19 ޖުލައި 2022
ފަހުގެ ތާރީހުގައި އަގު ނުވެއްޓޭ ވަރަށް އިންޑިއަން ރުޕީސްގެ އަގު ދަށަށް ހިނގައްޖެ އެވެ.
ފަހުގެ ތާރީހުގައި އަގު ނުވެއްޓޭ ވަރަށް އިންޑިއަން ރުޕީސްގެ އަގު ދަށަށް ހިނގައްޖެ އެވެ.
ދުނިޔޭގެ ބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު ހުރީ 80 ރުޕީސް އަށެވެ. މީގެ ކުރިން އެވްރެޖްކޮށް ޑޮލަރެއް ލިބެމުން އައީ 73 ރުޕީސް އަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރިގޮތުގައި، ރުޕީސްގެ އަގުވެއްޓުނީ އެ ގައުމުގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމުންނެވެ.
އިންޑިއާގައި ޑޮލަރުގެ ޑިމާންޑް ބޮޑުވީ އެ ގައުމުގެ އެކްސްޕޯޓަށް ވުރެ އިމްޕޯޓު ގިނަވުމުންނެވެ. މި އަހަރު ފެށި ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން ތެލާއި އެހެނިހެން ތަކެތީގެ އަގު ބޮޑުވެ، އިންޑިއާއިން ބޭރުވި ޑޮލަރުގެ އަދަދު ގިނަވި އެވެ.
ބޭރުގެ އިންވެސްޓަރުން މަދުވުމުގެ ސަބަބުން ވެސް އިންޑިއާގައި ޑޮލަރުގެ ޑިމާންޑު މަތިވި އެވެ. އާންމުކޮށް އެ ގައުމުން ބޭރުވާ ޑޮލަރާ އެއްވަރުގެ އަދަދެއް އިންވެސްޓަރުން އެތެރެކުރާ ޑޮލަރުން ކަވަރު ކުރެ އެވެ. ނަމަވެސް، މި އަހަރު ފެށުނީއްސުރެ ބޭރުގެ އިންވެސްޓަރުން އިންޑިއާގެ މާކެޓުތަކުން ފައިސާ ބޭރުކުރާ ވަރު އިތުރުވި އެވެ.
ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުން އައިސް، ގިނަ ގައުމުތަކެއްގެ ފައިސާ މިހާރު ދަނީ ދަށްވަމުންނެވެ. ދާދި ފަހުން ޔޫރޯ އަދި ޖަޕާނުގެ ޔެންގެ އަގު ވެސް ވަނީ ވެއްޓިފަ އެވެ.
ފައިސާ މާރުކުރާ ތަންތަނުގައި ބިދޭސީންނަށް ނުތިބެވޭނެ
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
ލައިސަންސް އޮތަސް، ހިންގަނީ ކަޅު ބާޒާރު!
ރަޝިޔާ އަށް ދަތިކުރުމުން ޑޮލަރުގެ ނުފޫޒު ކުޑަވާނެ
ޑޮލަރަށް ޖެހިފައިވާ އިގްތިސާދު: ކޮޅެއް ފެނިދާނެތަ؟
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ދިނުން ހުއްޓާލައިފި
މަނީ ޗޭންޖަރުންގެ 163 ލައިސަންސް ބާތިލްކޮށްފި
ޑޮލަރު ފޮނުވުމުގައި ހައްލަކަށް އިންޑިއާއިން އެދިއްޖެ
ފައިސާ ބޭނުންކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް