ.
ރާއްޖޭގައި ހިންގާ ކޮލިފައިޑް އޯގަނައިޒޭޝަންތަކާއި އެންޖީއޯތަކާއި ސީއެސްއޯ ކޮމިއުނިޓީ-ބޭސްޑް އޯގަނައިޒޭޝަންސް އަދި ޕްރައިވެޓް ސެކްޓާ އޯގަނައިޒޭޝަންސްތަކަށް މި ޕްރޮގްރާމްގައި ބައިވެރިވެ ހައްލު ހުށަހެޅޭނެ އެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ ދެ މަރުހަލާއަކުންނެވެ. އެންމެ ފުރަތަމަ، މޫސުމީ ނުރައްކާތަކަށް ޓޫރިޒަމް އެޑަޕްޓުކުރަން އެތަނަކުން ކުރާނެ ކަމެއްގެ ކޮންސެޕްޓް ހެދުމަށްފަހު އަންނަ މަސް ނިމުމުގެ ކުރިން ހުށަހަޅަން ޖެހެ އެވެ. ދެވަނަ ކަމަކަށް ހުށަހެޅި ކޮންސެޕްޓްތަކުން ހޮވާލެވޭ އެންމެ ރަނގަޅު ފަރާތްތައް އެންގުމުން އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން އެ ފަރާތްތަކުން އެޕްލިކޭޝަން ފޯމެއް ފުރަންޖެހޭނެ އެވެ.
އެ ޕްރޮޖެކްޓްގައި ބޮޑަށް ބަލަނީ ޓޫރިޒަމްގައި ބޭނުންކުރެވޭނެ އާ ގޮތްތަކާއި ހައްލު ހިމެނޭ ކޮންސެޕްޓްތަކަށެވެ. އޭގެތެރޭގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމާއި ވިޔަފާރީގެ ޗޭނުގައި ހިމެނޭ މުދާ ރައްކާތެރި، އާ ގޮތްތަކަށް ބަންދުކުރުމާއި ޑެލިވަރީ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ފަދަ ލޯކަލް ގަވަމެންޓް އިދާރާތަކާއި އަމިއްލަ ފަރާތްތަކާ އޮންނަ ގުޅުން ދައްކުވައިދޭ ޕާޓްނަޝިޕްތަކުން އެ ޕްރޮގްރާމްގައި ބައިވެރިވާން ވަރަށް ބޮޑަށް ބާރުއަޅަ އެވެ.
ޔޫއެސްއެއިޑްގެ މިންގަނޑަށް ފެތޭ އެންމެ ރަނގަޅު ކޮންސެޕްޓްތައް ތަރައްގީކުރުމުގެ ފައިސާ އެ އޭޖެންސީން ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ސިލްސިލާކޮށް ފަސް ގްރާންޓް އެވޯޑްގެ ގޮތުގައި ދެ އަހަރުގެ މުއްދަތަކަށް 50،000 ޑޮލަރާއި 200،000 ޑޮލަރާއި ދެމެދުގެ އަދަދެއް ކޮންސެޕްޓް ހުށައެޅި ފަރާތްތަކަށް ލިބޭނެ އެެވެ.
ކޮންސެޕްޓް ހުށަހެޅުމަށާއި އަދި ކޮންސެޕްޓް ހެދުމުގައި އެހީއެއް ބޭނުންވާނަމަ opportunities.cca@tetratech.com އަށް މެއިލްކުރުމަށް ޔޫއެސްއެއިޑުން އެދެ އެެެވެ.
މައިކަލް ޝިފާގެ އިންޓަވިއު: ރާއްޖެއިން ދައްކަނީ ނަމޫނާ
"ނޭވާ 2" ފްރީ ޑައިވް އިވެންޓުގެ ޕޯސްޓަރު ނެރެފި
ރާއްޖޭން ޓައިގާ ދިނީ ތިމާވެށި ހިމާޔަތްކުރުމުގެ މެސެޖު
"ރާއްޖޭގެ ޓޫރިޒަމަށް ޗައިނާ އިންވެސްޓު ކުރަން އެދެން"
މ.މުލަކުން 800 އަށް ވުރެ ގިނަ ރުއް ނަގަނީ
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
އީޖާދީ ވިސްނުމުގައި ދުނިޔެ ގުޅިގެން މަސައްކަތްކުރަންޖެހޭ
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް
އިސްލާހާއެކު، ޕެސެންޖާލައިނާތައް އަނެއްކާވެސް ރާއްޖެއަށް